މައްސަރު ކަންތައް ދިމާވެ އެކަމުން ލިބޭ ވޭނުގެ ސަބަބުން މޫޅި އަންހެން މިހާގެ މޫޑް ހަރާބްކޮށްލައެވެ. އެ މޫޑް ހަރާބުވުމުގެ ސަބަބުން، ކަންކަން ފޯކަސް ކުރަން އުނދަގޫވާއިރު، މިފަދަ އަންހެނުންނަށް ހާއްސަ ޗުއްޓީއެއް މިހާރު ކުންފުނިތަކުން އަންނަނީ ދެމުންނެވެ.
މިއީ ހަމަގައިމުވެސް އަންހެން ވެރިންނަށް ވަރަށްވެސް އުފާވެރި ހަބަރަަކަށް ވެގެންދާނެއެވެ.
އެކަމަށް ހާއްސަ ޕޮލިސީއެއް ތައްޔާރުކޮށް ފުރަތަމަ ބޭނުން ކުރަން ފެށީ ބްރިޓިޝްގެ ކުންފުންޏަކީ ކޮއިޒިކްސްޓުއެވެ.
އަދި 2007 ވަަނަ އަހަރުން ފެށިގެން ނައިކް ކުންފުނީގައިވެސް އެކަމަށް ހާއްސަ ޕޮލިސީތަކެއް އުފައްދާފައި ވެއެވެ. އެގޮތުން، މައްސަރު ކަންތައް ދިމާވާ ދުވަސްވަރު، އެ ކުންފުންޏާއި ވާހަކަދައްކައިގެން ހާއްސަ ގަވާއިދުގެ ދަށުން ޗުއްޓީ ހަމަޖެހިގެން ދާނެއެެވެ.
މީގެ އިތުރުން، ބައެއް ޕްރޮވިންސްތަކުގެ ކުންފުނިތަކުން، މައްސަރު ކަންތައްތަކަށް ޗުއްޓީ ދެނީ މެޑިކަލްއެއް ހުށަހެޅުމުންނެވެ. އެގޮތުން ޗަައިނާޣެ އަންހުރީ، ޝަންޒީ ހުބައި ފަދަ ޕްރޮވިންސްތަކުގައި އެފަދަ ޕޮލިސީ ތަކެއް ހަދާ، އެތަންތަނުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ކޮންމެ މަހަކު އެ ހާއްސަ ޗުއްޓީދެއެވެ.
އަދި ޗަޕާނާއި، ޓައިވާން، ސައުތް ކޮރެއާ އާއި އިންޑޮނޭޝިއާ ފަދަ ގައުމުތަކުގައި މިފަދަ ޕޮލިސީއެއ ވަނީ ހަދާފައެެވެ.
މިއީ ރާއްޖޭގެ ކުންފުނިތަކުންވެސް އުފެއްދިދާނެ ޕޮލިސީ ތަކެކެވެ.
ރާއްޖޭގައި މިފަދަ ކަމެއް އޮވޭ ހެއްޔެވެ؟ އޮންނަ ނަމަ އެކަމުގެ މައުލޫމާތު ހިއްސާކޮށްލާށެެވެ. މިއީ ބައެއް އަންހެންވެރިން ވަރަށް ބޭނުންވާނެ ފުރުސަތެކެވެ.
ރާއްޖޭގައިވެސް މިކަން ކުރަން ފެނޭ ! މީ އަސްލު ވަރަށް ރަނގަޅު ކަމެއް..މަދުވެގެން ދެދުވަހުގެ ޗުއްޓީއެއް ނަމަވެސް ދޭން ރަނގަޅު..