1971ން ފެށިގެން 1979ވަނަ އަހަރާއި ދެމެދު އުގާންޑާގެ ރައީސްކަން ކުރި އިޑީ އަމިން ޑަޑަ އޮއުމީ އަކީ އޭނާގެ އަނިޔާވެރިކަމަށް މަޝްހޫރުވެފައިވާ ރައީސް އެކެވެ.

އުމުރުން ވަރަށް ހަނގު އިރުގައި އުގާންޑާގެ އަސްކަރިއްޔާ އާއި ގުޅުމަށް ފަހު މަދު އަހަރުތަކެއްގެ ތެރޭގައި އިޑީ ވަނީ އަސްކަރިއްޔާގެ މަތީ މަގާމަކަށް ޕްރޮމޯޓު ވެފައެވެ. އޭގެ އަހަރުތަކެއް ފަހުން އޭނާ ބޭނުންވީ އެ ގައުމުގެ ވެރިކަން ކުރަންށެވެ. ނަމަވެސް ވޯޓު ލައިގެންނެއް ނޫނެވެ. އޭރު އެ ގައުމުގެ ރައީސް އާއި ދެކޮޅަށް ބަޣާވާތް ކުރުމަށް ފަހު އޭނާ ވަނީ ގަދަކަމުން ވެރިކަމަށް އައިސްފައެވެ.

އެއަށް ފަހު އަސްކަރިއްޔާ ތެރެއިން ސިއްރު ބައިތައް އުފައްދައި ކުރީގެ ރައީސް އަށް ވަފާތެރި އެތައް ހާސް ސިފައިންނެއް މަރަމުން ގެންދިޔައެވެ. އެވަރުން ނިމުނީ އެއް ނޫނެވެ. އެ ގައުމުގައި އުޅުނު 50،000ށް ވުރެ ގިނަ އޭޝިޔާ މީހުން ގައުމުން ބޭރުކޮށްލައި، އޭނާ އަމިއްލަ ގައުމުގެ 500،000 އެއްހައި މީހުން މަރާވެސް ލިއެވެ. މީގެ ތެރޭގައި ނުކުޅެދޭ 4000 މީހެއް ކިނބޫތަކުން ފުރިފައި އޮންނަ ނީލަ ކޯރަށް ގަންބައި އެ ޖަނަވާރުތަކަށް ކާން ދިންއިރު އޭނާ ވަނީ އަމިއްލަ އަށް އެތައް އިންސާނުންނެއް މަރައި އެމީހުންގެ މިނި މަސްވެސް ކައިފައެވެ.

މިނިމަސް ކެއި ކަމަށް އެއްބަސްވި އިޑީ

އޭނާ ދިރިއުޅެމުން އައި ގޭ ތެރޭގައި އެތައް ސަތޭކަ ގަބުރެއްގެ ބޯތައް ހުރިއިރު އޭނާ ވަނީ މިނިމަސް ކާ ކަމަށް އެއްބަސްވެސް ވެފައެވެ. " އަހަރެން ކެއިން އިންސާނުންގެ މިނިމަސް. އެ މަހުގައި ލަނީ ލޮނު ރަހަ އެއް. ލެޕާޑުގައި ލާ ލޮނު ރަހަ އަށް ވުރެންވެސް ގަދަ ލޮނެއް އޭގަ ހުންނަނީ" އިޑީ ބުނެފައި ވެއެވެ.

އިޑީގެ ވެރިކަން 8 އަހަރަށް ފަހު ނިމުމަކަށް އައީ އެ ގައުމާއި އަވަށްޓެރި ޓަންޒޭނިއާ ހިފުމަށް އޭނާ މަސައްކަތް ކޮށް، އެ ހަނގުރާމާގައި އޭނާ ބަލިވުމުންނެވެ. މިއާއިއެކު އެ ގައުމު ދޫކޮށް އިޑީ ސައުދީ އަރަބިއްޔާ އަށް ގޮސް ފިލައިގެން އުޅެނިކޮށް އޭނާ ވަނީ ވަރަށް ބޮޑަށް ބަލިވެ އެނދުމަތިވެފައެވެ. އެންމެ ފަހުން އޭނާގެ އާއިލާ އިން ވަނީ މެޝިނުގެ އެހީގައި ދުނިޔޭގައި އޮތް އިޑީގެ މެޝިން ކަނޑާލާފައެވެ. މިއާއި އެކު 2003ވަނަ އަހަރުގެ އޯގަސްޓު 16ވަނަ ދުވަހު އޭނާ ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ އަޙުމަދު

    މިރާއްޖޭ ރައީސް އިހައް ދުވަހު އދ.އަށް ގޮސްވެސް ކުރީސަރުކާރުގެ މުޅަ މިނިމަސް ކެއީ

    49
    15
  2. ނުރަބޯ

    އަމީން މިނި މަސްކައިފާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. މިއީ އެގައުމުގައި ތިބި ހުލަނގުގެ ޕަޕެޓުން އަމީންގެ އަގު ވައްޓާލަން ފަތުރާ ޕްރޮޕެގެންޑާ. އޭނާ ސަޢޫދިއްޔާއަށް ދިޔައީ ފިލައިގެނެއްވެސް ނޫން. ސަޢޫދީ އިން އެނޫނަސް މުސްލިމް ގައުމުތަކުގެ ވެރިންނަށް މުޅި ޢުމުރަށް ޙިމާޔަތްދީފަ އެބަހުރި އެފަދަ މީހުންގެ ހުރިހާކަމެއް ބަލަހައްޓާނީ ސަޢޫދީ ސަރުކާރުން.