ބޮލީވުޑްގެ ކިންގް ސަލްމާން ޚާންއަކީ ރަހުމަތްތެރިންނަށް އަގުބޮޑު ހަދިޔާ ދެމުން އަންނަ އެކަކެވެ. އޭނާ މިފަހަރުވެސް މި ވަނީ މީހަކަށް ސަޕްރައިޒް ހަދިޔާއެއް ދީފައެވެ. އެއީ ވަރަށް އަގުބޮޑު ކާރެކެވެ.
ކަންނަޑާގެ ސުޕަރ ސްޓާރ ކިއްޗާ ސުދީޕަށް ސަލްމާން ހަދިޔާ ކުރީ ބީއެމްޑަބްލިވް އެމް 5 ކާރެކެވެ.
ސަލްމާން ޚާންގެ ދަބަންގ 3 އިންވެސް ފެނިގެން ދިޔަ ސުދީޕަށް ސަލްމާން ޚާން ކާރެއް ހަދިޔާކުރިއިރި، އޭގެ ފޮޓޯތައް އިންސްޓަގްރާމްކޮށް، އޭނާ ވަނީ، ސަލްމާންއަށް ޝުކުރު އަދާކޮށްފައެވެ.
"އަަހަރެންނާއި އަހަރެންގެ އާއިލާއަށް ދެމުންގެންދާ ލޮތްބަށް ޝުކުރު ދަންނަވަން. ސަލްމާންއާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް".
އޭނާ ޝެއާ ކުރި ފޮޓޯތަކުގައި ވަނީ ސަލްމާން އެ ކާރުގައި ސުދީޕުގެ ގެއަށް އައިސް އޭނާއާއެކު ނަގާފައިވާ ފޮޓޯތަކެވެ.
https://www.instagram.com/p/B7Ax2YJn5yq/?utm_source=ig_embed
ސުދީޕްއަކީ ހުރިހާ ކަމެއްގައިވެސް ތަރިއެކެވެ. އޭނާ އަކީ ޑައިރެކްޓަރެކެެވެ. ޕްރޮޑިއުސަރެކެވެ. ސްކްރީން ރައިޓެއްގެ އިތުރުން، އޭނާ ވަނީ ލަވަ ކިޔާ އަދި ފިލްމްވެސް ކުޅެމުން އަންނަ ތަރިއެކެވެ. އޭނާ ގިނައިން ފެނިގެން ގޮސްފައި ވަނީ ކަންނަޑާ ފިލްމްތަކުންނެވެ.
ސަލްމާން އާއި ސުދީޕްގެ ގުޅުން ވަރަށް ރަނގަޅު ކަމަށް ގިނަބަޔަކަށް ފާހަގަކުރެއެވެ.
ދަބަންގް 3 އަކީ ސަލްމާން ގެ އެންމެ ފަހުގެ ފިލްމެވެ. އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސަލްމާން އަކީ އަބަދުވެސް ވަރަށް ދީލަތި މީހެއް.