އެމެރިކާގެ އުޓާހްގައި މަސައްކަތް ކުރަމުންދާ ފުލުުހުން ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ހުއްޓުވާފައި ބެލިއިރު، އެ ކާރު ދުއްވަން އިން ކުއްޖާ ފެނިފައި އެ މީހުންނަށް ދިޔައީ ބޮޑު ޝޮކެއް ޖެހިގެން ކަމަށެވެ. އެ ކާރު ދުއްވަން އިނީ އުމުރުން ފަސް އަހަރުގެ ކުއްޖެކެވެ.

އުޓާހްގެ ހައިވޭ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް އެ މަންޒަރު ފެނުމާއެކު ފުލުހުން ވަނީ އޭނާ ކާރުން ބާލުވާފައެވެ. އަދި އެ ކުއްޖާ ވަނީ އޭނާ ކާރުގައި ދަނީ ކެލިފޯނިއާއަށް ކަމަށާއި، އޭނާ ދަނީ އަމިއްލައަށް ކާރެއް ގަތުމަށް ކަަަމަށް ބުނެފައި ވާ ކަމަށް ދަ ހައިވޭ ޕެޓްރޯލުން ބުނެފައި ވެއެވެ.

އަދި އޭނާގެ އަތުގައި އެހާ ވަރަށް ފައިސާ ނެތް ކަމަށްވެސްް ދަ ހައިވޭ ޕެޓްރޯލުން ބުނެފައި ވެެއެވެ. އޭނާ ކާރުގައި ކެލިފޯނިއާއަށް ދާން އުޅުނީ އޭނާއަށް ލަމްބޯގިނީއެއް ގަނެ ނުދިން މައްސަލާގައި މަންމައާވެސް ޒުވާބު ކުރުމަށްފަހު ކަމަށް ވެއެވެ.

އެ މީހުން އާއްމު ކުރި ވީޑިއޯއަކުން ފެންނަނީ އެހެން މީހުންނެކޭ އެއްފަދައިން އެ ކުއްޖާވެސް ކާރުގައި މަގު ހުރަސް ކުރާ މަންޒަރެވެ. އަދި ރިކް މޯރގަން އޭނާގެ ސައިރެސް އެކްޓިވޭޓް ކުރުމާއެކު، އެ ކާރު އެއް ފަރާތަކަށް ޖެހިލައެވެ. އަދި މޯރގަން ކާރު ދުއްވަން އިން ޑްރައިވަރާއި ވާހަކަ ދައްކަން ދިޔައިރު، އޭނާއަށް ޑްރައިވަރުގެ ބޯކޮޅުވެސް ލޯގަނޑުން ނުފެންނަ ކަމަށް ހައިވޭ ޕެޓްރޯލުން ނެރުނު ބަޔާނުގައި ވެއެވެ.

އަދި މޯރގަން އެ ޑްރައިވަރާއި ސުވާލު ކުރަން ފަށައެވެ. ފުރަަތަމަވެސް އުމުރުން އަހާއިރު، އެ ކުއްޖާ ފަސް އަހަރޭ ބުނުމުންވެސް މޯރގަންއަށް ލިބުނީ ހައިރާން ކަމެކެވެ.

"އުމުރުން ފަސް އަހަރު؟... ކޮން އިރަކު އަދި ކިހިނެއް ކާރު ދުއްވަން ދަސް ކުރީ".

އެއީ ކޮން ކުއްޖެއްކަން އެނގިފައިވާ ނުވާ އެ ކުއްޖާ އަމިއްލައަށް ތިނެއް ނޫނީ ހަތަރު މޭލަށް ދަތުރު ކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ އާއިލާއާ މިހާރު ވާހަކަދައްކާފައިވާ ކަމަަށާއި، އެ ކުއްޖާ ކޭރުގައި ދިޔައީ އާއިލާއަށްވެސް ނޭނގި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަލާހު

    ބޯހަލާކު.

    13
  2. ދަރަނި ދަންތުރަ

    ނަސީބެއް ގޭ ގަރާޖުގައި ފައިޓަރ ޖެޓެއް ނެތްކަން ، ކީކޭ ބުނާނީދޯ ފިސާރި ކަނބުލޮއެއް...