ދިވެހި އަންހެނުންނަކީ, ޒަމާނުއްސުރެ ވަރަށް ރީތިކޮށް ހެދުން އަޅައި ޒީނަތްތެރިވެގެން ތިބޭ ބައެއް ކަމުގައި ރާއްޖެއާ ބެހޭ ގޮތުން އެކި ދުވަސްވަރު ލިޔުއްވާފައިވާ ލިޔުންތެރީން ފާހަގަކޮށްފައި ވެއެވެ. މިގޮތުން ބަލާއިރު ޒަމާނީ ތަރައްޤީއާއެކު އެވޭލާ ޒަމާނުގެ އަންހެންވެރީން ހެދުން އަޅައި އުޅުނު ގޮތާއި، ރީތިވެ ނަލަ ހެދުމަށްޓަކައި ކުރަމުން އައި ކަންތައްތަކާއި އެކަމަށް ބޭނުން ކުރަމުން އައި ބާވަތްތަކަށް މިއަދު މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

ހެދުމަކީ ކޮންމެ ބައެއްވެސް އެ ބައެއްގެ ޘަޤާފަތާއި، ޒަމާނާއި، އާދަކާދައާއި، ވެއްޓާއި ގުޅޭގޮތަށް ލާ އެއްޗެކެވެ. އަދި އެކި ޢުމުރާއި އެކި މުނާސަބާތަކުގައި ވެސް މީހުން އެކި ވައްތަރު ހެދުން ލައެވެ. މަސައްކަތް ކުރަން ދާއިރު ލާ ހެދުމާއި ގޭގައި އުޅޭއިރު ލާ ހެދުމާއި، ހެނދުމާއި ހަވީރާއި ރޭނގަޑަށްވެސް ވަކި ހެދުމެއް ގެންގުޅުމަކީ އިންސާނީ ޠަބީޢަތެކެވެ.

އެހެން ނަމަވެސް އެންމެ ރީތީހަމަ ގަޔަށް ދޫކޮށް ދިގުކޮށް ލާ ހެދުމެވެ. ބައެއް އަންހެނުންނަށް ހީވަނީ ކުރުކޮށް ހެދުންލައި ގައިގެ ވަނާތައް ފެންނަން ހުރުމުން ގިނަ ފިރިހެނުންގެ ހިތް ކިޔައި އެމީހުނާ ހެދި އުޅޭނެ ކަމަށެވެ. އެއީ މުޅިން ކުށްހީއެކެވެ.

ދިގުކޮށް ހެދުން ލައިިން އުޅޭ ކުދިން ފެނުމުން ފިރިހެނުން މާބޮޑަށް ހިތްކިޔަނީއެވެ.

ޢައުރަ ނިވާ ވާ ކޮންމެ ހެދުމަކީވެސް ފުދޭނެ ހެދުމެކެވެ. ކޮންމެ ކުލައެއްގެ ކޮންމެ، މަރުކާއެއްގެ، ކޮންމެ އަގެއްގެ ހެދުމެއްވެސް މުސްލިމް އަންހެނަކަށް ލެވިދާނެއެވެ. ނަމަވެސް ޝަރުޠަކީ އެއީ ޢައުރަ ނިވާ ވާ، އަދި މުސްލިމް އަންހެނުންގެ ހެދުމުގައި ހުންނަން ޖެހޭ ޝަރުޠު ހަމަވާ ހެދުމަކަށް ވުމެވެ.

ހަމަ އެހެންމެ، ތަފާތު ގޮތްގޮތަށް ފަހާފައި ހުންނަ ތަފާތު ވައްތަރު ވައްތަރުގެ ހެދުން ލުމަކީ ދީނުގައި ފަހަރެއްގައިވެސް މަނާ ކަމެއް ނޫނެވެ. އެ މީހަކު ބޭނުންވަރެއްގެ ރީތި ހެދުމެއް ލެވިދާނެއެވެ. ސަބަބަކީ އިސްލާމް ދީނަކީ އަބަދުވެސް ރީއްޗަށް ލޯބި ކުރާ ދީނަކަށް ވާތީއެވެ. އެހެންނަމަވެސް ކުރިން ބުނިހެން އެ ހެދުން ވާން ވާނީ ގަޔަށް ދޫ އައުރަ ނިވާވާ ހެދުމަކަށެވެ.

ވީމާ އަހަރެމެން ލާ ހެދުމަކީ ޢައުރަ ނިވާ ވާ ހެދުމަކަށް ވުމަކީ، ޝައްކެއްވެސް ނެތް ގޮތުގައި، މާތް ﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިވުމުގެ އިތުރުން، އެކަލާނގެ ދެއްވި ނިޢްމަތްވެސް ފުރިހަމަ ގޮތުގައި ބޭނުން ހިފޭނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަނގަ

    ސުރުހީ ބަދަލުކޮއްލަން ފެނޭ

    20
    5
  2. XD

    އެހެންވީމާ ގަޔަށް ބާރުކޮށްތާ ހެދުން އަޅަންވީ.

    12
    13
  3. އަނގަ

    ތިކަހަލަ ހަބަރުލިޔާތީއޭ ބައެއްމީހުންނަށް ކަމުނުދަނީ

    19
    7
  4. ބޮޑުތަކުރުފާނު

    ތިޔައީކާކުދެއްކިވާހަކައެއް

    15
    11
  5. ޝްރޭ

    ޔެސް.. ވަރަށް ލައިކް..

    26
    8
  6. ހައްހައްހައް

    މޮޔަހަހަހ ހައްދަން އުޅޭނެކަމެއްނެއް.ރީތިކޮށް ހެދުން އެޅުމަކީ ދިގު ހެދުން ލުމެއްނޫން.

    14
    49
  7. ތޯތޯކަނބުލޮ

    އެކަމަކު މިއުޅޭ އަން ހެންވެރިންނާއި ހުރެ ދޫ ހެދުމެއް ލައިގެން ބޭރައް ނިކުމެވޭވަރެއްނޫން ހީހހހ ހީފަ މަލާމާތްކޮއް ވައްބަސް ބުނާވަރުން.

    18
    2
  8. ގެރި މޮޔަ

    ކިތަންމެ ވަރަކަށް ދޫކޮށް ހެދުން ލިޔަސް ދިގުކޮށް ހެދުން ލިޔަސް ހަސީލަތް ނުބައި ވެއްޖެ މީހަކު ކޮންމެ ފަދަ އެއްޗެއް ލިޔަސް ރީއްޗެއް ނުވާނެ.. ދީން ވެރި ކަމާ އަހުލާގު އެންމެ މުހިންމު އެއްޗަކީ ހެދުން ކުރަސް ދިގަސް ފެންނަން ހުންނާނީ.

    22
    14
  9. މަކިނބޫ އެޓް ދުބާއީ

    ހެދުން ދިގު ވެފަ ކިތަންމެ ނުބައި ވިޔަސް ހެޔޮ ދޯ

    15
    6
  10. ޢަބުޅޮ

    ފިރިހެނުންނަށް ކަމުދާ ގޮތަށް ދެއްކެން ހެދުން އެޅުން ގޯސް. ލާދީނީކަންކަން ފެތުރުން ހުއްޓާލާ.