ބޭނުންވާ ތަކެތި

15 އޯރިޔޯ ބިސްކޯދު (މުގުރާފައި)
2 މޭޒުމަތީ ސަމުސާ ބަޓަރ
85ގ ވައިޓް ޗޮކްލެޓް
250ގ ކްރީމް ޗީޒް
1/2 ޖޯޑު ހަކުރު
1 ސައިސަމުސާ ވެނީލާ އެސެންސް
2 ބިސް
1/4 ޖޯޑު ރާސްބެރީ ޖޭމް

ތައްޔާރު ކުރާނެ ގޮތް
ފުރަތަމަ 55ގ ވައިޓް ޗޮކްލެޓްއާއި ބާކީހުރިބައި ވަކިކޮށްފައި ގިރުވާށެވެ.

ދެން އޯރިޔޯއާއި ބަޓަރު އެއްކޮށްފައި ޓްރޭގެ ތިރީގައި ފަތުރާލާށެވެ.

އެއަށްފަހު ކްރީމް ޗީޒް، ހަކުރު އަދި އެސެންސް އެއްކުރާށެވެ. އަދި 55ގ ވައިޓް ޗޮކްލެޓް އަޅާ އެއްކޮށްލުމަށްފަހު ފަހަރަކު ބިހެއް ލަމުން ރީތިކޮށް ގިރުވާލާށެވެ. އަދި އޯރިޔޯ ބިސްކޯދު މަތީގައި ފަތުރާލާށެވެ.

ދެން 180 ޑިގްރީގައި 25 މިނެޓް ފިހެލާށެވެ. އަދި ހިހޫވުމުން ރާސްބެރީ ޖޭމް ހާކާފައި މައްޗަށް ބާކީހުރި ވައިޓް ޗޮކްލެޓް އަޅާށެވެ. ދެން ފިނިކޮށްގެން ސާވް ކުރާށެވެ.