ކިރަކީ ދުނިޔޭގެ ހުރިގާ ގައުމެއްގައި ވެސް ކެއުން ބުއިމުގައި ބޭނުންކުރާ އެކައްޗެވެ. އެކި ޖަނަވާރުންގެ ކިރު ނަގާއިރު ދުނިޔޭގެ އެކި ހިސާބުތަކުގައި ކިރުން ތައްޔާރުކުރާ ކެއުންބުއިންތައް ތަފާތުވެފައި ބޭނުންކުރާ ގޮތް އަދި ވަގުތުވެސް ތަފާތެވެ.

ކިރަކީ އެއިން އެތައް ފައިދާއެއް ހަށިގަނޑަށް ލިއްބައިދޭ އެއްޗެކެވެ. ހެދިބޮޑުވުމަށް ބޭނުންވާ ވިޓަމިންސް ކިރުން ލިބޭއިރު ކަށިތަކަށް ބޭނުންވާ ކެލްސިއަމްވެސް ކިރުން ލިއްބައިދޭކަން ފާހަގަ ކުރެވެއެވެ.

ގިނަ ތަޖުރިބާކާރުން އިއްތިފާގުވާ ގޮތުގައި ކިރު ބޯން އެންމެ ރަނގަޅު ވަގުތަކީ ރޭގަނޑު ނިދުމުގެ ކުރިންނެވެ.

އެއް ތަޖުރިބާކާރަކު ބުނާ ގޮތުގައި ބޮޑެތި މީހުން ކިރުބޯން ޖެހޭ ވަގުތާއި ކުޑަކުދިން ކިރު ބޯންޖެހޭ ވަގުތުވެސް ތަފާތެވެ. އެގޮތުން ބޮޑެތި މީހުން ކިރުބޯން އެންމެ ރަނގަޅު ވަގުތަކީ ރޭގަނޑު ނިދުމުގެ ކުރިންނެވެ. އަދި އެއާއި ހިލާފަށް ކުޑަކުދިން ކިރުބޯން އެންމެ ރަނގަޅު ވަގުތަކީ ހެނދުނެވެ.

ބޭސްވެރިކަމުގެ ދާއިރާގައި އުޅޭ އަޔުރްވެދާގެ ވާހަކަތަކުން އެނގޭ ގޮތުގައި ކިރަކީ ހަޖަމްކުރުމަށް އެހީވެދޭ އެއްޗެކެވެ. އަދި ކިރަކީ ބަނޑުހައިކަން ފިލުވައިދޭ ނިދުމަށްވެސް އެހީވެދޭ އެއްޗެކެވެ. ކިރު ބޮއިގެން ނިދުމުން ނިދީގައި ހަށިގަނޑުން ކިރުގައި ހުންނަ ކެލްސިއަމް ނަގާމިންވަރު އިތުރުކޮށްދެ އެވެ.

ކިރުން ލިއްބައިދޭ ބައެއް ފައިދާތައް:

ހަށިގަނޑުގެ ކަށިތައް ވަރުގަދަކުރުމަށް ބޭނުންވާ ކެލްސިއަމް ލިއްބައިދޭ އެއްޗަކީ ކިރެވެ. ޕްރޮޓިންސް، ކެލްޝިއަމް، ވިޓަމިން ބީ12 ، ވިޓަމިން ޑީ، އަދި ފޮސްފޮރަސްވެސް ކިރުން ލިބެއެވެ. ކިރު ބުއިމުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް މެއިން ދިލަނެގުމުގެ މައްސަލަވެސް ހައްލުކޮށްދެ އެވެ.

ކޮންމެ ދުވަހަކު އާދައިގެ މަތިން ދެ ތިން ތަށި ކިރު ބުއިން ރަނގަޅެވެ. އެއީ ފުލްކްރީމް މިލްކް ކަމުގައިވާނަމަ އެ މިންވަރު އެކެއް ނުވަތަ ދޭކަށް ހެދުން ބުއްދިވެރިއެވެ. ސަބަބަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ ގިނައިން ކިރުބޯނަމަ ބަރުދަން އިތުރުވާނެތީއެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސެންޗޯ

    ޢެކަމަކު އަހަރެންގެ ތަޖުރިބާގައި މައިމީހާގެ ގާތުންކިރު ދިނުމުގެ ބަދަލުގައި ޅައިރުން ފެށިގެން ޖަނަވާރުންގެ ކިކުދީގެން ބޮޑުވާ ކުދިން އަހުލާގު އެހާ ރަނގަޅެއްނޫން ބައެއްކުދިން އުޅެމުން ދަނީ ގެރި ބަކަރި ޖަނަވާރުން އުޅޭހެން

    14
    1
  2. Anonymous

    ކިރު ބޯމީހަކައް ތިކަން އެނގޭނީ.

  3. ޝިރޯ

    ޖަނަވާރުންގެ ކިރުދީގެން ބޮޑުވާ ކުދިންގެ ރަގަޅު ކުދިންވެސް އެހާގިނައެވެ. ހަމަސިއްހަތުވެސް އެހާމެ ރަގަޅެވެ. ހުރިހާވެސް ކަމަކީ ޖަނަވާރުންގެ ކިރުއެކަނި ދީގެން މައިމީހާ ކުއްޖާއާއި ދުރުވުމުން ނުކުންނަ މައްސަލައެވެ. ކިރު ގޯސްވީނޫނެވެ. މައިމީހާއާއި ކުއްޖާގެ އާއި ދެމެދުގައި އޮންނަ ލޯބިން ކުއްޖާ މަހުރޫމުކުރެވޭތަން އާދެއެވެ. ބުއްފުޅި ގިރާގައި މީހަކާއި ނޫނީ ފިރިމީހާ އާއި ހަވާލު ކުރުމަށް ފަހު މަންމަ ނިދާތީ ނުކުންނަ މައްސަލައެކެވެ. ވަރަށް ގިނަ ވާހަކަ ދެއްކޭނެ މައުޟޫއެކެވެ. ސަލާމް ކުދިން ގޯސް ނުވާނެ މައިން ބަފައިންނަށް ވެވޭ ކުޑަ އިހްމާލަކުން ނަތީޖާ ގޯސްވަނީއެވެ.