1987-1980 އާއި ދެމެދުގެ އަހަރު ތަކުގައި ދުނިޔެއިން މިޑްލްވެއިޓް ޗެމްޕިއަން ހޯދައިފައިވާ މާވެލަސް މާވިން ހަގްލާ އާންމު ނަމުން ނަމަ 'މާވެލަސް' މަރުގެ ހަބަރު އޭނާގެ އަންހެނުން ވަނީ މާރޗް 13 ވަނަ ދުވަހު އިއުލާން ކޮށްފައެވެ.

މާވެލަސް މާވިން ހަގްލާގެ ފޭން ކްލަބް ފޭސްބުކް ޕޭޖުގައި އޭނާގެ އަންހެނުން ވަނީ މާވެލަސް މަރުގެ ހަބަރު ލިޔެފައެވެ.

މާވެލަސްގެ ޕްރޮފެޝިއަނަލް ކެރިއާގެ ތެރެއިން އޭނާ ބަލިކޮށްލެވިފައިވަނީ އެންމެ ފަހަރަކުކަން ފާހަގަ ކުރެވެއެވެ. ކާމިޔާބު ބާރަ ޓައިޓަލް ޑިފެންސާއި އެކު ހަގްލާ ވަނީ 1987 ވަނަ އަހަރު ބޮކްސިން ކެރިއާ ދޫކޮށްލައިފައެވެ. ކުޅިވަރުގެ ދުނިޔެ ދޫކޮށްލުމަށް ފަހު ހޮގްލާ އިޓަލީއަށް ބަދަލު ވުމާއި އެކު އެކްޝަން ފިލުމު ތަކުން ހުނަރުވެރި ފިލްމީ ތަރިއެއްގެ ގޮތުގައި ފެނިގެންދިޔައެވެ.

ކުޅިވަރުގެ ތެރެއިން ހޮގްލާގެ ބޮކްސިން މެޗުތަކަށް ބަލާލާއިރު، 62 މެޗަކުން މޮޅުވެފައިވާއިރު، ތިން މެޗަކުން ބަލިވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އަހަރުތަކަކަށް މިޑްލްވެއިޓް ޑިވިޝަން ހިފަފައްޓާލި ހޮގްލާގެ މަރާއި އެކު ބޮކްސިން ކޮމިއުނިޓީ ތަކުންވެސް ދަނީ ހިތާމައިގައި ބައިވެރިވަމުންނެވެ.

"މާވެލަސް މާވިން ހަގްލާގެ މަރުގެ ހަބަރަކީ ހިތާމަވެރި ހަބަރެއް. ހަގްލާ އަކީ ބޮކްސިން ރިންގަށް އަރާ މޮޅެތި މީހުންގެ ތެރެއިން ފާހަގަ ކޮށްލެވޭ މީހެއް" ބޮކްސިން ޗެމްޕިއަން އޮސްކާ ދި ހޮޔާ ބުންޏެވެ.

ބޮކްސިން ދާއިރާ އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ބޮބް އަރޫމް ހަގްލާއާއި ބެހޭގޮތުން ބުނެފައިވަނީ ހަގްލާ އަކީ މީހުންގެ ލޯބި ލިބިފައިވި މީހެއްކަމަށެވެ. އޭނާ އަކީ މޮޅު ކުޅުންތެރިޔެއް ކަމަށް އަރޫމް ބުންޏެވެ. އަރޫމް ހޮގްލާ ސިފަކޮށްފައިވަނީ މީހުންގެ އިތުބާރު ލިބިފައިހުރި ބަހުގައި ހިފަހައްޓާ މީހެއްގެ ގޮތުގައެވެ.