އުއްތަރް ޕްރަދޭޝްއަށް ނިސްބަތްވާ ވަގަކަަށް މި ވަނީ ފިސާރި ކަމަކާއި ދިމާވެފައެވެ. އޭނާއަށް ލިބުނީ ބޮޑު ޝޮކެކެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭނާއަށް ޖެހުނީ ހާޓް އެޓޭކެކެވެ. އޭނާއަށް ހާޓްއެޓޭކެއް ޖެހިފައި ވަނީ އޭނާއަށް ވަގަށް ނެގުނު ފައިސާތަކުގެ އަދަދުތައް ގިނަ ވުމުންނެވެ.

އެކަމާއި އޭނާއަށް ބޮޑު ހިތްދަތިކަމަކާއި ކުރިމަތިލާން ޖެހުނީ އޭނާ ވަގަށް ނެގި ފައިސާތަކުން ހޮސްޕިޓަލުން ދިން ފަރުވާއަށް ހަރަދު ކުރަން ޖެހުމުންނެވެ.

ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، ދެ ވަގުން ވައްކަންކޮށްފައި ވަނީ ޕަބްލިކް ސާވިސް ސެންޓަރުންނެވެ. އެ މީހުން އުއްމީދުކޮށްގެން ތިބީ ހަތް ލައްކަ ރުޕީސް އާއި އަދިވެސް އަގުބޮޑެތި އެއްޗި ވަގަށް ނެގޭނެ ކަމަކަށް ނޫނެވެ.

އެ މީހުން ފުލުހުންނަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، އެހާ ބައިވަރު ފައިސާ އެ މީހުންނަށް ލިބުމުން އުފާވީ ކަމަށާއި، އަދި ދެ މީހުންނަށް ފައިސާ ހަމަހަމައަށް ބަހާލީ ކަމަށެވެ.

"އެ މީހުންނަކީ މީގެ ކުރިންވެސް އެތައް ވައްކަމެއް ކޮށްފައިވާ ބައެއް. އެ މީހުންނާއި ގުޅޭގޮތުން އެތައް ފުލުހުންގެ ސްޓޭޝަންތަކުން މައްސަލަ ބެލި. އެ މީހުން ވަނީ މިފަހަރު އަދި މާބޮޑު ވައްކަމެއް ކޮށްފައި. ހަތް ލައްކަ ރުޕީސް އާއި އެ ނޫން ވެސް ތަކެތި އެތަނުން ވަގަށް ނެގި ކަަމަށް އެއްބަސްވެފައި." ފުލުހުން ބުންޏެވެ.

އެހެން ނަމަވެސް، އެތަނުން އެއް ވަގުކަލޭގަށް ހާޓް އެެޓޭކެއް ޖެހުމުން އެޑްމިޓްކޮށްފައި ވަނީ ޕްރައިވެޓް ހޮސްޕިޓަލެއްގައެވެ. އޭނާ ވަގަށް ނެގި އެ ފައިސާތަކުގެ ތެރެއިން ގިނަ ފައިސާތައް ހަރަދު ކުރަން ޖެހުނީ އޭނާގެ ފަރުވާ އަށެވެ. ދެން ހުރި މީހާ އެފައިސާ ހަރަދުކޮށްފައި ވަނީ ދިއްލީގައި ޖުވާ ކުޅޭށެވެ.

މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޫނޭ

    ފައިސާ ވަގައް ނަގަންވާނީވެސް ހިތަށް ކުޅަދާނަ މިންވަރަކުން.

    14