އިންޑިއާގައި ޖެނުއަރީ އެއް ވަނަ ދުވަހު 60،000 އެއްހާ ކުދިން ވިހައިފިއެވެ. މިއީ އާ އަހަރު ދުވަހު އެންމެ ގިނަ ކުދިން ވިހެއި ގައުމެވެ. އެހެން ނަމަވެސް މިއީ 2020 ވަނަ އަހަރާއި އަޅާ ބަލާއިރު، 7،390 ދަށްވުމެކެވެ.
ޔުނިސެފްގެ އެސްޓިމޭޓުން ދައްކާގޮތުގައި، ޖެނުއަރީ އެއް ވަނަ ދުވަހު އިންޑިއާ ޖެހިގެން ދެން އެންމެ ގިނަ ކުދިން ވިހާފައި ވަނީ ޗައިނާ އިންނެވެ.އެ ގައުމުން އިއްޔެ އެކަނި 35،615 ކުދިން ވިހާފައި ވެއެވެ.
އަދި ޖެނުއަރީ އެއް ވަނަ ދުވަހު މުޅި ދުނިޔެއިން 3،71،504 ކުދިން ވިހާފައިވާ ކަމަށް ދުނިޔޭގެ އެސްޓިމޭޓުން ދައްކައެވެ. މީގެ ތެރެއިން 52% ކުދިން ވިހާފައި ވަނީ 10 ގައުމަކުންނެވެ.
އެ 10 ގައުމަށް ބަލާއިރު
އިންޑިއާ: 59,995
ޗައިނާ: 35,615
ނައިޖީރިއާ: 21,439
ޕާކިސްތާން: 14,161
އިންޑޮނޭޝިއާ: 12,336
އިތިއޮޕިއާ: 12,336
އެމެރިކާ: 10,312
މިސްރު: 10,312
ބަންގްލަދޭޝް: 9,236
ކޮންގޯ: 8,640
އަދި މި އަހަރު މިހާތަނަށް 140 މިލިއަން ކުދިން ވިހާނެ ކަަމަށް ބެލެވޭ ކަމަށް ޔުނިސެފުން ބުނެއެވެ.
ދިވެހިންނަށް 60 ހާސް ވަޒީފާ ގެއްލެން އެއުޅެނީ.
ކަލޭ ތިވިސްނަނި 60000 ވަޒީފާ އެއްކޮއް އަދާކުރަން؟
އެހެން މީހުންނަށް އެއްވެސް އިހުސާންތެރި ކަމެއް ނުހުރޭދޯ