މަޑުން ހިނގާ މީހުން ކޮވިޑް-19 ޖެހިގެން މަރުވުމުގެ ފުރުސަތު ހަތަރު ގުނައަށް ބޮޑު ކަމަށް ދިރާސާއަކުުން ދައްކައިފިއެވެ.

މި ދިރާސާއަކީ "ޔުނިވާސިޓީ އޮފް ލިސެސްޓަ" އިން އިނގިރޭސި ވިލާތަށް ނިސްބަތްވާ 412،596 ރައްޔިތުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. މި ދިރާސާ އިން ދައްކާފައިވާ ގޮތުގައި، ހަށިގަނޑުގެ ބަރުމިން ހުންނަން ޖެހޭ މިންވަރުގައި ހުުރެ މަޑުން ހިނގާ މީހުން ކޮވިޖު ޖެހުުމުގެ ފުުރުސަތުު ހަމަ އެ ބަރުދަން ހުންނަ ބާރަށް ހިނގާ މީހުންނަށް ވުރެ 2.5 އިންސައްތަ އިތުރެވެ.

އަދި މަޑުން ހިނގާ މީހުން މި ބަލީގައި މަރުވުމުގެ ފުރުސަތުު 3.75 ގުނަ އިތުރުކަމަށްް ދިރާސާއިން ވަނީ ދައްކައިފައެވެ. މި ދިރާސާގައި މަޑުން ހިނގާ މީހުން ކަމަށް ސިފަކޮށްފައި ވަނީ ގަޑިއަކު ތިން މޭލަށް ހިނގާ މީހުންނަށެވެ. އަދި ބާރަށް ހިނގާ މީހުންނަކީ ގަޑިއަކު ހަތަރު މޭލަށްވުރެ އިތުރަށް ހިނގާ މީހުުންނެވެ.

"ޑެއިލީމެއިލް" އިން ރިޕޯޓުކޮށްްފަިއވާ ގޮތުގައި، މަޑުން ހިނގާ މީހުން ކޮވިޑް ޖެެހިގެން މަރުވުމުގެ ފުރުސަތު ބޮޑު ނަމަވެސް އެއީ ކީއްވެެގެން ކަމެއް އަދި ހޯދިފައެއް ނުވެއެވެ. ނަަމަވެސް ސައިންސްވެރިން ވަނީ ބާރަށް ހިނގާ މީހުންގެ ކާޑިއޯވެސްކިއުލަ ސިސްޓަމް ބާރަށް ނުހިނގާ މީހުންނަށްވުރެ ރަނގަޅު ކަމަށް ބުނެފައެވެ. ކާޑިއޯވެސްކިއުލަ ސިސްޓަމަކީ، ހިތާއި ލޭނާރުތައް، އަދި ލޭ އެކުލެވޭ ނިޒާމެވެ. މި ނިޒާމުގެ ހިނގުން ބާރުވާ ވަރަކަށް ކޮވިޑުން ރައްކާތެރިކޮށްދޭ ކަމެއް ކަމަށް ސައިންސްވެރިން ވަނިީ ހާމަކޮށްފައެވެ.

އެހެން ކަމުން ކޮވިޑުން ރައްކާތެރިވުމަށް ހިނގާ ސްޕީޑު އަވަސްކުރުމަކީ މުހިންމުކަމެއް ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިރާސާ

    ދުނިޔެއަށް ނޭވާލާ ކޮންމެ މީހަކު %100 މަރުވާނެކަން ޔަގީން

  2. ސަނީ

    މީގެފަހުން ދެން މަ ހިނގާނީ ބާރަށް😁

  3. ރީތި ހުސްކުރި

    ޢެހެންމާދޯ 6 ގެ ފަހުން ސައިކު ދުއްވަން ހާއްސަ ހުއްދަ ނަގަން ޖެހެނީ