ފިލްމީ ދާއިރާގެ ތަފާތު ރޯލުތަކުން އާއްމުންނަށް ފެންނަމުން އައި އަލީ ޝާހިދު (ސްޓެޕް އައްޔަ)، ކޮވިޑް-19 އާއި ގުޅިގެން ފިލްމީ ދާއިރާ ދޫކޮށް ޑެލިވަރީގެ މަސައްކަތް ކުރަން ފަށައިފިއެވެ.
އައްޔަ "ވަގުތަށް" މައުލޫމާތު ދެމުން ބުނީ ފިލްމީ ދާއިރާ ދޫކޮށްލަން ނިންމީ އެ ދާއިރާއިން އާ ކުދިންނަށް ފުރުސަތު ނުލިބުމާއި، އެކަށީގެންވާ ފަދަ އާމްދަނީއެއް އެ ދާއިރާއިން ނުލިބުމުގެ ސަބަބުން ކަމަށެވެ. އަދި ކޮވިޑް-19 އާއި އެކު ފިލްމީ ދާއިރާ އިތުރަށް ނިކަމެތިވެފައިވާކަމަށް އައްޔަ ފާހަގަކުރިއެވެ.
ފިލްމް އުފައްދާ، ފިލްމް މާކެޓްކޮށްގެން އާމްދަނީ ހޯދަމުން އައި ފަރާތްތަކަށް ވެސް މި ވަގުތު އެކަށީގެންވާ ގޮތްތަކެއް ހަމަޖައްސައިދެވިފައި ނެތް ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
"ފިލްމީ ދާއިރާއިން އެކަށީގެންވާ އާމްދަނީއެއް ނުލިބޭ. އާ ކުދިންނަށް ފުރުސަތު ނުލިބޭ. ވަކި ބަޔަކަށް ފުރުސަތުދޭ ގޮތަށް އިންޑަސްޓްރީ އޮތީ. ފިލްމެއް އެއްޗެއް ކުޅެން ވެސް ވަކި ޓީމްތަކެއް ހަދައިގެން މަސައްކަތް ކުރަނީ. އެންމެނެންނަށް ފުރުސަތު ލިބޭ ނަމަ ރަނގަޅު. ޔޫއްޕެ ނަހުލާ، ޝަފީގް އާ ކުދިންނަށް ފުރުސަތުދޭ. އެކަމަކު ބައެއް ޑައިރެކްޓަރުން ބޭނުމެއް ނުވޭ އާ ކުދިން ބޭނުން ކުރާކަށް." އައްޔަ ބުންޏެވެ.
ކޮވިޑް-19 އާ ގުޅިގެން ފިލްމީ ދާއިރާ ދޫކޮށްލުމަށްފަހު އައްޔަ ނިންމީ ރައްޔިތުންނަށް ޚިދުމަތް ކުރެވޭނެ ދާއިރާއަކުން ފުރުސަތު ހޯދުމަށެވެ.
އެފަދަ ފުރުސަތަކަށް އެދިގެން ހުއްޓައި ވޮލެންޓިއާކޮށް ޑެލިވަރީކުރަން ޒުވާނުންގެ ވުޒާރާއިން ހުޅުވާލުމުން އޭނާ ވަނީ ވޮލެންޓިއަކުރަން ނަން ނޯޓުކޮށްފައެވެ.
ޑެލިވަރީގެ މަސައްކަތަށް ނުކުތީ އެ މަސައްކަތަކީ ޒުވާނުން ނުކުމެ ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރާތީ ކަމަށާއި މިހާރު މަސައްކަތް ކުރަނީ ކުކުޅު ފިހާރައިގައި ކަމަށް އޭނާ ބުންޏެވެ.
"ކުދިން ނަގަންވެސް ބަލާފައި ހުރީ މާލޭގެ ތަންތަން އެނގޭ މީހުންނާއި ވާހަކަ ދެކެވޭ މީހުންނަށް. އަސްލު މަހްލޫފް އަށް ވަރަށް ޝުކުރުވެރިވަން ތަފާތު ނުކޮށް ނެގީމަ. އެގޮތަށް ޑެލިވަރީއަށް އައި ތަނާ ކުކުޅު ފިހާރައިން ފުުރުސަތު ލިބުނީ. އަބުރާރު އާއި ޝައްމޫން ވަރަށް ރަނގަޅު. އައްޔައަށް މި ފުރުސަތު ދިނީ ކައިނޯ. މަސައްކަތް ކުރެވޭނެ އޭ ބުނިން، ލަދު ގަންނަން ޖެހޭ ކަމެއް ނޫނޭ. އައްޔައަކީ ލަދު ގަންނަ މީހެއް ނޫން. މީގެ ތެރެއަށް އައި ފަހުން މީހުންވެސް ސަޕޯޓިވް." އަައްޔަ ކިޔާދިނެވެ.
ކުކުޅު ފިހާރައިގެ އޮޕަރޭޝަންސްގައި އުޅުއްވާ އަހުމަދު އަބުރާރު "ވަގުތަށް" ވިދާޅުވީ އައްޔައަކީ މީހުންނާއި ގުޅޭ، މަސައްކަތަށް ރަނގަޅު މީހެއްކަމަށެވެ. ކުކުޅު ފިހާރައިގައި ޑެލިވަރީގައި އައްޔަ ކުރާ މަސައްކަތް ބަލައިގަންނަކަން އޭނާ ފާހަގަކުރިއެވެ.
"މިޒާޖާއި މީހުންނާއި ގުޅުން ވަރަށް ބަރާބަރު. ވަރަށް ބަރާބަރު ކަމަށް ކަސްޓަމަރުންގެ ފީޑްބެކް ލިބެނީ." އޭނާ ވިދާޅުވިއެވެ.
މާލެ އަދި ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި، ފިނިކުރި ކާބޯތަކެތި، ހޯލްސޭލް އަދި ރީޓެއިލް ކުރަމުން އަންނަ "ކުކުޅު ފިހާރަ" ގެ ވެބްސައިޓަކީ، ވިޔަފާރީގައި މިހާތަނަށް އެންމެ ގިނަ މީހުން ބޭނުން ކުރާ ވެބްސައިޓެވެ.
ދުވާލަކަށް، 3000 އާއި 4000 ދެމެދުގެ އަދަދަކަށް، އޯޑަރު ލިބޭ، މި ވިޔަފާރި އާއި ގުޅިގެން، "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، ކުކުޅު ފިހާރައިގެ، ސޭލްސް އެންޑް މާރކެޓިންގ މެނޭޖަރ، މުހައްމަދު ނަޝާތު ވިދާޅުވީ، އާއްމު ދިރިއުޅުމުގައި، ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ މުޙިއްމު ބާވަތްތައް މިހާރު ލިބެން ހުންނާނެ ކަމަށާއި، މީގެ އިތުރުން، މޭވާ އާއި ތަރުކާރީގެ ގިނަ ބާވަތްތައްވެސް މިހާރު ލިބެން ހުންނާނެ ކަމަށެވެ.
މިދެން ކާކުތަ!
އައްޔައަށް ފާގަތި ދުވަސްތަކެ ދެއްވުމަށް ﷲއަށް ދުއާދަންނަވަން...ހަލާލު މަސައްކަތުން ލިބޭ އާމްދަނީގަ ﷲބަ ރަކާތްލައްވާނެ...ހުތު ރު ލަދު މިބަސް މަސައްކަތު މާހައުލުން ދު ރަށްލާންވެއްޖެ..އެއްމެން ޓައިއަޅާއިގެން ފިނިކޮޓަ ރީގަ ތިބުމުގެ ހުވަފެން ދެކެންފެށިހިސާބުން ގައުމު ބިދޭސީންގެ އަތްމައްޗަށް ދިޔައީ..މިބަލިމަޑުކަމާއެކު ދިވެހިންގެ ވިސްނުން ބަދަލުކޮށް މަސައްކަތު މާހައުލަށް އަހުލުވެ ރިވެ މާ ރުކޭޓް ގޮޅިތައް ނަގައިގެންތިބި މީހުންވެސް އަމަލީ މައިދާނަށް ނުކުތުމުގެ އަޒުމުކަޑައަޅަންވީ..ގޮޅި ކުއްޔަށް ނަގައިގެން ބޮސްހެދިގެން ގޭގަ އަ ރާމުކު ރަން ނުތިބެ މަސައްކަތަށް ނުކުންނަންވީ..އައްޔައަށް ހިއްވަ ރުދެން..ސާބަސް އައްޔާ...????
ކައުންޓެއް ނުކުރަން
މީނާ ޑެލިވަރީ ހިފައިގެން އައި ދުވަހު މާސްކެއް އަންގިއެއް ވެސް ނެތް.
ބޭބެ ކޮންވައްތަރު ލިޔަނީ، އައްޔަ ވާހަކަ ލިޔަނީ، ނިންމާލާ ގަޑީގަ ކުކުޅު ފިހާރަ އިޝްތިހާރު ކުރަނީ.. މި ވައްތަރު ލިޔަނީމަ އަހަރެން ބޯ ހަލާކުވަނީނު.. މި ވައްތަރު ނޫސް ލިޔަނީމަ ކޮންވައްތަރު އިގެނީ..
ތީ އުނގުޅޭ.....
މިއީ އަޖައިބެއް؟؟ ފިލްމު އިންޑަސްޓްރީ ދޫކޮށްލީ އެކަށިގެންވާ އާމްދަނީއެއް ނުލިބޭތީއޯ. ވަކިން ޙާއްސަކޮށް ކޯވިޑް19 އާ ހެދި. ޢެކަމަކު ޑެލިވަރީ ކޮށްދެނީ ވޮލަންޓިއަރކޮށް. އަހަރުމެން ދިވެހިންނަށް ވޮލަންޓިއަރ ގެ މާނަ ރަނގަޅަށް ނޭންގެނީތޯއްޗެއް!
ދެކޮޅު ނުޖެހޭ ވާހަކަ ތަކެއް
މީނާ ހިތުން މީނަމީ ހޮލީވުޑް ގެ ތަރިއެއް
މިދެން ކާކު.. އަހަރެމެން ގުނުމުގަ ލާ މީހެއްވެސް ނޫން. ކޮވިޑާ ގުޅިގެން ފައިސާނުލިބެނީ ނާޗަރަނގީ ކުޅޭ މީހުންނަށް އެކަނި ދޯ
ހިތުން މީ ޝާހުރުހާން. މިހާރު ތިކުރަނީ އެންމެ އެކަށީގެންވާ މަސައްކަތް