އަހަރުތަކެއް ވަންދެން ލަވަޔާއި މިޔުޒިކާ ދުރުގައި އުޅުމަށްފަހު ދިވެހިންގެ ތެރެއިން ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ އުމަރު ޒާހިރު އެނބުރި މިއުޒިކްގެ ތެރެއަށް އައުން ފާހަގަކުރުމަށް "އުމަރު އިސް ބެކް"ގެ ނަމުގައި ރޭ ހާއްސަ ޝޯއެއް ބާއްވައިފި އެވެ.
އުމަރު ޒާހިރު، މިޔުޒިކީ މަސައްކަތަށް އެނބުރި އައުމަށްޓަކައި "ޔޫޒީ"ގެ ނަމުގައި ބޭންޑެއް އުފައްދައިގެން ރިސޯޓްތަކާއި އެކި ހަފްލާތަކުގައި މިޔުޒިކް ކުޅުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ.
މޯލްޑިވްސް އިންޑިއާ ފްރެންޑްޝިޕް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން އިންޑިއަން ކަލްޗްރަލް ސެންޓަރުގައި ރޭ އުމަރުގެ އެނބުރި އައުން ޝޯ ގައި މިޔުޒިކް ކުޅެދީފައިވަނީ ތޮލާލް އާއި އުމަރުގެ ދަރިފުޅު، އާފި އުމަރު ޒާހިރެވެ.
އިންޑިއަން ކަލްޗްރަލް ސެންޓަރުގެ ޑިރެކްޓަރު މުހައްމަދު ޚާލިގު ވިދާޅުވީ ކޮންމެ މަހަކުވެސް ދިވެހި ފަންނާނުންގެ މިފަދަ ޝޯތައް އެސެންޓަރުގައި ބާއްވަމުން ގެންދާނެ އެވެ.
ރޭގެ ޝޯގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޝިފާ ތައުފީގުވެސް ލަވަ ހުށަހަޅައިދިނެވެ. އުމަރާއި ޝިފާ ގުޅިގެން ހުށަހެޅި ލަވަތަކަށް ވަރަށް ބޮޑު ތަރުޙީބެއްވެސް ލިބިގެން ގޮސްފައިވެ އެވެ.
ރޭ ބޭއްވި ހާއްސަ ޝޯގައި އުމަރުގެ ލަވަތަކުގެ ތެރެއިން ދިވެހިންގެ މެދުގައި މަގުބޫލު ދިވެހި ލަވަތަކާއި އިނގިރޭސި އަދި ހިންދީ ލަވަވެސް ހުށަހަޅައިދީފައިވެ އެވެ. މި ޝޯގެ ޝަރަފުވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އިންޑިއާ ސަފީރު އަކިލޭޝް މިޝްރާއެވެ.
ދިވެހިންގެ އެތަށްބައެއްގެ މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިއާ އުމަރު ޒާހިރަކީ ތަފާތު މިޔުޒިކް ބޭންޑްތަކުގައި މަސައްކަތްކުރުމުގެ އިތުރުން ރިސޯޓް މިޔުޒިކާއި އަލްބަމް ނެރުމުގައި ވެސް ވަރަށް ފާހަގަކޮށްލެވުނު ފަންނާނެކެވެ.
އުމަރުގެ "ހަންހާރަ" ސިލްސިލާގެ އަލްބަމްތަކަކީ ރާއްޖޭގައި ރެކޯޑްތައް މުގުރާލި ލަވަ އަލްބަމްތަކެވެ. ލަވަކިޔުމުގެ ރޮނގުން ގައުމީ އިނާމުވެސް ހާސިލްކޮއްފައެވެ.
އަކިލޭ ޝަރުމާއާއެކު ފޮޓޯއެއް ނަގާފައި ޕޯސްޓް ނުކުރޭބާ.
މަރުހަބާ. އެކަމަކު ތި އިންޑިއާ ސަފީރުގެ އެހީގަ ކުރަންޖެހޭ ކަމެއް ނޫން. ދިވެހިންތިބީ އުމަރާއެކު. އިންޑިއާއާ އިންޑިއާ ސަފީރަށް ނޫނެކޭ ބުނޭ. އެހެންނޫނީ ދިވެހިންދެކޭނީ ތީ އިންޑިޔާގެ އެޖެންޓެއްކަމަށް. ހުޅަގުގެ އެޖެންޓެއް އޯލްރެޑީ އެބަހުރި. އހޒ އޭކިޔާ އިންޑިއާ އެޖެންޓެއްވެސް އެބަހުރި. ދެން އަނެއްކާ އިތުރު އިންޑިއާ އެޖެންޓެއް ބޭނުމެއް ނޫން.
ތިޔާއީ ރާއްޖޭގެ ޔާރާ ދިލްދާރާ ލަވަ ކިޔުން ތެރިން ދޯ. އަދި އެއް މަމެން އުމުރުގައި ނުހުންނާނެ ތިއިން މީހެއްގެ ލަވަ އެއް ވެސް އަޑު އަހާފައި އަދި އަލްބަމެއް ވެސް ގަނެފައި އަދި ޔޫޓިއުބް އިން ވެސް ބަލާފައި. މަމެން ގަބޫލުކުރާ ގޮތުގައި އަލީ ރަަމީޒު ވެސް އެއީ ލަވަލިޔުން ތެރިއެއް ނޫނެވެ. އެއީ ހަމަ ޔާރާ ދިލްދާރާ އެވެ. ލަވަ ކިޔާ ކިޔާ ހަންވާއިރު ރީތި ޑާންސް ސްޓެޕެއް ތިއިން މީހަކަށް އަތުން ވެސް ޖައްސާލަން ނޭގުން އެއީ އެމެން ޑިސްކޮލިފައިޑް ފޯރ ދި މިއުޒިކް ވޯލްޑް އަންގައިދޭ އަލިގަދަ ދަލީލު ތަކަކީ. އޯއް ޔޭއް. ދިސް ކުޑް ބީ އިޓް. އައި ތިންކް އައި އޭމް ޕާރފެކްޓް. އައި ތިންކް އައި އޭމް ކަރެކްޓް.
އެސޮރު މިހާ ދުވަހު ކުރީ ކޮން ކަމެއްތަ؟
އުމަރުބެ އަށް ހައްްޤު މަގު ދައްކަވާ ތިޔަ ޝައިތޯނީ ފިޔަވަޅުތަކުން ސަލާމަތް ކުރައްވަވާ ދެކޮޅު ހަދާފިނަމަ ޖީލުތަކަށް ފިލާވަޅެއް ކަމުގައި އެކަން ލައްވާސީ