މީގެ 23 އަހަރު ކުރިން ކުރި ވައްކަމާއި ގުޅިގެން އިންޑިއާ މީހަކު ޖަލަށް ލުމަށް އިންޑިއާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
އިންޑިއާގެ އިންޑޯރް ކޯޓަކުން އެ ސިޓީއަށް ނިސްބަތްވާ މީހަކު އެއް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮސްފައި ވަނީ މީގެ 23 އަހަރު ކުރިން ފިހާރައަކުން ދެ ފަންކާ ވަގަށް ނެގި މައްސަލައަކާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބުޕެންދަރް އާރްޔާ ނަމަކަށް ކިޔާ ގާޒީ ވަނީ ފެބުރުއަރީ މަހުގެ ދެ ވަނަ ދުވަހު 55 އަހަރުގެ ޝަންކަރަށް 1000 ރުޕީސްއިން ޖޫރިމާނާކޮށް އެެއް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. މިމައްސަލާގައި ފަސް މީހުން ކޯޓަށް ބަޔާން ދީފައި ވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ޝަންކަރު އެއްޗިއްސާއެކީ ހައްޔަރު ކޮށްފައިވަނީ 1998 ވަނަ އަހަރު މާޗް މަހުގެ 23 ވަނަ ދުވަހުގައެވެ.
މި ހާދިސާ ހިނގާފައިވަނީ ކޮޓްވާލި ސިފައިންގެ މަރުކަޒު ހުންނަ ސަރަހައްދުގައެވެ. އޭނާ އެ ފަހަރު ހައްޔަރު ކޮށްފައި ވަނީ، އެ ސަރަހައްދު ބަލަހައްޓަން ހުރި ސެކިއުރިޓީގެ ހުށިޔާރުކަމުންނެވެ. އެހެން ނަމަވެސް އޭނާ ވަނީ ހައްޔަރުކޮށްފައި ވަނިކޮށް ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމުން އުޅުނީ ފިލައިގެންނެވެ.އެހެންވެ އެއިރު އޭނާގެ މައްޗަށް ހުކުމް އިއްވުން އޮތީ ލަސްވެފައެވެ.
އޭނާގެ އަތުން އަތުލެވިފައިވާ މި ދެ ފަންކާގެ އަގަކީ ގާތްގަނޑަކަށް 500 ރުޕީސްއެވެ.
އުމުރު ދެބައިވެގެން ގޮސްފައިވަނިކޮށް ޝަންކަރަށް އެއް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް އިއްވަން ޖެހިފައިވަނީ 1998 ގައި އޭނާ ފިލައިގެން ގޮސްފައިވުމުގެ ސަބަބުންނެވެ.
ސައްތައިން ސައްތަ މުސްލިމުން ކަމަށް ދަޢުވާކުރާ މި ދިވެހިރާއްޖޭގައި ދާދި މިދާކަށް ދުވަހު ފެނިގެން ދިޔައީ ސްކޫލަށް ދަނިކޮށް ކަޑްނެޕްކޮށް، ގަދަދަކަމުން މަސްތުވާތަކެތި ދީގެން ޖިންސީ ޝަކާރައަކަށް ހެދި ކުޑަ ކުއްޖަކަށް އިންސާފް ނުލިބި، ކުއްވެރިން މިނިވަންވީތަން، ގިނަ ދުވަސްވެގެން ކަމަށް ބުނެ ކޯޓުން މައްސަލަ ބޭރުކޮށްލުމާއި ގުޅިގެން. މަހުޝަރު ދުވަހުން ގިނަދިވަސްވެފައިވާ ކުދި ބޮޑު ޢަމަލުތަކުގެ ޙައްޤު ޖަޒާ ލިބޭނެކަން ކަށަވަރު
އަނެއްކާ އިހަކަށް ދުވަހު ހިލްޓަން ރިސޯޓްގެ މައްސަލަވެސް ބޭރުކޮށްލައިފި، ހަމަ ގިނަދުވަސްވެގެން ކަމަށް ބުނެފަ