އެޕަލް ކުންފުންޏާއި އެކު މިޒަމާނުގެ ޓެކްނޮލޮޖީއަށް އިންގިލާބީ ބަދަލުތަކެއް ގެނައި ސްޓީވް ޖޮބްސް މަރުވެގެން ދިޔަ ނަމަވެސް އޭނާގެ ވާހަކައެއް ނުނިމެއެވެ. ނަމަވެސް މިފަހަރު އަދި މިއޮތީ ސްޓީވް ޖޮބްސްގެ ވާހަކައެއް ނޫނެވެ. މިފަހަރު މިއޮތީ ސްޓީވް ޖޮބްސްގެ ހަތަރު ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅު ކަމަށްވާ އީވް ޖޮބްސްގެ ވާހަކައެވެ.

އީވް އަކީ ވެސް ޖޮބްސްގެ އެހެން ދަރިން ފަދައިން މާބޮޑަށް އާމުންގެ ތެރެއަށް ނިކުމެ، އޭނާގެ ބައްޕަ އަކީ ކާކުކަން އިސްތިހާރު ކޮށްގެން އުޅޭ މީހެއް ނޫނެވެ. އުމުރުން 22 އަހަރުގެ އީވް އަކީ އޭނާގެ އަމިއްލަ ދިރިއުޅުމައިގެން ވަރަށް އެކަހެރިކޮށް އުޅެމުން އަންނަ ޒުވާނެކެވެ.

މިހާރު ވެސް ސްޓީވް ޖޮބްސްގެ ހިއްސާ އޮތް ކުންފުނިތަކުން ސްޓީވް ޖޮބްސްގެ ދަރިންނަށް އެތައް ބިލިއަން ޑޮލަރެއްގެ ފައިސާ ކޮންމެ އަހަރަކު ލިބެމުން ދެއެވެ. ނަމަވެސް އީވް ޖޮބްސް މިވަނީ މޮޑެލް ކުރަން ފަށާފައެވެ. "ޔޫފޯރީ" ނަމަކަށް ކިޔާ ސީރީސްގެ ދަރިންނާއި އެކު އީވް ޖޮބްސްގެ ކުރިއަށް ގެންދާ ޕްރޮޖެކްޓެއްގައި އޭނާ ވަނީ މޮޑެލްކޮށް ދެފޮޓޯއެއް މިހާރު އާއްމު ކޮށްފައެވެ.

ލިޕްސްޓިކެއްގެ އިސްތިހާރަށް ދެފޮޓޯ ވެސް ނަގާފައި ވަނީ ބާތު ޓަބެއްގެ ތެރޭގައެވެ.

 

View this post on Instagram

 

A post shared by Eve Jobs (@evecjobs)

އަސް ދުއްވުމަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަ އީވް އަކީ ކުޅިވަރެއްގެ ގޮތުގައި އަސް ދުއްވާ ޒުވާނެކެވެ. އޭނާގެ އިންސްޓަގްރާމްގައި ވެސް އަސްދުއްވާ ފޮޓޯތައް ވަރަށް ގިނައިން ޕޯސްޓް ކުރެއެވެ.

ސްޓީވް ޖޮބްސްގެ އާއިލާގެ މިލްކިއްޔާތުގައި މިހާރު ވެސް 20 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް މީޑިއާތަކުން ލަފާކުރެއެވެ.

ސްޓީވް ޖޮބްސްގެ އާއިލާ އެއްވެސް މެންބަރަކު އޭނާގެ ވިޔަފާރީގައި އަމަލީ ގޮތުން ބައިވެރިއެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަންނި

    ޔެސް ތީ މޮޑެލް ކުރުމަކީ އަދި ތިޔަ ހަށިގަނޑު ހާމަޔައް ދައްކާލާފަ ހުރިނަމަ ވަރަށް ފުރިހަމަވީސް ، އަޅުގަނޑުމެންގެ ވެރިކަމެއްގާ މޮޑެލް ކުރާ ކުދިންނައް އެކަމުގަ ކުރިޔައް ދިއުމުގެ ފުރިސަތު އޮންނާނެ.

    9
    12
    • ޔާގުންޑޭ

      ސަޅި ސަޅި..
      މަށަށް ހެޔޮ އަން ކިޔައިފިއްޔާ އަގު ކިޔަސް ނުކިޔަސް

  2. 😅

    މަންޖެ ލައްވާ ޝައިތާން ކުޅުވާފަ ހުރި ޖޯކް ކުޑަކޮށް ތަފާތުކޮށް