ސްވެޑަންގައި އަންހެނަކު އޭނާގެ ފިރިހެން ދަރިފުޅު ގޭގައި ބަންދުކޮށްގެން ގެންގުޅުނު މައްސަލައެއް މި ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ ފެންމަތިކޮށްފައިި ވަނީ އެ ފިރިހެން މީހާގެ އާއިލާ މީހެކެވެ.
އެ ފިރިހެން މީހާ ބަންދުކޮށްގެން ގެންގުޅެމުން ދިޔައީ އޭނާގެ އުމުރުން 70 އަހަރުގެ މަންމަ އެވެ.
ސްވެޑަންގެ ސްޓޮކްހޮލްމް ފުލުހުން ގެންދަނީ އެ އަންހެން މީހާ އޭނާގެ ފިރިހެން ދަރިފުޅު ބަންދުކޮށްގެން ގެންގުޅުނު މައްސަލަ ބަލަމުންނެވެ. 28 އަހަރު ވަންދެން ބަންދުކޮށްގެން އެ ފިރިހެން މީހާ ގެންގުޅެފައި ވަނީ އެޕާޓްމެންޓެއްގައެވެ.
ވަކީލާ އެމާ އޮލްސަން ބުނީ އެ މައްސަލާގައި އެ އަންހެން މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޮލްސަން ބުނީ، އެ ފިރިހެން މީހާއަށް މިހާރު 41 އަހަރުވެފައިވާ ކަަމަށާއި، އޭނާ ބަންދުކޮށްގެން ގެންގުޅުނު މައްސަލަ ކަމާއި ގުޅުން ހުރި ފަރާތްތަކުގެ ސަމާލުކަަމަށް ގެނެސްފައި ވަނީ އާއިލާ މީހަކު ކަަމަށްވެސް ބުންޏެވެ.
އޮލްސަން ބުނިގޮތުގައި، އެ އަންހެން މީހާ އޭނާއަށް ގޯސްކޮށް ކަމެއް ކުރި ކަން އެއްބަހެއް ނުވެއެވެ. އަދި މިހާރު އެ ފިރިހެން މީހާ ހުރީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ކަމަށާއި، އޭނާގެ ހަށިގަނޑަށް އަނިޔާތަކެއް ވެފައިވާ ކަމަށް ވެއެވެ.