ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އާއި ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ) މިއަދު މި ވަނީ ކައިވެނިކޮށްފައެވެ. ދެ މީހުންގެ ކައިވެނި ކުރެވިގެން ގޮސްފައި މި ވަނީ ރީތި ތާރީހެއްގައެވެ. މިއަދު މިއީ 21-2-21 އެވެ.
މިއަދު ޝިދާތާ އާއި ޒިޔާ ކައިވެނި ކުރެވިގެން ދިޔައިރު، އެ ކައިވެނީގެ ހަފްލާއާ ގުޅިގެން ސައި ފޮދެއް ބާއްވާފައި ވެއެވެ. އާއިލާއަށް ހާއްސަކޮށް ބޭއްވި ކުޑަކުޑަ އެ ގެޓްޓުގެދާގެ ފޮޓޯތައް މިހާރު މީސް މީޑިއާގައި އާއްމުވެފައިވާއިރު، އެތައް ބައެއްގެ ލޮލުގައި އަޅައިގެންފަައި ވަނީ ޝިދާތާ ލައިގެން ހުރި ހެދުމެވެ. މިއީ ވަރަށް އާދައިގެ ކައިވެނީގެ ހެދުމެެކެވެ. އެކަމަކު ވަރަށް ރީއްޗެވެ.
އެނގޭ ހެއްޔެވެ؟ މިއީ ޝިދާތާ އޭނާ ކައިވެންޏަށް ހާއްސަކޮށް އަމިއްލައަށް ފެހި ހެދުމެކެވެ.
ޝިދާތާ މީގެ ކުރިންވެސް ވަނީ އޭނާގެ ވެޑިންގ ޑްރެސް ފަހާނީ އަމިއްލައަށް ކަމަށް ބުނެފައެވެ.
ޝިދާތާ "ވަގުތު"އަށް ވިދާޅުވީ، މިއީ އޭނާ އަމިއްލައަށް ފެހި ހެދުމެއް ކަމަށެވެ. އަމިއްލަ ހެދުންތައް ކުރިންވެސް ފަހާ އުޅޭ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
"މިއީ ވަރަށް ސިމްޕަލް ހެދުމެއް ދެއްތޯ، އެއީ ތްރީވަރަކަށް ޑޭސްގެ ވޯކްސް، ހެދުމުގެ ބީޑްސް އެއްޗެހި ޖަހާފައި ވަނީ ރިލޭޓިވްއެއް" ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާ އާއި ޒިޔާ ކައިވެންޏަށް ހާއްސަކޮށް ބޮޑު ހަފްލާއެއް ނުބާއްވައެވެ. ހާއްސަކޮށް ކޮވިޑްގެ މި ދުވަސްވަރު ހަފްލާތައް ބާއްވަން މަނާކޮށްފައިވާއިރު، ހަމައެކަނި އާއިލާ މީހުންނަށް ބޭއްވީ ސަޔެކެވެ.
މިއަދު ޝިދާތާ އާއި ޒިޔާ ކައިވެނި ކުރީ ފެމިލީ ކޯޓުގަ އެވެ. އެ ދެ މީހުން ކައިވެނި ކޮށްފައި މިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތަރު ވަރަކަށް މަސް ފަހުންނެވެ.
ޒިޔާއަކީ މީގެ ކުރިން އެކި ފިލްމުތަކުގައި ސީރިއަސް ރޯލުތައް ކުޅުމުގެ އިތުރުން ވީޑިއޯ ލަވަތައްވެސް ކުޅެފައިވާ ފަންނާނެކެވެ. ޝިދާތާއަކީ މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިިނިސްޓަރެވެ.
މައި އައިޒް މައި އައިޒް.....
ބަޠަލާ ނާއްކޮ މިއީ މިތަނުން ކޮންބޭފުޅެއްގެ އާޢިލާ މެމްބަރެއް ތޯ....؟؟؟؟؟
ކޮންމެސް މީހަކު ސިދާތާއައް ހޭން ދަސްކޮއްދީބަލަ..
ތީތި ސަޅިއެއްނޫން. ތިބެހެވެނީ މާތްﷲ ހެއްދެވި ސިފަޔާ.
ހެޕީ ބާތުޑޭ
ދެން ނިކަން އަވަހައް ދަރިންކޮޅާއެކު ފިލްމަކުންް ފެނިލަބަލަ މަހީިހީ.......
ދެއްކެން މަޝްހޫރުވާ މީހުންނަކަށް އަހަރެމެން ސަމާލުކަމެއް ނުދެމެވެ. ލިބިފައިވާ ޢިލްމުގެ ބޭނުން ހެޔޮގޮތުގައިހިފައި މުޖުތަމަޢަށް ޚިދުމަތްކުރަމުން ރިވެތި އަބުރުވެރި ޙަޔާތެއް ހޭދަކުރުން މާހިއްމެވެ. ތިމާވަރުގެ އަނހެނަކު ނެތްކަމަށް ހެދިގެން ބިމުގައި ފައިތަޅަމުން ކިތަންމެ ބާރަށް ދުވެނަގައި ފިލްމު ސްޓާރުންނާ ކާވެނިކުރިޔަސް އަހަރެމެންނަށް އެއްވެސް އަސަރެއް ނުކުރެއެވެ.
ސިއާސީ ދާއިރާ އިން ފިލް މިދާއިރާއަށް ގޯހެއްނޫން
ޝިފާ ތިކަންތަ ވ ހަޑިބަލންވެސް އަޑުއަހަންވސް ކުދިންގެ ބައްޕަ ދޫކޮއްލީތައް ދިޔައީމަ ވ ވަރަންހަނޑި އެހެންވެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެންޑީޕީކުދިންކޮޅު އެއިރުމަގުމަތީބޮޑާހޭކިއިރު މަގުމައްޗައރހާ ފަރިތައީދޯ ކިހާވަރަކުންދާނާ ހިތަށްއަރާ ޝިދާތާމެން ތިހެން އުޅުނީމަ ލަދުންބޯގައިގެންދޭ ސާބަސްތ ެެެެެެެެެެެެެެެެެެެެެެެެ
ވަގުތު ނަުސް އިން ޝިދާތާ ކައިވެނި ހެނދުމާއި އެކު ލައިގެން ހުރި ބުރާ އާއި ޖަގިޔާގެ ކުލަވެސް އިސްތިހާރު ކޮއްދޭތި؟
ޙެހެހެދޯ..
ތިންކުދިން ިބޭއިރު އެންމެ ކުއްޖަކުވެސް ބައިވެރިކޮށްފަ ފޮޓޯއަކުން ފެންނަން ނެތީމަ ވ ދެރަ ދަރިންނަށް އިސްކަން ދޭންޖެހޭ ދަރިންކޮޅު ފރުވާފަ ޕާޓީ ބެއްވިޔަސް ކަމަކު ނުދާނެ
ސިދާތާގެ އުމުރަކީ ކޮބައިތޯ! ދެން ސިދާތާ ފެނިގެން ހިނގައިދާނެ ފިލްމީ ތަރިއެއްގެ ގޮތުގައިވެސް.