އިންޑިޔާގެ ޖަޕަލްޕުރް އަވަށުގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ބުރަކައްޓަށް ޖަހާފައިހުރި ވަޅިޔާއި އެކު ޤާނޫނީ ސައްހަކަން ދެނެގަތުމަށް ފުލުސް އިދާރާގައި މަޑުކުރަން ޖެހިއްޖެ އެވެ. މިހާދިސާއާއި ގުޅިގެން އިންޑިޔާގެ މީސްމީޑިޔާ މެ ގިނަ ބަޔަކު ފުލުހުންނަށް ރުޅިވެރިން ފާޅުކުރަން އެބަ ދެއެވެ.

މަދްޔަ ޕްރަދޭޝްގެ ޖަބަލްޕުރް އަވަށުގައި ހިނގި މި މާރާމާރީ ހިނގަން މެދުވެރިވީ އަނިޔާ ލިބުނު މީހާ، ސޯނޫ އޭނާގެ އެކުވެރި ގޯލޫއާއި ދެމެދު ހިނގި ދެބަސްވުމެއްގައި މައްސަލަ ގޯސްވެ ގޯލޫ އަތުގައި އޮތް ވަޅިއެއް ސޯނޫ ގަޔަށް ޖަހައިގެންނެވެ. މި މާރާމާރީގައި ދެމީހުން ހަޅޭއްލަވާ އަޑަށް ގެގޭ މީހުންނާއި އަވައްޓެރިން އެތަނަށް ދިޔައިރު ގޯލޫ އެތަނުން ފިލާފައިވާކަމަށް މީޑިޔާ ރިޕޯޓު ކުރެއެވެ.

ސޯނޫގެ ބުރަކަށްޓަށް ވަޅި ހެރުމުން ގިނަ ޢަދަދަކަށް ލޭވެސް ފައިބައިފައިވާއިރު އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަކަށް ގެންދިއުމުގެ ކުރިން ބަޔާން ނެގުމަށް އިންޑިޔާގެ ގަރްހާ ފުލުސް ޢިދާރާއަށް އޭނާ ގެންގޮސްފައި ވެއެވެ. އެޤައުމުގެ މީޑިޔާއިން ރިޕޯޓުކުރާ ގޮތުގައި މިހާދިސާގައި ފުލުހުން ވިސްނާފައި ވަނީ އަނިޔާވި މީހާގެ ފުރާނައަށް ވުރެ ބޮޑަށް އޭނާގެ ބަޔާން ނެގުމަށެވެ.

ބަޔާން ނެގުމަށް ފަހު ސޯނޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާއިރު ސޯނޫގެ ބުރަކައްޓަށް ވަޅި ހަރާފައި އިން ފޮޓޯ މީސްމީޑިޔާގައި ދައުރުވެ އިންޑިޔާގެ ރައްޔިތުން ވަނީ އެޤައުމުގެ ފުލުހުން ހޫނު ފެނަށް ލާފަ އެވެ. އިންޑިޔާ އަކީ މިފަދަ ހާދިސާތައް ޢާންމުކޮށް ހިނގާ ޤައުމެކެވެ.

ފުރާނައަށް ވެސް ނުރައްކާ ވެދާނެ ފަދަ ޒަހަމެއް ލިބިފައިވާ މީހަކު ހޮސްޕިޓަލަށް ނުގެންގޮސް އޭނާ އެތައް އިރެއް ވަންދެން ފުލުހުންގެ އިދާރާގައި ބޭންދި މައްސަލައިގައި ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައި ވީނަމަވެސް ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު