ލައިފް އިންޝުއަރެންސް ފައިސާގެ ދަހިވެތިކަމުގައި އަނބިމީހާ މަރާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ހަކަލް އޭސަލް 40، ހައްޔަރުކޮށްފައި ވަނީ އޭނާގެ އަންހެނުން ސެމްރާ އޭސަލް 32، އާއި އޭނާގެ މާބަނޑު ދަރިފުޅު މަރާލި ކަމުގެ ތުހުމަތުގައެވެ. މިކަން ހިނގާފައި ވަނީ ދެމީހުން ޗުއްޓީ ހޭދަކޮށްލަން ތުރުކީގެ މުގްލާ ސިޓީގައި ހުންނަ ބަޓަފްލައި ވެލީގައި އުޅެނިކޮށެވެ.
އޭސަލް، އޭނާގެ އަންހެނުން އުސް ތަނަކުން ކޮއްޕާލާފައި ވަނީ އަންހެނުންގެ ބަނޑަށް ހަތް މަހުގައެވެ. މި ހާދިސާގައި ސެމްރާ އޭސަލް އާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ ނިޔާވެފައެވެ.
މި ދަތުރުގައި ދެމަފިރިން އެކުގައި ކްލިޕްގައި ތިބެގެން ފޮޓޯ ނަގައި ހެދިއެވެ.
ކަމާބެހޭ ފަރާތްތަކުން ބުނަމުން ދަނީ އޭސަލް ގަސްދުގައި މަރާލީ ލައިފް އިންސުއަރެންސް ފައިސާ ހޯދަން ކަމަށެވެ.
އޭސަލް އާއި އޭނާގެ އަންހެނުން ކްލިފްއަށް އަރަން ހިނގާފައި ދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވިއެވެ. އެ ވީޑިއޯގައި ފެންނަ ގޮތުން ނަމަ ދެމީހުން އަތުގައި ހިފައިގެެން އެއިގަން ސީގެ ރީތި މަންޒަރު ބެލުމަށް ސަތޭކަ އެއްހައި ފޫޓަށް ހިންގާފައި ވެއެވެ. އޭގެ މިނެޓްތަކެއް ފަހުން އޭސަލް އޭނާގެ އަންހެނުން ކްލިފް އިން ކޮއްޕާލީ ކަމަށް ބެލެވެއެވެ.
އޭސަލް އޭނާގެ އަންހެނުން މަރާލުމަށް ރާވައިފައި ވަނީ އަންހެނުންގެ ލައިފް އިންސުއަރެންސްގެ ގޮތުގައި 400.000 ތުރުކީގެ ލިރަ ލިބޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް މަރުގެ ތަހުގީގު ކުރަމުން ދިޔަ މީހުން ބުނެފައިވެއެވެ.
ފިރިހެނުންގެ ހުންނަ ޖާހިލުކަން.