މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އިންޑޮނޭޝިއާގެ ކެޕުހް ވިލޭޖުގައި މި ވަނީ މީހުން ބޭރަށް ނުނެރުމަށް ތަފާތު ކަމެއް ކޮށްފައެވެ. މި ދުވަސްކޮޅުގެ ގޮތުން މީހުން ބޭރަށް ނުކުމެ ނޫޅުމަށް އެންމެވެސް ހިތްވަރު ދެމުން އަންނައިރު، މި ވިލޭޖުގައި ބޭރަށް ނުކުމެ އުޅޭ މީހުންް ބިރުގަންނަވަން އުޅެނީ "ޖިންނި" ތަކެވެ.

ޖަވާ އައިލެންޑުގެ އެ ވިލޭޖުގައި މަގުމަތި ޕެޓްރޯލް ކުރުމަށް ޖިންނިތައް ހަރަކާތްތެރިވަމުން އަންނައިރު، އުމުރުން ދުވަސްވީ މީހުން ގަބޫލުކުރާގޮތުގައި، މިއީ މީހުން ގޭގައި ބޭތިއްބުމަށް ބޭނުން ކުރަމުންދާ މޮޅު އުކުޅެކެވެ. އަދި ޔަގީނުންވެސް މިކަމުން ކޮވިޑް-19 އިން މީހުން ރައްކާތެރި ކުރެވޭނެއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ތަފާތު އެކި އެއްޗެހި ހަދަން. މީހުން ބިރުގަންނަވާ ކަންކަން ކުރަން". އެ ވިލޭޖުގެ ޔޫތް ގްރޫޕްގެ ވެރިޔާ ބުނެފައި ވެއެވެ.

މިކަން އެ މީހުން ކުރަމުން ދަނީ ފުލުހުންނާއި ގުޅިހެންނެވެ. މިއީ ސޯޝަލް ޑިސްޓެންސްއަށްވެސް ހިތްވަރު ދިނުމުގެ ގޮތުން ކުރަމުން އަންނަ ކަމެކެވެ.

މަގުމަތީގައި ޖިންނި ސިފާގައި ތިބޭ މީހުންގެ ގައިގައި ފޮތި އޮޅާފައިވާއިރު، މޫނުގައި ހުންނަނީ ހުދު ފުށް ޖަހާފައެވެ. އަދި ލޯވެސް ހުންނަނީ ތަފާތު ކޮށްފައެވެ. އިންޑޮނޭޝިއާ މީހުންގެ ގަބޫލުކުރުންތައް އޮންނަ ގޮތުން މީގެން ދައްކައިދެނީ މަރުވެފައި ތިބޭ މީހުންނެވެ.

އެ މީހުން މިއަށް ދީފައި ނަމަކީ ޕޮކޮންގ އެވެ.

ރޮއިޓާސް އިން ވަނީ މި އުކުޅު ބޭނުން ކުރަމުންދާ ވިލޭޖަށް ޒިޔާރަތްކޮށްފައެވެ. އަދި މިގޮތަށް ކަންތައް ކުރުމުން މީހުން ބޭރަށް ނުނިކުމެ އުޅޭތޯ ވަނީ ބަލާފައެވެ.

"ޕޮކޮންގ މަގުމަތިން ފެންނަން ފެށި ފަހުން މައިންބަފައިންނާއި ކުޑަކުދިން ބޭރަށް ނުކުމެ ނޫޅޭ. އަދި ރޭގަނޑު އަޅުކަމަށް ފަހު އެއްވެސް ބަޔަކު ބޭރަށް ނުކުމެ ނޫޅޭ". އެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހަކު ބުނެފައި ވެއެވެ.

އެހެންކަމުންމިއީ އެ ގައުމުން ކޮވިޑް-19 އިން މީހުން ސަލާމަތް ކުރުމަށްޓަކައި ކުރަމުންދާ މޮޅުކަމެއް ކަމެކެވެ.

އެ ގައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 4241އަށް އަރާފައެވެ. އެ ގައުމުގައި މި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު 373 އަށް އަރާފައިވާއިރު، އިތުރު ބަޔަކުވެސް މި ބަލީގައި މަރުވެދާނެ ކަމުގެ ބިރު އޮތީ ހީވެފައެވެ.