ބޮލީވުޑުގެ ގިނަ ބަޔަކާއި ދެކޮޅަށް ވާހަކަ ދައްކަމުންދާ ކަގްނާ ރަނައުތްއާ ހެދި ގިނަބަޔަކު މި ވަނީ ހުޅުފަޅައިގެން ގޮސްފައެވެ. އޭނާ ދައްކާ ވާހަކަތަކާއި މެދު ލައްކަ ބަޔަކު ހިތްހަމަ ނުޖެހެއެވެ. އަދި އޭނާ ދައްކާ ވާހަކަތަކަށް ރައްދުދޭ އެތައް ބަޔަކުވެސް އެބަ ތިއްބެވެ. އެގޮތުން ކަންގަނާ ދައްކާ ވާހަކަތަކާއި ބެހޭގޮތުން އެކްޓަރ ސްވަރާ ބަސްކަރް ވަނީ މޮޅު އާޓިސްޓަކީ ރަނގަޅު އިންސާނަކަށްވާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ.

ކަގްނާގެ ވާހަކަތަކަށް އަމާޒުކޮށް މިހެން ބުނި ނަމަވެސް ސްވަރާ ބުނެފައިވަނީ އެ ބުނުން ހާއްސަ ކޮށްފައި އެވަނީ ކަންގަނާއަށް ނޫންކަމަށެވެ.

''މިއީ އަހަރެމެންނަށް ވަރަށް ގިނައިން ހެދޭ ގޯހެއް. ފިލުމުތަކުގައި ރަނގަޅު މީހެއްގެ ރޯލުތަކުން ފެންނަ މީހުންނާއި މޮޅަށް އެކްޓް ކުރާ މީހުންނަނީ އެ މީހުންގެ އަސްލު ދިރިއުޅުމުގައި ވެސް އެހާ ރަނގަޅު ބައެއް ކަމަށް ގަބޫލު ކުރެވޭ. ނޫން. ފިލުމުތަކުގައި ރަނގަޅު މީހުންގެ ރޯލުން ފެންނަ ކޮންމެ މީހަކީ އަސްލު ދިރިއުޅުމުގައި ވެސް އެހާ ރަނގަޅު މީހުނެއް ނޫން. ފިލުމުތަކުގައި ދައްކުވައިދޭ ޝަހުސިއްޔަތަކީ ކޮންމެ އެކްޓަރެއްގެ ކިބައިގައި ހުންނަ ސިފައެއް ނޫން'' ސްވަރާ ބުނެފައިވެއެވެ.

''މި ގަބޫލު ކުރުމަކީ ހަގީގަތެއް ނޫން. އެހެން ދާއިރާތަކެކޭ އެއްފަދައިން އެކްޓު ކުރުމަކީ ވެސް ދާއިރާއެއް. ޑޮކްޓަރެއް، އިންޖިނިއަރެއް ނުވަތަ ޓީޗަރެއް އޭނާގެ ވަޒީފާގައި ރަނގަޅަށް މަސައްކަތް ކުރުމުން އޭގެ މާނައަކީ އޭނާއަކީ ރަނގަޅު މީހެއް ނޫން. ޚުދު އަހަރެންނަކީ ވެސް ވަރަށް މަޝްހޫރު ލިޔުންތެރިއެއްގެ ސަޕޯޓަރެއް. ނަމަވެސް އޭނާއާއި ދިމާވުމަށްފަހު އަހަރެންނަށް އެނގުނު އެއަށް ވުރެ ގޮތެއްނެތް މީހަކާ އަދި އަހަރެން ދިމާނުވާ ކަން. ކުރާ މަސައްކަތުން ތިމާއަކީ ކޮންކަހަލަ މީހެއްކަން ކަނޑައެއް ނޭޅޭނެ'' ސްވަރާ ބުނެފައިވެއެވެ.

މިހާރު ކަންގަނާއަށް ދަނީ އެތައް ބައެއްގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އުރުމިލާއާއި ސްވަރާއާއި ތާޕްސީއާ ބެހޭގޮތުން އޭނާ ވަނީ ވާހަކަ ދައްކާފައެވެ. އެކަމަށް ވަނީ އެތައް ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ މީހާ

    ދޮންކަނބުލޮ އަވަހަށް ކޮޗިން ފެރީގައި ރާއްޖެ އާދޭ ތިތަނުގައި ހުންނާނެ ކަމެއްނެތް ރާއްޖޭގައިހުރެގެން ފިލްމު ކުޅޭނީ އަދި ރާއްޖޭން މީހަކާ އިނދެގެން ދިރިއުޅުން ކުރިޔަށް ގެންދާނީ މޯދީބޭބެ ވެސް އޮތީ ބުނެފައި ރާއްޖޭގެ އަންހެނުންނާއި އިންޑިއާ ފިރިހެނުން އިންޑިއާ އަންހެނުންނާއި ދިވެހި ފިރިހެނުން އިންނާށޯ