އިންޑިއާއަކީ މަގްބޫލް ތަރިން ކުރާ ކަންކަން ވަރަށް ފަސޭހައިން ވައިގައި ހިފާ ތަނެކެވެ. އިންޑިއާގައި ފަންނާނުންނެކޭ އެއް ފަދައިން ސިޔާސީ މަގްބޫލް މީހުން ކުރާ ކަންކަމަށް ވެސް އާންމުން ވަރަށް ބޮޑު އިސްކަމެއްދެއެވެ. އަދި އެފަދަ މީހުން ކުރާ ކަންކަން މަގުބޫލްވެ ޓްރެންޑަކަށްވުމަކީ މާ ދުރުގައި އޮންނަ ކަމެއް ނޫނެވެ.

އެހެންކަމަށްވާ އިރު އެތައް ހާސް ބަޔަކު އެ މީހަކަށް ތާއީދު ކުރާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރާ ކަމެއް ކޮޕީ ކުރުން އަވަސްވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ގޭގައި ހަދާފައިވާ މާސްކް ބޭނުންކުރުމަށް އިންޑިއާގެ ސިއްހީ އޮފިޝަލުން ތަކުރާރުކޮށް ދަނީ ނަސޭހަތްތެރިވަމުންނެވެ.

ނަރެންދްރަ މޯދީ ވަނީ ސިއްޚީ އޮފިޝަލުންގެ ބަސް އެހުމުގައި ނަމޫދާ ދައްކާފައެވެ. އިންޑިއާގައި ސަގާފީ ގޮތުން ގިނަ ބަޔަކު، ކަރުގެ ވަށައިގެން އަޅަން ގެންގުޅޭ ތުވާލިކޮޅެއް ކަހަލަ ޝޯލްއެއް އޮވެއެވެ. އެއަށް ގަމްޗާވެސް ކިޔާ އުޅެއެވެ. މޯދީ މޭއި މަހު އެހެންމީހުން ތިބޭ ތަންތަނަށް ދާއިރު މިގޮތަށް ގަމްޗާ ނޫނީ ތުވާލި މާސްކް ބޭނުންކޮށްގެން އަނގައާއި ނޭފަތް ނިވާ ކުރަން ފެށިއެވެ.

އެހާ ހިސާބުން ފެށިގެން މޯދީ ކަމްޗާ މާސްކްގެ ނަމުން އެ މާސްކް މަޝްހޫރުވިއެވެ. މީސްމީޑިއާގައި ވެސް ވައިރަލްވެފައިވާ އެ މާސްކުގެ ޓްރެންޑް ދެން ފޮލޯކުރަން ފެށީ ޕީޖީޕީ ލީޑަރުންނެވެ. އެހެންވެ އެ މީހުން ވަނީ މީސްމީޑިއާ އެކައުންޓްތަކުގެ ޕްރޮފައިލް ފޮޓޯވެސް އެ މާސްކް އަޅައިގެން ހުއްޓާ ނަގާފައި ހުރި ފޮޓޯއަށް ބަަދަލުކޮށްފައެވެ.

އަދި އޭގެ ފަހުން އެތައް ހާސް އާއްމުންނެއް ވަނީ މި ޓްރެންޑާ އެއްގޮތަށް ގަމްޗާ ނޫނީ ތުވާލި މާސްކް އަޅަން ފަށައިފައެވެ. މި މާސްކް މަޝްހޫރުވެ މިފަދަ ތުވާލި ސްކާފަށް އޮތް ޑިމާންޑް އެތައް ގުނައެއް ހިއްލިގެން ދިޔައެވެ. އެހެންކަމުން އެ ތުވާލި ސްކާފް އުފައްދާ ކުންފުނިތަކުން ވަނީ އެތައް ހާސް ޝޯލް އެއް އިތުރަށް އުފައްދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ކޮބާތަ ޕީޕީއެމް ގެ ޓަޕެޓް މޯދީ ތުވާލި މާސްކްއަޅާފި ތިހުރިހާކުދިންވެސް ތުވާލި އަނދެގެން ނުކުމެދުވެބަލަ

    5
    13
  2. ކެނެރީ

    ވަރިހަމަ މޯދީ މާސްކަކަން ޖަގިޔަލެއް ބޭނުން ކުރިޔަސް މަށަން ކީން