އުމުރުން 28 އަހަރުގެ ޑޭލް އެމްސީލާފްލަން މި ވަނީ ލޯބިވެރިޔާއަށްޓަކައި ޖެޓްސްކީގައި ދިގު ދަތުރެއްކޮށްފައެވެ. ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި އޭނާ ކުރި އެ ދަތުރު ވެގެން ދިޔައީ ކާމިޔާބު ދަތުރަކަށް ނަމަވެސް، އޭނާ ހައްުޔަރު ކޮށްފިއެވެ.

ސްކޮޓްލޭންޑްގެ ވިތޯން އިން އައިރިޝް ކަނޑު ހުރަސްކޮށް އޭނާ ދިޔައީ އައިލް އޮފް މޭންގެ ރަމްސޭ އަށެވެ.

ބީބީސީން ބުނާގޮތުގައި، އޭނާ ލޯބިވެރިޔާ ކައިރިއަށް ކުރި ދަތުރު ދިގެވެ. ހަތަރު ގަޑިއިރާއި 30 މިނިޓު އެ ދަތުރަށް ހޭދަވިއިރު، ލޯބިވެރިޔާއާ ބައްދަލު ކުރަން އޭނާ 25 ކިލޯމީޓަރަށް ވަނީ ހިނގާފައެވެ.

އެެހެން ނަމަވެސް އޭނާ ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރި ފިޔަވަޅުތަކަށް ބޯ ނުލެނބުމުންނެވެ.

އައިލް އޮފް މޭންގެ އާ ގާނޫނުގައި ބުނާގޮތުގައި، އެ ސްޓޭޓްއަށް ނިސްބަތްވާ ނުވާ މީހުން އެ ސްޓޭޓްއަށް އެތެރެވާނަމަ ހާއްސަ ހުއްދައެއް އޮންނަން ޖެހެއެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޑޭލް އެރަށުގައި މަސައްކަތް ކުރަން ހަތަރު މަހުގެ ހުއްދައެއް ލިބުނު ނަމަވެސް، ފަހުން އެ ހުއްދަ ނުލިބުނެވެ. އެހެންވެ އޭނާ ބޭނުންވީ ލޯބިވެރިޔާ ކައިރިއަށް ޖެޓްސްކީގައި ދިއުމަށެވެ.

މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގައި ބައެއް މީހުން ހައްޔަރުވެސް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު