ނޯޓް: މިއީ ޢަރަބި ޤައުމެއްގައި ހިނގާފައިވާ ހާދިސާއެކެވެ. އޭނާގެ ޙަޔާތުގެ ވާހަކަ ކިޔައިދިނީ ދިރިތިބީންނަށް ޢިބުރަތަކަށެވެ. ޢަރަބި ބައެއް ނޫސްތަކުގައިވެސް މިވާހަކަ ބަޔާންކޮށްފައިވެއެވެ.

އަހަންނަކީ ޔުނިވަރސިޓީއެއްގައި ކިޔަވަމުން ދިޔަ ކުއްޖެކެވެ. ދެޖިންސުގެ ކުދިން މަސްހުނިވެވޭ ފަދަ ޔުނިވަރސިޓީއެއް ކަމުން ކިޔަވަން އުޅުމުގެ ތެރޭގައި އެތަނުން ފެނުނު ކޮންމެވެސް އަންހެން ކުއްޖަކާއި ޝަރީޢަތާއި ޚިލާފު ގުޅުންތަކެއް އަހަރެން ބަހައްޓަން ފަށައިފީމެވެ. އަދި އެކަމުގެ ތެރެއިން އެ އަންހެން ކުއްޖާ އަހަރެންގެ ދަރިއަކަށް ބަލިވެ އިނދެއްޖެއެވެ.

އަންހެން ކުއްޖާގެ ބޭބެއަށް އަންހެން ކުއްޖާގެ ފަރާތުން އެކަން އެނގުމުން އަހަރެންގެ ކައިރިއަށް އައިސް އަންހެން ކުއްޖާގެ ފަރާތުން އެވެނި މިވެނި ކަމެއް އެނގިއްޖެއޭ، މިފަދައިން ވާހަކަ ދައްކަން ފެށުމުން ވަރަށް އާދައިގެ ގޮތަކަށް ކަލޭގެ އަންހެން ކޮއްކޮއެއް ހުންނަކަމެއް އަހަންނަކަށް އެނގިފައެއް ނެތޭ ބުނެލީމެވެ. އެހިސާބުން އެ ކުއްޖާގެ ބޭބެ ގޮސްފިއެވެ.

މިކަން އަހަރެން އެއްކޮށް ހަނދާންނެތިފައި ވަނިކޮށް، އެއްދުވަހަކު އަހަރެން ބޭރުން ގެއަށް އައިއިރުގައި، މަންމަ ހޭނެތިގެން ބިންމައްޗަށް ވެއްޓިފައި އޮތެވެ. ކޮންމެ ފަހަރަކުވެސް ގޮވާފައި ނެގީމާ ހަލޭލަވައިގަންނަނީއެވެ. މި ގޮތަށް ހައެއްކަ ފަހަރަކު ގޮވީމާ ވާހަކަ ދެއްކުނެވެ. އަދި ކަލޭގެ ކޮއްކޮގެ ގާތަށް ގޮސްބަލާށޭ ބުންޏެވެ.

ކޮއްކޮއަށް ކިހިނެތް ވީހޭ އަހަރެން ބުނެލީމެވެ. ކޮއްކޮގެ ގާތަށްގޮސް އެހުމުން އަހަރެންގެ އަވައްޓެރި ފިރިހެނެއްގެ މައްޗަށް އަހަރެންގެ ކޮއްކޮ ބަލިވެއިންކަން އެނގުނެވެ. އެބުނާ ފިރިހެން ކުއްޖާގެ ގާތަށް އަހަރެން ގޮސް، އަހަރެންގެ ކޮއްކޮގެ ކުރެން އަންނަށް އެވެނި މިވެނި ވާހަކައެއް އެނގިފައިވާކަމަށް ބުނީމެވެ. އެހެން ނަމަވެސް އޭނާ ބުނި ޢިބާރާތުން އަހަރެންގެ ހިތް އެއްކޮށް ތޮރުފާލިއެވެ. އެއްކޮށް ހިތް ފުނޑުފުނޑު ވެގެން ދިޔަ ކަހަލައެވެ. އަހަރެން ގުޅުން ހިންގި އަންހެން ކުއްޖާގެ ބޭބެއަށް އަހަރެން ބުނި ޢިބާރާތް ހަމައެގޮތަށް އަހަރެންނާ ދިމާއަށް ބުންޏެވެ. ”ކަލޭގެ ކޮއްކޮއެއް ހުންނަކަމެއް އަހަންނަކަށް އެނގިފައެއް ނެތޭ.“

މީގެ ފަހުންވެސް އެކިއެކި ފާހިޝް ކަންކަމުގެ ތެރޭގައި އުޅެމުންގޮސް، ކައިވެނި ކުރަން އަހަރެންގެ ހިތަށް އަރައިފިއެވެ. މީހަކާ އިންނަންވެގެން ހުރިހާ ކަމެއް ރާވާފައި، ކައިވެނީގެ ރޭގައި އެއަންހެން ކުއްޖާއާއެކު ހުއްޓާ އެއަންހެން ކުއްޖާ އަހަރެންގެ ކައިރީގައި ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި އެބައޮތްކަމަށް ބުނެ، ތިމަންނައަކީ މީހަކާ އެއްކޮށް ފާޙިޝް ޢަމަލެއް ހިންގާފައި ހުރި މީހެކޭ ބުންޏެވެ. އެއީ އަހަރެންގެ ވާން އުޅޭ އަނބިމީހާއެވެ. އަހަރެންގެ ހިތް ފަޅައިގެން ދިޔަކަހަލައެވެ. ހުރެވުނު ތަނެއް ނޭނގޭވަރަށް އެއްކޮށް ހުއްޓުން އަރައިފިއެވެ. އަހަރެން ހިތާ ހިތުން ބުނެލީމެވެ. ”އަހަންނަށް ފުދިއްޖޭ ފުދިއްޖޭ ފުދިއްޖޭ.“ މިހިސާބުން ﷲ ދެއްވި އަރެންނަށް ދެއްވި ޢުޤޫބާތުގެ އެބޭސްގުޅައިގެ ހިތިކަން ކަރުގައި އަޅައިގެން ވަރަށް އުނދަގުލާއެކު ދިރުވާލީމެވެ. އެއަންމީހާއަކީ އަނބިމީހާކަމުގައި ޤަބޫލުކޮށް އަހަރެންކުރި ފާފައިގެ ހިތިކަން ކަމުގައި ޤަބޫލުކޮށް އެމީހާއާއެކު އެތަށް އަހަރުދުވަހަކު އުޅުނީމެވެ.

އެއަށްފަހު އަހަރެމެން ދެމީހުނަށް ލޯބިލޯބި އަންހެން ދަރިއަކު ލިބިއްޖެއެވެ. ދަރިފުޅުގެ އުމުރުން 6 އަހަރުގައި އެއްދުވަހަކު ރޮމުން ރޮމުން އަހަރެންގެ ކައިރިއަށް އަތުވެއްޖެއެވެ. ވީގޮތެއް ބެލިއިރު ޢިމާރާތުގެ ތިރީގައި އިންނަ ސެކިއުރިޓީ އަހަރެންގެ އަންހެން ދަރިފުޅުގެ ޢިއްފަތްތެރިކަން ފޭރިގަތީއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އޭނާ ކުރި އެންމެ ފާފައަކުން މުޞީބާތްތައް ފެތުރިގެން ދިޔަގޮތް ބައްލަވާށެވެ. މާތް ﷲ ފާޙިޝް ކުރައްވާފައިވާ އެފަދަ ކަމަކަށް އަރައިގަނެވިފައިވާނަމަ އިންސާނެއްގެ ފަރާތުން ކަމެއް ކުރިމަތި ނުވިޔަސް ﷲ ތަޢާލާގެ ހިތްޕެވުން މާ ގަދަފަދަ ވެގެންވެއެވެ. އެދުވަހުގައި އެއަންހެން ކުއްޖާގެ ބޭބެއަށް ނުވަތަ ބައްޕައަށް ނުވަތަ ޢާއިލާއަށް ކޮށްފައިހުންނާނެ އަސަރު ވިސްނަވާށެވެ. އެމީހުން ކޮށްފާނޭ ކަމަކުން ސަލާމަތް ވެވިދާނެއެވެ. ނަމަވެސް ފަހަރެއްގައިވެސް މާތް ﷲ ގެ ހިއްޕެވުމުން ސަލާމަތެއް ނުވެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާދަނު

    ދެ ޖިންސު މަސްހުނި ވުމަކީ އަލިފާނާއި ދަރާ އެއްކުރން ފަދަ ކަމެވެ
    އިބްނު ތައިމިއްޔާ رحمه الله.

    46
    1
  2. އަލް ޣަޒާލީ

    ވަރަށް ޢިބްރަތްތެރި ވާހަކައެއް. މި ރާއްޖޭގަ މީހުންނާ އިނދެގެން އުޅޭ ގިނަ އަދަދެއްގެ އަނަހެނުންނާއި ފިރިހެނުންގެ ހާލަތު. އަދި މީހުންނާ ނީންނަ މީހުންގެވެސް ޙާލަތު . ސަލާމަތުން ތިބީ މަދު ބަޔަކު.

    33
    1
  3. ދަރަނި ދަންތުރަ

    ރާޢްޖޭގައި މިހާރު ކައިވެނިކުރުން ލަދުވެތި ކަމެއް އަދި ބޮޑުހަރަދެއްހިނގާކަމެއް ރައްޓެހިވެ ނޫނީ އެންގޭޖުވީމަ އެވިއްޔޯ ދެން ދެބޭފުޅުން އެކުގައި ދިރިއުޅެންވީޔޯ އެއްކޮޓަރިއެއްގައި ނިދަންވެސްޖެހެނީ އެއްއެނދުގަޔޯ ، ދެން މިފަދަ ކަމަކާ އެއްޗެކޭ ބުނެވޭކަށްވެސް ނޯވެޔޯ އެމީހުންގެ މިނިވަންކަމާ ބެހެވޭތީ ހައްގު ގެއްލޭތީ ކީކޭ ދެން ބުނާނީދޯ ، ދެރަކަމެއްމީ ﷲ ހަށް ބިރުވެތިވާންވީ އެކަލާންގެހަޒުރަތުގައި މިނިވަންކަމޭ ހައްގޭ ނުކިޔޭނެ އެއްވެސް އިންސާނަކަށް...