ދުނިޔެ އިން ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ހަރުފައެއް ފެނިއްޖެއެވެ.
ކަމާބެހޭ މާހިރުން ބުނީ މި ވައްތަރުގެ ހަރުފައެއް އެންމެ ފަހުން ދުނިޔެއިން ފެނުނީ މީގެ 50 އަހަރު ކުރީން ކަމަށެވެ.
މި ހަރުފައިގައި ދިގުމިނުގައި ހަތަރު ފޫޓު ހުރި އިރު މިހަރުފަ ފެނުނީ ފްލަރިޑާގެ ޖަންގަލީގައި އުޅުނު ޓްރެސް ކޯތެން ނަމަކަށް ކިޔާ ހައިކް ކުރަން އުޅުނު މީހަކަށް ކަމަށްވެއެވެ. އޭނާއަކީ އެ ޖަންގަލީގައި ދިރިއުޅޭ މީހެއް ކަމަށްވެއެވެ.
އެފްޑަބްލިޔުސީ ފިޝް އެންޑް ވައިލްޑް ލައިފް ރިސާޗް އިންސްޓިޓިއުޓުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެމީހާ އަށް ފެނުނު ހަރުފައަކީ ވަރަށް ޒަމާން ވަންދެން އުޅެމުންދާ ހަރުފައެއް ކަމަށެވެ. އޭގައިވާ ގޮތުން މީގެ ފުރަތަމަ ހަރުފަ ދުނިޔެ އިން ފެނުނީ 1969 ވަނަ އަހަރުއެވެ.
މިއީ އެއްވެސް ކަހަލަ ގޮތަކަށް ގެއްލުންދޭ ހަރުފައެއް ނޫން ކަމަށާއި އަދި ވިހަގަދަ ހަރުފައެއް ވެސް ނޫން ކަމަށް މާހިރުން ބުނެއެވެ.
މާހިރުން ބުނެފައިވާ ގޮތުގައި މި ވައްތަރުގެ ހަރުފަ ގިނައިން އުޅެނީ ފެނުގައެވެ.
މި ވައްތަރުގެ ހަރުފަ އާންމުކޮށް ބޮޑުވަނީ ތިން ފޫޓް ހަ އިންޗިއަށް ކަމަށް ވެއެވެ. ނަމަވެސް މި ޒާތުގެ ބައެއް ވައްތަރުތައް ފަސް ފޫޓަށްވެސް ބޮޑުވާކަމަށް ފްލޮރިޑާގެ ނޭޗަރަލް ހިސްޓްރީ އާ ގުލޭ މިޔުޒިއަމް އިން ބުނެއެވެ.
ކޮން ގައުމެއްގެ ޖަންގައްޔަކުންބާ؟
ކޮ ން ނަމެއް
އެ ހަރުފައަށް ކިޔާ އިނގިރޭސި ނަން ލިޔެލިނަމަ އެހެން މީހުންވެސް ގޫގްލްކޮށްގެން އެއާ ބެހޭ މައުލޫމާތު ހޯދައިގެން ކިޔާފާނެ. ހަބަރު ކިޔާ ބަޔަކަށް ލިބޭ މައުލޫމާތަށްވުރެ އުފެދޭ ސުވާލު ގިނަނުވާނެ ގޮތަށް ލިއަން އާދަކުރާނަމަ ވަގުތު ނޫސް އިތުރަށް ފުރިހަމަވާނެ.
ﷲ ގެ ކުޅަދުންވަތަވެރިކަމުގެ ބޮޑުކަމާއެވެ
ކުލަތަށް ހުރިގޮތުން މަ ހީކުރީ ވަޔަރު ކުރަން ބޭނުންކުރާ ނަރު ބޮނޑިއެއް ކަމަށް.
ﷲ ގެ ކުޅަދުންވަންތަ ކަމަށް ޖޯކު ޖަހަން ލަދެއް ނުގަނޭތަ
އެމެރިކާގެ ފްލޮރިޑާއިން
ނާގިން ގިން ގިން ގިން ގިން