މި މަަސް ތެރޭގައި އެކްޓްރެސް އަދި ލިޔުންތެރިޔާ ކަލްކީ ކޮއެޗްލިން ވަނީ ގައި ހާޝްބާގް އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާނުކޮށްފައެވެ. އޭނާ އެކަން އިއުލާނުކޮށްފައިވަނީ ދެ މީހުން އެކުގައި ނެގި ފޮޓޯއެއް ހިއްސާ ކުރަމުންނެވެ.

ދާދިފަހުން އެޗްޓީ ބްރަންޗްއަށް ކަލްލީ ދިން އިންޓަވިއެއްގައި އޭނާ ވަނީ، ބަނޑުބޮޑުކަމަށް ބުނެފައެވެ.

ކަލްކީ ވަނީ އޭނާގެ ބަނޑަށް ފަސްމަސް ވާކަމަށް ބުނެފައެވެ. އޭނާ ބުނީ، މިހާރު ދިރިއުޅުމަށް ބަދަލު ތަކެއް އަންނަކަން އިނގޭ ކަމަށާއި، މިހާރު ތަފާތު ކަންކަން ތަޖުރިބާ ކުރަމުން އަންނަ ކަމަށްއޭނާ ބުންޏެވެ.

އެގޮތުން މިހާރު މީސް މީޑިއާގައި އުޅުން މަދުކޮށް، ބައިވެރިޔާއާއެކު، ހިނގާލަން ދިއުމާއި، ޔޯގާ ޖެއްސުމާއި، މިއުޒިކްގެ ތެރޭގައި އުޅެމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

އޭނާ ވިހާނެ ކަމަށް ބެލެވެނީ އަންނަ ޑިސެމްބަރު މަހުއެވެ. އޭނާ ވިހާނީ ގޯ ގައި ކަމަށް ބުންޏެވެ. އަދި ބޭނުންވަނީ ވިހަން ކަމަށް އޭނާ ބުންޏެވެ.

އޭނާ ވަނީ ދަރިފުޅަށް ދޭނެ ނަންވެސް ހޯދާފައިވާކަމަށް ބުނެފައެވެ.

ކަލްކީ ދަނީ އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރަމުންނެވެ. އޭނާ ވަރަށް ކުޑައިރު ފިލްމީ ދާއިރާއަށް ނުކުންނަން ބޭނުންވެ އޭނާ ވަނީ ލަންޑަންގައި އެ ދާއިރާއިން ކިޔަވާފައެވެ. އޭނާ ވަނީ އިންޑިއާގެ ސީރިސްތަކުގައި އާއި ބައެއް ފިލްމްތަކުގައި މަސައްކަތްކޮށްފައެވެ. އަ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ހަލާލަށްތަ..... ނޫނީ ނަހަލާލަށްތަ؟ މިކަން ސާފެއްނުވި!

    2
    1
    • ސާ

      އެއޮތީނު ލޯބީގެ ގޮތުން ގުޅިގެންނޭ.....
      ކައިވެޏެކޭ ނެތޭނު.