ސުޝަންތް ސިންގ ރާޖްޕުތްގެ މަރާއި ގުޅިގެން ފެންމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލައިގެ ތެރޭގައި ސާރާ ޢަލީ ޚާން ހިމެނޭއިރު، އެކަމާއި މެދު އޭނާގެ ބައްޕަ ސައިފް އަލީ ޚާން އެއްވެސް އެއްޗެއް ނުކިޔާ މައްސަލަ އޮތީ ބޮޑުވެފައެވެ.

އަދި ސައިފްގެ މިހާރުގެ އަންހެނުން ކަރީނާ ކަޕޫރްއާއި ހަގު ދަރި ތައިމޫރުއާއި އެެކު ޗުއްޓީ ހޭދަކޮށްލަން ގޮސްފައި މި ވަނީ ހަމަ އެ ދުވަސް ވަރުއެވެ. އެކަމާއި ގިނަބަޔައެއްގެ ފާޑުކިޔުންތައް ސައިފަށް އަމާޒުވެގެން ދިޔައެވެ.

އެންމެ ފަހުން ދެކެވެމުންދާ އެ ވާހަކަތަކާއި ގުޅުވައިގެން އޭނާ ވަނީ، މީޑިއާއަކަށް އިންޓަވިއުއެއް ދީފައެވެ. ސައިފް ބުނީ އޭނާަގެ ދަރިންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށެވެ. އަދި ހުރިހާ ކުދިންނަށް ވެސް ހަމަހަމަކޮށް ކަންތައް ކޮށްދޭ ކަމަށް އޭނާ ބުންޏެވެ.

ސައިފް ބުނީ ތައިމޫރުއާއިއެކު ގިނަ ވަގުތު ހޭދަކުރި ނަމަވެސް ސާރާއާއި އިބުރާހިމްއާއި ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އޭނާ ދެކޭ ގޮތުގައި އޭނާގެ ތިން ދަރިންނަކީ ވެސް ތަފާތު އުމުރު ފުރައިގެ ކުދިންނަށްވުމުން ކޮންމެ ކުއްޖަކާއި ވެސް އޮންނަ ގުޅުން ތަފާތު ވާނެއެވެ.

ސައިފް ބުނީީ، އޭނާގެ ދޮށީ ފިރިހެން ދަރި އިބްރާހިމްއާއި ސާރާއާ ފޯނުން ގުޅައިގެން ވާހަކަދެކެވޭނެ ކަމަށާއި، ތަންތަނަށް ކައިލަން ދެވޭނެކަމަށެވެ. ނަމަވެސް ތައިމޫރުއާއި އެކު އެ ކަންކަން ނުކުރެވޭނެ ކަމަށެވެ.

ސާރާއާއި އިބުރާހިމް ދިރިއުޅެމުންދަނީ އެ މީހުންގެ މަންމަ އަމްރިތާ ސިންގ ގާތުގައި ނަމަވެސް އެ ދެ މީހުންނަށް ވެސް ދޭންޖެހޭ ލޯތްބާއި އަޅާލުމާއި ވަގުތު ދޭ ކަމަށް ސައިފު ފާހަގަކޮށްފައިވެއެވެ. އަދި އެއިން ކުއްޖަކު އޭނާއަށް ބޭނުންވެއްޖެ ހިނދެއްގައި އެކަމަކަށް އޭނާ އަބަދުވެސް ހުންނާނީ ތައްޔާރަކަމަށް ވެސް ސައިފު ބުނެފައިވެއެވެ.

މީޑިޔާތަކުން ސައިފުއާއި ސާރާގެ ގުޅުން ރަނގަޅު ނޫންކަމަށް ބުނަމުންދާ ބުނުންތަކަށް ރައްދުދެމުން ސައިފު ބުނެފައިވަނީ ސާރާ ކުރި ކަމަކުން ސައިފު ދެރަވެފައި ހުރި ނަމަ ތައިމޫރަށް އޭނާ އުފާކޮށް ނުދެވޭނެ ކަމަށެވެ.