މުޅި ދުނިޔޭގެ އެންމެ މުފޫޒުގަދަ ސެލެބްރެޓީ ޝެފް ގޯޑަން ރާމްސީގެ ގިނަ ރެސްޓޯރެންޓުތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރެއެވެ. އަމިއްޔަ ޔޫޓިއުބް ޗެނަލުންނާއި އާންމުންގެ ތެރޭގައި މަގުބޫލް އެތައް ޓީވީ ޗެނަލަކުން އޭނާގެ ކެއުންތައް ފެންނަ އިރު، ގިނަ ބަޔަކު އެ އެއްޗެއް ފެނި "ކުޅުދިޔައިވާނެ" އެއް ކެއުމަކީ ގޯޑަން ރާމްސީގެ ބާގާއެވެ.

އަލަށް ލަންޑަނުގައި ހުޅުވި ގޯޑަން ރާމްސީގެ ރެސްތޯރެންޓުގައި އޭނާގެ "ބީފް ޕެޓީ ވިތް ޝެއާޑް، ވޭގައު ސާލައަން، ޓްރަފަލް ޕެކަރީނޯ ޗީޒް، ކެޕް މަޔޮނައިޒް އެންޑް އެޑިޝަނަލް ބްލެކް ޓްރަފަލް" ނަމުން ނަން ދީފައިވާ ބާގާގެ އަގު ފެނި ގިނަ ބަޔަކު ވަނީ ހައިރާންކޮށްލާފައެވެ.

މި ބާގާ ލިބެން ހުރީ ދިވެހި ރުފިޔާގެ އަގުން ބަލާނަމަ 2،333 ރުފިޔާ އަށެވެ. އެއީ ގާތްގަނޑަކަށް 80 ޔޫރޯއެވެ. އިންޑިއާ ރުޕީސް އިން ބަލާނަމަ 7000 ރުޕީސް އެވެ.

"އިންޑިޕެންޑެންޓް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބާގާއަކީ އޭގެ އަގާއި އެއްވަރަށް ފުރިހަމަ އެހާމެ އަނގަޔަށް މީރު އަގުބޮޑު ކެއުމެކެވެ. ބާގާ އަކީ ގިނަބައެއްގެ މެދުގައި މަގުބޫލް ކެއުމެކެވެ.

ގޯޑަން ރާމްސީ ވަނީ އޭނާގެ އައު ރެސްޓޯރެންޓު މިހާރު ހުޅުވާފައިވާކަން މީސް މީޑިއާގައި ހާމަކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި މި ބާގާ އަކީ ބާގާއަކުން ފެންނަން މީހުން ބޭނުންވާނެ ހުރިހާ ސިފައެއް ފުރިހަމަ، ބާގާއެކެވެ.

ގޯޑަން ރާމްސީގެ އައު ރެސްޓޯޜެންޓުންގެ އަގުބޮޑު ބާގާ ކެއުމަށް ބޭނުންވާ ކަމަށް ގިނަ ބަޔަކު ވަނީ މީސް މީޑިއާގައި ބުނެފައެވެ. އޭނާގެ މެނޫގައި ހިމެނޭ ގިނަ ކެއުންތަކުގެ އަގު ވަރަށްވެސް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު