އިންޑިޔާގައި ރޭޕް ކުރުން އާންމުވެފައިވާއިރު، ފިރިހެނަކު އޭނާގެ އަމިއްލަ މަންމަ ރޭޕްކޮށްލި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު އިންޑިޔާގެ ޕަޓަން ސިޓީގައި ހިނގި މި ހާދިސާގައި އުމުރުން 22 އަހަރުގެ އެ ފިރިހެން މީހާ ރޭޕްކޮށްލާފައިވަނީ އޭނާގެ 45 އަހަރުގެ މަންމައެވެ.
ފުލުހުން މައުލޫމާތުދީފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ ފެންބޯން ކަމަށް ހެދިގެން، އޭނާގެ މަންމަ ކޮޓަރިއަށް ވަދެއެވެ. އަދި އަންހެންމީހާ އެހީއަށްއެދި ހަޅޭލި އަޑު އަވަށްޓެރިންނަށްވެސް އިވުނުކަމަށް ބައެއް ފުލުހުން ވިދާޅުވިއެވެ.
މި ފިރިހެންމީހާގެ ބައްޕަ އެވަގުތު ވީ އޮފީހުގައި ކަމަށާއި އެހާދިސާ އަށްފަހު އެ އަންހެންމީހާ އޭނާއަށް އެކަން އެންގުމުން ވަގުތު ވަނީ ފުލުހުންނަށް މިކަން ރިޕޯޓުކޮށްފައެވެ.
ފުލުހުން ބުނީ އެ ފިރިހެން މީހާ އަކީ ފޯނު ފަދަ ތަކެތިން އަބަދުވެސް ބޭއަދަބީ ވީޑިޔޯ ބެލުމަށް ދެވި ހިފާފައި ހުންނަ މީހެއް ކަމަށާއި މީގެ ކުރިން އޭނަގެ އަންހެން ކޮއްކޮ އާއި މަންމަ ކުރިމަތީވެސް އެފަދަ ވީޑިޔޯ ބަލާފައިވާކަމަށެވެ.
އެ ފިރިހެންމީހާ މިހާރު ހައްޔަރުކޮށްފައިވާއިރު އަދިވެސް އެކަމުގެ ތަހުގީގު ދަނީ ކުރިއަށެވެ.
ޔާރައްބީ! މިކޮންފަދަ މުސީބާތެއް ޖެހިފަ ތިބިބައެއްތަ؟ ވަލުޖަނަވާރުވެސް ރޭޕްކުރާނެ ތިވެރިން
ހެޔޮނުވާނެ.ތީ އިންސާނުންތަ.. މިފަދަ މީހުން ހަވަރަށް ދޭންވީ.. ވަލުޖަނަވާރުންނަށް ވުރެ ނުބައެއްނު..
ކޮބާ މަންމަ ރޭޕްކުރާ މީހުނަށް އިންޑިޔާގެ ސ.ކޯޓުން ކުރާނީ ކޮން ޙުކުމެއްބާ؟؟؟؟
އިންޑިޔާއަކީ ޖަނަވާރުން ކަލުން ނަން ހަދއިގެން އުޅެ ބަޔެއް އެހެން ވިމަ އިންސަނުންގެ އަގެއް އެތަނުގަ ބޮޑުވާމީހުން އެހާބޮޑަކަށް ނުދަނޭ.އެމީހުން ތަރު ބިއްޔަތު ވަނީ ޖަނަވާރަށް އަޅުކަންކުރުމުގަ.
އަންނި އެބުނާ އީ.ޔޫ ގަރާރާއި އެއްގޮތަށް އިންޑިޔާ ގެރި މޯދީ ގައުމު ބުއްދާ ތައް އެއުޅެނީ... އާބިދާގެ ހާލުވެސް ބަލާމީހުނަށް އެގޭނީ... ލަދުގަނޭ އާބީ ފެނުނަސް
އަދިވެސް އިންޑިޔާއަކީ ޑިމޮކްރަސީގެ ބައްޕައޭ ކިޔާ ހަޅޭލަވާނެ މީހުން މަދެއްނުވާނެ. ދިވެހި ރާއްޖެވެސް އެހާހިސާބަށް ނުގޮސްގެން އެންެމެން ކަންބޮޑުވެގެން އެއުޅެނީ
ޓޯޓަލީ އެގްރީ ވިތު ޔޫ ?
އިންޑިޔާގެ ޙާލަކިމީ އެކަމަކުއެހެންޤައުމުތަކުގެ ކަންކަމުގެތެރެޔަށްވަދެ ބަސްބުނަމުންދާނީ އަމިއްލަޤައުމުގެ ރައިއްޔަތުންގެ ސަލާމަތްތެރިކަން ހޯދާދެވޭތޯ ބެލިއްޔާ މާރަނގަޅުވާނެ
ޔާﷲ މިފަދަ ނުބައި ވަޙްޝީ ޢަމަލުތަކުން އަޅަމެންގެ މުޖުތަޢު ސަލާމަތް ކުރައްވާންދޭވެ.
އާމީން
އާމީން