ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަކީ ރާއްޖޭގެ ނިސްބަތުން ބަލާނަމަ ކުޑަ އިންޑަސްޓްރީ އެއް ނޫނެވެ. އެތައް އަހަރުތަކެއް ވެފައިވާ ދިވެހި ފިލްމު އިންޑަސްޓްރީގައި އެކި ރަހަތަކުގެ ފިލްމުތައް ގެނެސްދީފައިވާއިރު ފިލްމު އިންޑަސްޓްރީގައި އެތައް އަހަރުތަކެއް ވެފައި ތިބި ފަންނާނުންވެސް އެބަ ތިއްބެވެ.

އޭގެ ތެރެއިން ބައެއް ފަންނާނުންގެ ފިލްމުތައް މިހާރު ނުފެންނަ އިރު ބައެއް ފަންނާނުން ވަނީ އެ އިންޑަސްޓްރީ އާއި އެއްކޮށް ދުރަށް ގޮސްފަ އެވެ. އެގޮތުން ފިލްމު އިންޑަސްޓްރީ އާއި އެއްކޮށް ދުރަށް ގޮސްފައިވާ އެއް ފަންނާނަކީ ފޮޓޯއިން ފެންނަން ހުރި ފަންނާނެވެ. އެއީ އެންމެން ދަންނަ ނިއުމާ މުހައްމަދެވެ.

ދިވެހީންގެ ހިތުގައި ޖާގަ ހޯދާފައިވާ އެތަކެއް ފިލްމެއް ގެނެސްދީފައިވާ ނިއުމާ ވަނީ 20 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކޮށްފައި އެވެ. ނިއުމާ އަކީ ދިވެހި ފިލްމީ ބަތަލާ އަކަށްވާއިރު އޭނާވަނީ ދިވެހި އެތަކެއް ވީޑިޔޯ ލަވަތަކާއި، ޑްރާމާ ސިލްސިލާ، ޓީވީ ޑްރާމާ، ކުރު ފިލްމް އަދި ފީޗަރ ފިލްމް ތަކުގައި ހަރަކާތްތެރި ވެފައެވެ.

ގދ.ވާދޫ އަށް އުފަން ނިއުމާ އުފަންވެފައި ވަނީ 1978 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 20 ގައި އެވެ. ފިލްމާ ދާއިރާގައި އެންމެ ދުވަސްވީ އެއް ފަންނާނުންގެ ތެރޭގައި ހިމެނޭ ނިއުނާ އެންމެ ފުރަތަމަ ކުޅެފައިވާ ފިލްމަކީ ޑްރާމާ ސިލްސިލާ ހިތި ތަޖުރިބާ އިންނެވެ. ނިއުމާ ބުނީ އޭނާއަށް އެންމެ ކަމުދާ ފިލްމަކަށް ކުޅެވުނު ފިލްމަކީ ޔޫސުފް ކަމަށެވެ. އެ ފިލްމަކީ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަދި ވާހަކަ ލިއުންތެރިޔާ ފާތިމަތު ނަހުލާގެ ފިލްމެކެވެ.

ނިއުމާ އަތް ލިބިފައިވާ ބައެއް އެވޯޑުތައް
ބެސްޓް އެކްޓްރެސް - އާފަތިސް އެވޯޑް 1997
ބެސްޓް އެކްޓްރެސް - އާފަތިސް އެވޯޑް 1998
ބެސްޓް ޕާރފޯމަރ އޮފް ދަ ޔިއަރ - އާފަތިސް އެވޯޑް 1998
ބެސްޓް ޑާންސަރ - އާފަތިސް އެވޯޑް 1998

ނިއުމާ ފިލްމީ ދާއިރާގައި އެކި ވައްތަރުތަކުގެ އެކި ޒާތްޒާތުގެ ފިލްމަތައް ކުޅެފައިވެއެވެ. ބިރުވެރި، މަޖާ، ސިޔާސީ އަދި ލޯބީގެ އާއި ހިތާމަވެރި އެތައް ފިލްމެއް ކުޅެފައި ވެއެވެ. އޭނާ ފެނިގެންދިޔަ ބައެއް ފިލްމުތަކުގެ ތެރޭގައި ކަލާޔާނުލާ، ޔޫސުފް، ފަހު ޞަފުހާ، ހިތް ރޮތްވާނުލާ، ހެޕީ ބާތުޑޭ، ފަތިސްހަނދުވަރު، ނިޢުމާ، މާފެއް ނެތް، ދިންވޭނުގެ ހިތާމައިގައި، ސިޔާސީ ވެކްސިން، މުހަންމާ ގާޑިޔާ، ހިޔަނި އަދި ގިނިހިލަ ހިމެނެއެެވެ.

ނިއުމާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ފިލްމް ނިވައިރޯޅިންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހުސޭނުބޭ

    ކޮންމެވެސް ކޯޓެއް ކައިރީގައިވެސް ވަރަށް މުހިއްމު އެވޯޑެއް ނިޢުމާއަށް އަދި ސީޒަނަށް ދިން! އެ އެވޯޑްގެ ވާހަކަވެސް ލިޔެލިނަމަ

    91
    8
  2. ނިއުމާ

    މަ ފޭސްބުކް އަށް މަގޭ ފޮޓޯއެށް ލާއިރަށް ކަލޭމެން ވާނެ އެ ނަގައިގެން ހަބަރު ލިޔަން.

    51
    4
  3. ައަހަރެން

    ތީ ޔޫއްޕެ ކަން ޔަގީން

    47
    4
  4. ހުސޭނުބޭދަރި

    ހުސޭނުބޭ އަކީ ތެދު އަލިފެއް. ހުދު ފޮތިކޮޅެއް. ބިތުފަންގި ނަގަންދެން. ލޮލް

    18
    9
  5. ހަސަންބެ

    ތިޔައީ ކާޖަލް.

    17
    3
  6. ޔޫސުފް

    މަ މިހުރީ މިތާގައި

    11
    2
  7. ކކކ

    ތީ ހޯރަފުށީ ދޮންރިހަ ސަލީމު.

    21
    1
  8. ސަރީޙަ ބަސް

    ނޭނގެ އެނގޭކަށް ބޭނުމެއް ވެސް ނޫން. އެނގުނަަސް ސިޔަރަތު ހުތުރު މީހުންގެ ދިރިއުޅުމަކީ އޭގާ އެއްވެސް ޢިބުރަތެއް ހުރި އެއްޗެއް ނޫންް.

    43
    1
  9. ބޯގޯސް

    ތިޔައީ ކައުރީތާ

  10. އާސިދާ

    ތިޔައީ ބޮޑުވަރު

    5
    3
  11. ޑޮންޑޮން

    މަށަށް ހީވަނީ ޗިޅިޔާހެން....

    13
    4
  12. ސިރީ

    އެގޭ ތީ ފޮނިމާ

    6
    3
  13. އެމަންޖެ

    ތިޔައީ ކެނެރީގޭ ނަސީދު.

    10
    2