ޖިއޯޖިއާގައި އުމުރުން އެންމެ ދެ އަހަރުގެ އެއްމާބަނޑު ތިން ކުދިންނަށް، އެ މީހުންގެ ކޮޓަރީ ތެރެެއިން ޖިންނިއެއް ކަހަލަ އެއްޗެއް ފެނުނީ އެވެ. އެ ކުދިންނަށް އެ ޖިންނި ފެނުނު އެ ކުދިން އެ ޖިންނިއާ ވާހަކަދެއްކީކަމަށް އެ ކުދިންގެ މަންމަ އުމުރުން 25 އަހަރުގެ ކައިޓްލިން ނިކޮލަސް ބުންޏެވެ.

ނިކޮލަސް ބުނީ، ޖެނުއަރީ 26 ވަނަ ދުވަހު އެ މީހުންގެ ގޭގައި، ޕްރެސްލޭ، މިލޭ އަދި ހޭ، އާ ތިން މީހުން ބާރަށް އަޑުގަދަކޮށް ހަޅޭލަވާ އަޑުއިވުނު ކަމަށެވެ.

އަދި އޭނާ ބޭބީ މޮނީޓަރއަށް ބެލިއިރު، ކުދިން ވާހަކަދައްކަމުން ދިޔައީ ނުފެންނަ އެއްޗަކާއި ކަމަށް އޭނާ އަށް ފެނުނު ކަމަށް ބުންޏެވެ.

ނިކޮލަސް ބުނީ، އެ ކުދިންނަށް ގޭގެ ފަރުން ފެންނަަ އެތި އުނދަގޫ ނުކުރާ ކަމަށެެވެ. އެހެން ނަމަވެސް އެއް ރެއެއްގައި އެ މީހުން ނިދިން ހޭލެވިގެން ހަމަ އެތަނުގައި ޖިންނިއެއް އޮތް ކަމަށް ބުނި ކަމަށް ނިކޮލަސް ބުންޏެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ، ތިން ކުދިން އެނދުން ފައިބަފައިގެން ގޮސް އެ ފާރަށް ބަލަހައްޓައިގެން ތިބޭ ތަނެވެ.

އަދި އެއް ކުއްޖަކު އެތަނުން އެއްޗެއް ފެނިގެން އިނގިލި ދިއްކުރާއިރު، އަނެއް ދެ ކުދިން އެތަނަށް އާދެއެވެ. ދެން ފެންނަނީ އެއް ކުއްޖަކު ދުއްވައިގަންނަ މަންޒަރެވެ. އަދި އޭނާ ފަހުން ދެ ފަހަރަކަށް އައިސް ބިރުން އުޅޭހެންވެސް ހީވެއެވެ. އަދި އެ ފެންނަ އެއްޗަކާއި ދިމާލަށް ހަޅޭ ލަވައި ގަންނަ ގޮތަށް އުޅެއެވެ.

އަދި ފަހުން އެނދަށް އަރާ ތިބޭއިރު، އޭގެ ފަހުން އަލަމާރި ބިއްދޮށް ވަދެ ފިލައެވެ.

މިގޮތަށް އެކަކު ކަލޭ އަހަރުމެންގެ އެނދު ދެކެ ލައިކް ވޭތޯ އަހައެވެ. އަދި ދެވަނަ ކުއްޖާ ކަލޭގެ މައްސަލައަކީ ކޮބަައިތޯވެސް އަހައެވެ.

މީގެ ކުރިން އެ ކޮޓަރި ތެރޭގައި ކަންކަން ދިމާވެގެން އެކަމުގެ ވާހަކަ އޭނާ ހިއްސާކޮށްފައި އެބަ ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުނީރު

    އަޅުގަނޑުގެ ދަރިފުޅަށްވެސް ކުޑައިރު މިކަހަލަ ކަންތައްތައް ދިމާވެފައި އެބަހުރި. އިރު އޮއްސޭވަގުތު ކުއްޖާ ބޭރަށް ނެރެވުނީމަ މިކަން ދިމާވާކަމަށް ފާހަގަ ކުރެވުނީ.

    15
    1
  2. ާއައްޑޫ ޝަކުވާ ބޯޓު

    މިކަހަލަ ކުނި ކު ރު ވާހަކަ ކިޔައިދޭން ރަށު ހޮޅު އަށީގައި އޮވެބަލަ ނިކަން.