ހިމާޔަތް ކޮށްފައިވާ ފުއްލާއަކަށް ސަލްމާން ހާން ހަމަލާދީ އެފުއްލާ މަރާލިކަން ސާބިތުވެ ސަލްމާން ހާން ކުށްވެރިވާ ކަމަށް އިންޑިއާގެ ކޯޓަކުން ދެންމެ ކަނޑައަޅައިފިއެވެ.
މިމައްސަލައިގައި ސަލްމާން ކުށްވެރިވާ ކަމަށް ކޯޓުން ކަނޑައެޅި ނަމަވެސް އޭނާގެ މައްޗަށް އަދި ޙުކުމެއް ނީއްވައެވެ.
އިންޑިއާގެ ޤާނޫނުލް އުޤޫބާތު ބުނާ ގޮތުން ހިމާޔަތް ކޮށްފައިވާ ޖަނަވާރެއް މަރާލައިފިނަމަ ހައަހަރަށް ޖަލަށް ލެވިދާނެއެވެ. ހިމާޔަތް ކޮށްފައިވާ ޖަނަވާރެއް މަރާލިކަމުގެ ކުށް ސާބިތުވެއްޖެނަމަ އެންމެ މަދުވެގެން އެއް އަހަރު ދުވަހަށް ޖަލަށް ލާން ޖެހޭނެ ކަމަށް ވެސް ޤާނޫނުލްއުޤޫބާތު ބުނެއެވެ.
މިމައްސަލައިގައި އިތުރު ތަރިންތަކެއްގެ މައްޗަށް ވެސް ދައުވާ އުފުލިއެވެ. ނަމަވެސް ސަލްމާން ފިޔަވައި އެހެން މީހެއްގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް މިއަދު ކޯޓުން ވަނީ ނިންމާފައެވެ.
"ފުއްލާއެއް މަރާލި މައްސަލައިގައި ސަލްމާން ހާން ކުށްވެރިވާކަމަށް ކޯޓުން ޙުކުމްކޮށްފި" މިއީ ސުރުޚީ!!!!!
"މިމައްސަލައިގައި ސަލްމާން ކުށްވެރިވާ ކަމަށް ކޯޓުން ކަނޑައެޅި ނަމަވެސް އޭނާގެ މައްޗަށް އަދި ޙުކުމެއް ނީއްވައެވެ" މިއީ އާޓިކަލް ނިމުނުގޮތް! ނޫސްވެރިން ޒިންމަދަރުވަންވެއްޖެނު؟
ރެއާއި ދުވާލު ތިބުނާ އިންޑިޔާގައި ހުރުމަތްތެރިކުރެވިގެންވާ ކިތައް ނަފްސް ގަތުލުކޮށް ކިތައްމީހުންގެ އަބުރަށާއި މުދަލަށްބާ ހައްގަކާ ނުލާއަރައި ގަންނަނީ.؟؟ކޯޓުތަކާހަމައަށް ގޮސް ހުކުމް އިއްވި އިންސާފް ލިބެނީ މީގެތެރެއިން،ކިތައް މީހުންނަށްބާ؟؟؟ހިމާޔަތްކުރެވިފަވާ ޖަނަވާރެއް މަރާލީމަ އެކަމަށް އަދަބު ލިބޭފަދައިން މިކަންކުރާމީހުންނަށްވެސް އަދަބުދީ އަނިޔާލިބިފަވާ ފަރާތްތަކަށް އިންސާފު ހޯދަދޭން ޖެހޭނެ...