ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަލައިކާ އަރޯރާގެ ދަބަހަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.
އާންމުކޮށް މަލައިކާ އަކީ އަގުބޮޑު ތަކެއްޗާއި އެކު ފެނިގެންދާ ފަންނާނެއް ނޫނެވެ. ނަމަވެސް އަގު ބޮޑު އެއްޗަކާއި އެކު ފެނިގެން ދާއިރު ގިނަ ބައެއްގެ ލޯތައް އެ އެއްޗަކަށް އަމާޒުވެ އެއާމެދު ވާހަކަތައް ދެކެވެއެވެ. މި ފަހަރު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީި މަލައިކާގެ އަތުގައި އޮތް ދަބަހެވެ.
ވަރަށް ފަހުން އިވެންޓްއެއްގައި މަލައިކާ ފެނިގެންދިޔައީ މަޑު ކުލައެއްގެ ހެދުމެއްގައި އާދައިގެ މޭކަޕް އަކާއި އަތުގައި "ކުލޯއި" ބުރޭންޑްގެ ބުރެސްލެޓް ދަބަހަކައި އެކުގައެވެ. މި ދަބަހުގެ އަގު ބަލާލަން ގިނަ ބަޔަކު ބޭނުންވިއެވެ. މަލައިކާ އަތުގައި އޮތް ދަބަހުގެ އަގަކީ އެއް ލައްކަ ތޭވީސް ހާސް ރުޕީސްއެވެ.
އިންޑިއާގެ މީޑިއާ އަށް ދިން އިންޓަވިއު އެއްގައި މަލައިކާ ވަނީ އޭނާއަކީ އެއް ހެދުމެއްގައި އަހަރުގެ 365 ދުވަސް ވެސް ހޭދަ ކޮށްފާނެ މީހެއް ކަމަށާއި ނަމަވެސް އޭނާގެ ޓީމްއާއި ނުލާ އޭނާއަށް ފެޝަންއަށް ހެދުން އަޅަން ނުވެސް އިންގޭނެ ކަމަށެވެ. އޭގެ އިތުރުން މަލައިކާ އޭނާގެ ޓީމްއަށް ތައުރީފު ކުރަމުން ބުނީ ހުރިހާ ލުކް އަކާއި އެކު ތަފާތު ކަމެއް ގެނެސް ދިނުމަށް ޓީމުން މަސައްކަތް ކުރަމުން އަންނަކަމަށެވެ. ނަމަވެސް އޭނާއަށް ގުޅެނީ ކޯޗެއް ކަމާއި އޭނާއަށް ގެެންގުޅެވޭނީ ކޯޗެއް ކަން އޭނާ ބަލާކަމަށް ވަނީ ބުނެފައެވެ.
ތިއީ އެންމެ 26،000 ރުފިޔާ! ދިވެހި ރުފިޔާ އަށް ބަދަލުކުރީމަ! މިޤައުމުގަ ޢާންމުކޮށް އަގު ކިޔަނީ މިލިއަން ޑޮލަރުން! ނިކަމެތިން ނިކަމެތި ކަމުގަ! ނަޝީދާ ޔާމީނުގެ އަތުގަ ކިތައް ދަބަސް އޮތްތޯ ބަލާލަބަލަ ކޮންމެސް ކުއްޖަކު!
މަ އުނަގަނޑުގަ އޮންނަ ދުފާ މަޑިސީލަގެ އަގު އިނގޭތަ؟ ދުނިޔޭގެ އެއްމެ މުއްސަދި މީހާޔަށްވެސް އެ ނުގަނެވޭނެ. އެއީ މަ އެ ނުވިއްކާނަންވިއްޔަ