މިހާރު މީސް މީޑިއާގައި ވަކި ހިއްޕާލާަފައިވާ ވީޑިއޯއަކުން ފެނިގެން ދަނީ ކާޅެއް ފެންފުޅިއަކުން ފެންބޯ މަންޒަރެެވެ. މިއީ މަދުން ނޫނީ ނުފެންނަ މަންޒަރެވެ.
މި ވީޑިއޯއިން ފެނިގެން ދަނީ ކާޅެއް ބިންމަތީގައި ހުރި ފެންފުޅިއެއްގެ ތެރެއަށް ކަލެއް އެއްލާލުމަށްފަހު، އޭގެން ފެންބޯ މަންޒަރެވެ.
މި ވީޑިއޯއިން ފުރަތަމަ ފެނިގެން ދަނީ، އޭތީގެ ތުންފަތުން ބިން މަތިން، ގަލެއް ނަގާ މަންޒަރެވެ. އެއީ އޭތި ފެންބޯންވެގެން ޖައްސާ މޮޅު ސްޓަންޓެކެވެ. ދެން ފެނިގެން ދަނީ އޭތި ފެންބޯ މަންޒަރެވެ.
Like crows and other corvids, magpies are exceptionally intelligent birds, with cognitive abilities rivalling those of primates. Here, a magpie uses water displacement to get a drink, showing an apparent understanding of cause and effect relationships. https://t.co/RI14jLPImF pic.twitter.com/Wbu0vKyzPq
— Steve Stewart-Williams (@SteveStuWill) November 15, 2020
އެ ދޫންޏަކީ ކާޅުގެ ވައްތަރެއް ކަމަށް ވެއެވެ. އަދި އެއީ ވަރަށް ވިސްނުން ތޫނު ދޫންޏެއް ކަމަށްވެސް ވެއެެވެ.
އެ ދޫނި މަސައްކަތް ކުރަމުން ގޮސްފައި ވަނީ، އެ ގާކޮޅު ފެނު ތެރެއަށް އެއްލާުލުމުން، ފެން މައްޗަށް އަރާނެ ކަމަށް ބަލައެވެ. އޭތީ ބޭނުންވި ގޮތަށް ކަންވިއެވެ.
މި ވީޑިއޯއަކީ ރެޑިޓްގައި އާއްމު ކުރި ވީޑިއޯއެއް ކަމަށް ވެއެވެ. އެހެން ނަމަވެސް މިހާރު އެ ވީޑިއޯ ޓްވިޓާގައިވެސް ވަނީ އާއްމުކޮށްފައެވެ.
އެއީ ކާޅެއްނޫން، ޓުވީޓްގައި އިންހެން އެއީ 'މެގްޕައި' magpie ކިއާ ދޫންޏެއް
ވީޑިއޯ ރަގަޅަށް ބަލާލުމުން އެނގެނީ އެއީ ކާޅެއް ނޫންކަމެވެ. ކާޅާ ވައްތަރު ގޮތެއް ހުއްޓަސް އޭގެ ހިނގުމާއި ފަތްތަކުގެ އެކުލެވިގެންވާ ކުރެހުންތަކުން އެއީ ކާޅެއްނޫންކަން އެނގެއެވެ. ނަމަވެސް ވަރަށް ބުއްދިވެރި އެވެ.
" ބުއްދިވެރި ކާޅު " ގެ ނަމުގައި ތިޔަވާހަކަ ޖީލުލްއުސްތާޛް މުޙައްދު ޖަމީލު ވަނީ މީގެ އެތައްއަހަރެއްކުރިން '' ކުޑަކުދިންގެ ބަގީޗާ ކިޔާ ވާހަކަ ފޮތުގައި ގެނަސްދެއްވާފައެވެ މިހާރުގެ ކުދިންނަށް ފަހަރުގައި އެކަން ނޭގި އޮވެދާނެއެވެ