މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް މުހިންމު ބައެއް ކަންތައްތަކަކީ މަސައްކަތުގެ ގަޑި އާއި، މަސައްކަތުގެ މިންވަރާއި، މަސައްކަތުގެ މާހައުލެވެ. ނަމަވެސް އެންމެ މުހިންމު ކަމަކީ ކުރާ މަސައްކަތް ވެރިން ބަލައިގަނެ އެކަމަށް ތައުރީފު ކުރުމެވެ.

މުވައްޒަފުންގެ މަސައްކަތް ބަލައިގަތުމަކީ މުވައްޒަފުންނަށް ލިބޭ އިތުރު ހިތްވަރެކެވެ. އަދި ވެރިންނާއި މުވައްޒަފުންގެ ދެމެދުގައި އޮންނަ ގުޅުން ވެސް ރަނގަޅު ވާނެ ކަމެކެވެ.

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި މުވައްޒަފުންގެ މަސައްކަތް ބަލައިގަންނަ ފަދައިން ވެރިންގެ މަސައްކަތް ވެސް ބަލައިގަނެ ތައުރީފު ކުރުމަކީ ވެސް މުހިންމު ކަމެކެވެ.

ޕްރޮފެސަރު މަޔުރީން އެމްބްރޯސްގެ މި ދިރާސާ ކުރުމަށް ވަނީ ބައެއް ތަންތަނުގެ ވެރިންނާއެކު މަސައްކަތް ކޮށްފައެވެ. އަދި މަސައްކަތުގެ މާހައުލުގެ ތެރޭގައި އެ މީހުންގެ އަގު ވަޒަން ކުރުމުން އެމީހުންގެ އިހުސާސްތައް ވަނީ ދިރާސާކޮށްފައެވެ.

ދިހަ ދުވަހުގެ މުއްދަތަކަށް ކުރިއަށް ދިޔަ މި ދިރާސާގައި ވެރިން ފެންވަރުގެ މީހުން މަސައްކަތު މާހައުލުގައި ކުރެވޭ އިހްސާސްތައް ވަނީ ދުވާލަކު ދެ ފަހަރަށް އެނެލައިޒް ކުރެވިފައެވެ.

ދިރާސާގައި ބައިވެރިވެ ކޮންމެ ފަރާތަކުން ވެސް ބަލާފައިވަނީ މަސައްކަތުގެ މާހައުލުގައި އުޅޭއިރު މުވައްޒަފުންގެ ފަރާތުން ލިބޭ ތައުރީފުގެ ބަސްތަކާއި މަސައްކަތް ބަލައިގަތުމުން ކުރެވޭ އިހުސާސްތަކާއި އޭގެ ސަބަބުން އެމީހުންގެ މަސައްކަތް ކުރުމަށް އަންނަ ބަދަލެވެ.

ވެރިންގެ މަސައްކަތް މުވައްޒަފުންގެ ބަލައިގަނެ ތައުރީފު ކޮށްފައިވާ ވެރިންނާ މަސައްކަތް ބަލައިނުގަންނަ ވެރިންގެ މަސައްކަތް ކުރުމުގައި ވެސް ވަރަށް ބޮޑަށް ތަފާތު ހުންނަ ކަމަށް މި ދިރާސާއިން ދައްކައެވެ.

މަސައްކަތުގެ މާހައުލުގައި ހިތްހަމަޖެހިގެން މަސައްކަތް ކުރުމަށް ވެރިންނާއި މުވައްޒަފުންވެސް އެއްބަޔަކު އަނެއް ބަޔަކު ކުރާ މަސައްކަތްތައް ބަލައިގަނެ ތައުރީފު ކުރުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފައްޔާޒު

    މި ރާއްޖޭގެ ވެރިންނަކަށް ތިކަމެއް ހައްގެއްނޫން.