އެފަދަ ދެވަނައެއް ނެތް ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރު އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އާއި އޭނާގެ ލޯބިވެރިޔާ ޖޯއީ އަލްވިން އާއަހަރުގެ ޗުއްޓީ ހޭދަކުރީ ދިވެހިރާއްޖޭގެ ރިސޯޓެއްގައި ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފިއެވެ.

ޓޭލާ އާއި ޖޯއީ ރާއްޖޭގައި ޗުއްޓީ ހޭދަކުރިކަން ހާމަކޮށްފައި ވަނީ ލަވަކިޔުންތެރިޔާ މެތިއު ކްރޭން އެވެ. އޭނާ އަކީ އާއަހަރުގެ ޗުއްޓީ އާއި ދިމާކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައި ލަވަކިޔުންތެރިއެކެވެ.

މެތިއު "ޔޫއެސް މެގަޒިން" އަށް އިއްޔެ ދިން އިންޓަވިއުއެއްގައި ބުނީ ރާއްޖޭގެ ރިސޯޓެއްގެ އަތިރިމަތީގައި ހަދާފައިވާ ސްޓޭޖެއްގައި އޭނާ ލަވައެއް ހުށަހަޅައިދެމުން ދަނިކޮށް އެތަނަށް ޓޭލާ އާއި އޭނާގެ ލޯބިވެރިޔާ ޖޯއީ އައި ކަމަށެވެ.

ޓޭލާ އާއި ޖޯއީ ވަނީ އޭނާ ކިޔަމުން ދިޔަ ލަވައަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައި ކަމަށާއި އަދި ވަރަށް ބޮޑަށް ހިތްވަރު ވެސް ދީފައި ކަމަށް މެތިއު ބުންޏެވެ.

ޓޭލާ އާއި ޖޯއީ ޑޭޓް ކުރަން ފެށީ 2017 ވަނަ އަހަރުގެ މެއި މަހު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި މަހުގެ 05 ވަނަ ދުވަހު އޮތް ގޯލްޑެން ގްލޯބްސްގައި ވެސް ޓޭލާ އާއި ޖޯއީ ވަނީ އެކުގައި ބައިވެރިވެފައެވެ.

އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ރާއްޖޭގައި އާއަހަރުގެ ޗުއްޓީ ހޭދަކޮށްފައި ވާއިރު ފަހަކަށް އައިސް އެމެރިކާ މީހުންގެ މެދުގައި ރާއްޖޭގެ މަގުބޫލްކަން އަންނަނީ އިތުރު ވަމުންނެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ވެސް އެމެރިކާ މީހުން ޗުއްޓީ ހޭދަކުރުމަށް އެންމެ ގިނައިން ސާޗް ކުރި މަންޒިލަކީ ރާއްޖެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓައިމްސް މާލ

    ޓޭލާ އައިކަން މި އަދުތަ މި މީހުންނަށް އެނގުނީ

    6
    1
    • އަލީ

      ޢާން

  2. ލޯ

    ކޮބާ ބުރުގާ؟

    4
    7