ދެކުނު އިންޑިއާގެ ފިލްމުތަކުން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު އެކްޓްރެސް، ކީރްތީ ސުރޭޝް، އިންޑިއާގެ މުއްސަންދި ވިޔަފާރިވެރިޔަކާއި ކައިވެނިކުރަން އުޅޭކަމުގެ ޚަބަރުތައް ފެތުރިއްޖެއެވެ.
ދެކުނު އިންޑިއާ ފިލްމުތަކުގެ މަޢުލޫމާތު ހާމަކުރާ ނޫހަކުން ބުނެފައިވާ ގޮތުގައި، އުމުރުން 27 އަހަރުގެ ކީރްތީ ކައިވެނި ކުރަން ތައްޔާރުވަމުން ދަނީ އޭނާގެ ބައްޕަ، ސުރޭޝް ކުމާރު އޭނާ އާއި ކައިވެނިކުރަން ހަމަޖެއްސި މީހަކާއެވެ. ނަމަވެސް އެއީ ކާކު ކަމެއް އަދި ނޫސްތަކުގައި ހާމަކޮށްފައެއް ނުވެއެވެ.
ފިލްމީ ދާއިރާއިން ޤައުމީ އެވޯޑާއި އެނޫންވެސް ގިނަ ކާމިޔާބީތައް ހާސިލްކޮށްފައިވާ ކީރްތީ އިންޑިއާގެ މުއްސަނދި ވިޔަފާރިވެރިޔަކާއި ކައިވެނިކުރަން ތައްޔާރުވަމުން ދާއިރު، އޭނާގެ ބައްޕަ ސުރޭޝް އަކީ ވެސް ކެރެލާގެ މަޝްހޫރު ވިޔަފާރިވެރިއެކެވެ. އަދި އޭނާގެ މަންމަ، މެނަކާ އަކީ ދެކުނ އިންޑިއާ ފިލްމް އިންޑަސްޓްރީގައި މަޝްހޫރު އެކްޓްރެސް އެކެވެ.
ނޫސްތައް ބުނާގޮތުގައި ދަރިފުޅާއި ދެވަން ސުރޭޝް ހޯދި މީހާއަކީ ބިލިއަނަރަކަށް ވެފައި އިންޑިއާގެ ބާރުގަދަ ސިޔާސީ ޕާޓީއެއްގެ އިސް ފަރާތެވެ. ސުރޭޝް އަކީ ވެސް އެޤައުމުގެ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވަމުންދާ މީހަކަށް ވާއިރު، ކީރްތީގެ ކައިވެންޏަކީ ސިޔާސީ ކަންކަން ވަރުގަދަ ކުރުމުގެ ބާރެއްގެ ގޮތުން ސުރޭޝް ކުރުވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދެއެވެ.
އިންޑިއާގައި އަންހެނުން އިންނާނެ މީހުން އާއިލާއިން ހޯދައި ދިނުމަކީ ވަރަށް އާންމު ކަމެކެވެ. އާންމު ގޮތެއްގައި އާއިލާއިން ދައްކާ މީހަކާއި ކައިވެނި ކުރުން ނޫން ގޮތެއް އެޤައުމުގެ ބައެއ ހިސާބުތަކުގައި އަންހެނުންނަކަށް ނޯވެއެވެ. އެހެންކަމުން އާއިލާއިން އިންނާނެ މީހަކު ހޯދައިފި ނަމަ އެމީހަކާއި ކައިވެނިކުރަން ރުހި ޤަބޫލުވާން މަޖުބޫރުވެއެވެ. މިގޮތަށް ކަންތައް ނުކޮށްފިނަމަ އާއިލީ ގުޅުން ކަނޑާލައި ގެއިން ނެރެލާ ފަހަރުވެސް އާދެއެވެ.
ކީރްތީ ކައިވެނި ކުރަން އުޅޭ ޚަބަރު އޭނާގެ ފޭނުންނަށް ކުއްލި ގޮތަކަށް ލިބުމާއި ގުޅިގެން އެފަރާތްތަކުން ދަނީ އެކަމާއި ގުޅިގެން ޝުޢޫރުތައް ފާޅުކުރަމުންނެވެ. އޭނާގެ ކައިވެނީގެ ހަފްލާ ސީދާ އޮތް ދުވަހެއް އަދި އާއިލާ އިން ހާމަކޮށްފައި ނުވާއިރު، ކީރްތީގެ ފޭނުން ތިބީ އެ ދުވަހެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.
މަ މީހަކާ އިނީ އާއިލާ ޔާ ވަގަށް ބޭބެމެން ރުޅި އަރުއަރުވަން އާއިލާ އަށް މަ ހައެރާންކޮށް ސިއްސާނުލެވޭނެކަން ދައްކަން
ކަލެއަށް ތިކަމުގެ ހިތި ވަރަށް އަވަހަށް ފެންނާނެ. ދައްކަން ކުރާކޮންމެ ކަމަކީ ނުބައި ޢަމަލެއް.
މަމީހަކާ އިނީ ގެއަށް ވެރިވާން
މަ މީހަކާ އިނީ '' ރަށު ކުދިން މާ ރީތި ''އެކަމަކު ލޯތްބަކުންނޫން މުއްސަދި އާއިލާ އެއްގެ މާލޭ ގެ ބޮޑު ގެއެއް އޮންނަ މަންޖެއެއްވީމަ ބޯކާލައި ގެން ގެއަށް ވެރިވާން ބޮޑު މީހަކަށް ވުމުގެ އުންމީދުގައި .
އަހަރެން އިދެގެން މިއުޅެނީ މާލޭ ކުއްޖަކާ. އެހެންްކައިވެންޔަކަށް އޭނައަށް 3 ދަރިން ލިބިފައިވޭ.
އަހަރެން އިނީ ގޯތީގެ ބޭނުމުގައި
މަ މީހަކާއިނީ މައިންބަފައިން ނުގަބޫލުގަ. މިއަދާހަމައަށްވެސް ކައިވެނިން ލިބުނީ ހިތްދަތިކަން.