މިހާރު ދިވެހިންގެ ތެރޭގައި އެންމެ ބޮޑަށް ދެކެވެމުން ދަނީ ރެދަންގެ ވާހަކައެކެވެ. އޭގެ ފޮޓޯތައް މީސް މީޑިގައި ވަކި ހިއްޕާލައިފިއެވެ. އެއީ ވަރަށް މަދުން ނޫނީ ބައެއް ރަށްތަކުން ފެންނަ މަންޒަރެއް ނޫނެވެ. މިފަހަރު އެންމެ ފުރަތަމަ ރެދަން ދިއްލާލީ ހުޅުމާލޭ އަތިރިމަތީގައެވެ. އޭގެ ޗާލުކަން މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފެނިއްޖެ އެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ރެދަން ލުމުން މީގެ ކުރިން އެކަން ދުނިޔޭގެ ސަމާލުކަމަށް ވެސް އައިސްފައި ވެއެވެ.

މިގޮތަށް އެންމެ ބޮޑަށް އާއްމުުންގެ ސަމާލުކަން ލިބިގެން ދިޔައީ، ބ. މުއްދޫ (ދުސިތު ތާނީ) ރިސޯޓްގައި ހަނީމޫން ހޭދަކުރި ޓައިވާންގެ ފޮޓޯފްރާފަރެއް ކަމަށްވާ ވިލިއަމް ހޯ ނެގި ފޮޓޯތަކެއް އޭނާ އާއްމު ކުރުމުންނެވެ.

މިފަހަރު އެ ވާހަކަ ބާއްވާށެވެ. މިހާރު މީސް މީޑިއާގައި ދަައުރުވަމުން ދަނީ މޫދުގައި ރެދަން ލާފައިވާ މަންޒަރުތަކުގެ ފޮޓޯތަކެއް ނޫނެވެ. މަގުމަތީގައި އާއި ގޭގެ އެކި ތަންތަނުގައި އާއި، ތަށިތައްޓާއި، ފާހަނަތަށީގައިވެސް ރެދަން ލާފައި ހުރި މަންޒަރުތަކެވެ.

އާއްމުކޮށް ދިވެހިންނަކީ މީމްސްއަށް ލޯބި ކުރާ ބައެކެވެ. މީމްސް އިން މުޅި މީސް މީޑިއާ ފުރާލާއިރު، ރެދަންއަށް މީމްސް ހަދާ މީސް މީޑިއާގައި ދައުރުކުރަނީ އެވެ.

މީގެ ތެރެއިން ބައެއް މީހުން އާއްމު ކުރި ފޮޓޯތަކުގައި ވަނީ ރެދަން ކަމަށް ބުނެ، އަމިއްލައަށް ކުރެހުން ގަޑެއް ކުރަހާފައިވާ ފޮޓޯތަކެވެ.

އާންމުކޮށް މި ފެންނަ ރެދަނުގެ އަސްލަކީ ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސް އެވެ. މިއީ އެހެން އެއްޗެއްގައި ޖެހުމާ އެކު ދިއްލޭ އެއްޗަކަށް ވިޔަސް، އެއީ ސިކުންތެއްހާއިރުގެ ދިއްލުމަކަށް ފަހު ނިވޭނެ އެވެ. ރާޅު ޖަހާއިރު ނުވަތަ މޫދުގައި އަތުން ޖެހުމުން ވެސް ހިނދުކޮޅަކަށް ދިއްލިދާނެ އެވެ. މިއީ "ފަޔަފްލައި އިފެކްޓް" އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮލޯއޫ

    މަގޭއަށްވެސް ތިފެނުނު

  2. އަންނި

    އަހަރެންގޭގަ ތިޔައީ ހައްދާ ތިޔާގި ކޮއްފަ ހުރި އެއްޗެއް.