ދުބާއީއަކީ ހުރިހާ ގޮތަކުން ބެލިޔަސް ދުނިޔޭގެ މުއްސަނދީންނާއި އެންމެ ފުދުންތެރި ތަނަވަސް މީހުން ދިރިއުޅޭ ތަނެއެވެ. އެއް ސިޓީއަކުން ދުނިޔޭގެ ހުރިހާ އުފެއްދުމެއް ލިބޭ އިރު ދުނިޔޭގެ އެންމެ އުސް، ދިގު، ރީތި މިހެންގޮސް ޝަރަފުވެރި ނަންތައް ހައްގުވާ ގިނަ ކަންކަން ހުރި އެއްތަނުގެ ގޮތުގައި ދުބާއީ ވާނެއެވެ. މިހިނގާ ބަރަކާތްތެރި ރަމަޟާންމަހުގެ ރޯދަވީއްލުންތައްވެސް އެންމެ ހެޔޮ އަގުން ފެށިގެން ހީނުކުރާހާ ބޮޑު އަގެއްގައި ލިބެންހުރި އެއްތަނުގެ ގޮތުގައި ދުބާއީ ފާހަގަ ކުރެވެއެވެ.
ދުބާއީގެ އަމިއްލަ އޭވިއޭޝަން ކުންފުންޏެއް ކަމަށްވާ ޖެޓެކްސް އިން މިވަނީ ރޯދަ ވީއްލަން ތަފާތު ތަޖުރިބާއެއް ކޮށްލަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ހުޅުވާލާފައެވެ. ޖެޓެއްގައި ރޯދަ ވީއްލާލައި އެކުވެރި އަރަބި ދައުލަތުގެ މަތިން ދަތުރުކޮށްލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ޕްރައިވެޓް ޖެޓެއްގައި ރޯދަ ވީއްލާލައި އެމިރޭޓްސް މަތިން 90 މިނެޓުގެ ދަތުރެއްކޮށް އިރުއޮއްސޭ މަންޒަރު ބަލާލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ އެ ގައުމުގެ އެންމެ 66،000 ދިރުހަމަށެވެ. ތަނަވަސް ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތަކަށްވާނެއެވެ.
ޖެޓެކްސް ގެ މި ރޯދަ ވީއްލުމުގައި 25 ބާވަތެއްގެ ކެއުން ހިމެނެއެވެ. އަރަބިކް އަދި އިޓޭލިއަންގެ ކެއުންތައް މި ރޯދަވީއްލުމުގައި ހިމެނޭއިރު ކޮފީ އަދީ ޖޫސްވެސް މި ޕެކޭޖުގައި ހިމެނެއެވެ.
މި ޕެކޭޖުގެ ދަށުން ހަ މީހުންގެ ގުރޫޕަކަށް ބައިވެރިވެވޭ އިރު ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ވެސް ރޯދަ ވީއްލުން އިންތިޒާމުކުރާ ކުންފުނިން ސަމާލުވެފައިވާކަން ހާމަވެއެވެ. ޖެޓު ތެރޭގައި ގައިދުރުކަން ހުންނަ ވަރަށް ޖާގަ އޮތުމާއި ދަތުރުގެ ކުރިން އަދި ނިމުމަށްފަހު ވެސް ޖެޓް ސެނިޓައިޒް ކުރެވޭނެ ކަމަށް މިކަން އިންތިޒާމުކުރާ ކުންފުނިން ހާމަކުރެއެވެ.
ޖެޓެކްސްގެ ފައުންޑާ އަދި ޗީފް އެގްޒެކިއުޓިވް ބޭރުގެ ނޫހަކަށް މައުލޫމާތު ދެމުން ބުނީ 21 ވަނަ ގަރުނުގެ ސަގާފަތާއި އާދަކާދަތައް މި ރޯދަވީއްލުމުގެ ތެރެއިން ފެނިގެން ދާނެ ކަމަށެވެ. އަދި މި ރޯދަވީއްލުންތައް ދީގެން ލިބޭ ފައިސާގެ 10 އިންސައްތަ ޗެރިޓީ ދުބާއީ ކެއާސްއަށް ހަދިޔާ ކުރާނެ ކަމަށެވެ.
ޖެޓެކްސް ފްލައިޓް ސަޕޯޓް އަކީ ދުނިޔޭގައި ޕްރައިވެޓް ޖެޓް ތަކަށް ކުރިމަތިވާ އެކި ކަހަލަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏެވެ. 2005 ވަނަ އަހަރު އުފެއްދި މި ކުންފުނިން ވަނީ 2009 ވަނަ އަހަރު 3،000 ސްކުއާ މީޓަރުގެ ޓާމިނެލްއެއްވެސް ދުބާއީގައި އަޅައިފައެވެ. މިހާރު މި ކުންފުނީގެ 33 ޓާމިނަލް ދުނިޔޭގެ އެކި ގައުމުތަކުގައި އެބަހުއްޓެވެ.
ނަމާދު ކުރެވޭ ގޮތް ހުރި ނަމަ މަ ދެވޭތޯ ބަލާނަން
ބުރޯ ހީކުރީ ނަމާދު ކުރެވޭ ގޮތަށް ނޫންކަމަށްތަ ހުންނަނީ؟؟ ބަލަ އެކަމަށް ހާއްސަ ކޮޓަރިއެއް ގިބުލަ ވެސް އެނގޭ ގޮތަށް ތައްޔާރުކޮށްފަ ހުރޭ.. ޚަބަރު ތަރުޖަމާ ކުރި އިރު އެބައި ވައްޓާލާފަ ނޫނީ ތަރުޖަމާ ނެގި ލިއުމުގަ އެބައި ނެތީމަ ނުހިމަނާ ހުރީކަމަށް ބެލެވެނީ.. ޔޫއޭއީގެ ސައިޓްތަކުން ކިޔާލީމަ ސާފުވާނެ..
އެހެންވީމަ ދެވޭނެތޯ؟؟
ތި ފައިސާތަކުން ފަޤީރުންނަށް ސަދަޤާތްކޮށްފައި ތިންއޮށް ކަދުރުން ރޯދަވީލިއްޔާ ރޯދަ މާ ބޮޑަށްވެސް ފުރިހަމަވާނެ!
އޭރުން ފްލައިޓުގައި ދަތުރުކުރަމުން ރޯދަވީއްލީކަމަކަށް ނުވާނެއެއްނު.
ކައިޒީނު ނުދޭތަ
ތިޔަ އީ ފަސާދަވެފާވާ ޝަ އިޠާނީ ބިމެ އް ކަމަށް ޤަބޫލުކުރެވޭ. އެކަން އެނގިގެން ދަނީ އުސް އިމާރާތްތަ އް ގިނަވެ އެތާނގެ މަހުޖަނުން ދުނިޔެ ތަޢުމީރުކޮށް އެންމެހާ މުންކަރާތްތަކެ އް އެތަނަށް ގެނަ އުން.... ވަރަށް ވާހަކަ.....
66000 ދިރުހަމް. ދެންވީ އަނެއްކާ އެއީ ކިތައްރުފިޔާތޯބަލަން ގޫގުލް ސާޗުކުރަން. ބޯހަލާކު
ދުނިޔޭގަ ރޯދަ ވީއްލާނެ ކާއެތިކޮޅެއް ނުލިބި ކިތައް ނިކަމެތި މުސްލިމުން ތިބިތޯ ބެލިއްޔާ މާ ރަނގަޅުހެން ހީވަނީ.