ޑިސެމްބަރު 2014 އިން ފެށިގެން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހަށް ދިގުދެމިގެން ދިޔަ ދެކުނު ކޮރެއާގެ ޑުރާމާ ''ހީލަރ'' ގެ ވެބްޓޫންއެއް ނެރެން ނިންމައިފިއެވެ.
ކޭބީއެސް ޑުރާމާއިން ނެރުނު ޑުރާމާ ''ހީލަރ'' ގެ ވެބްޓޫންއެއް ނެރުމަށް ނިންމާފައި މިވަނީ ޑުރާމާ ރިލީޒް ކުރެވުނުތާ ހަ އަހަރު ފަހުންނެވެ.
މި ޚަބަރާއި އެކު މި ޑުރާމާ ބަލާފައިވާ ފަރާތްތަކުގެ މެދުގައި މި ޑުރާމާގެ ވެބްޓޫން ކުރިއަށްދާނީ ކިހިނެއްތޯ އާއި މިކަމާ ގުޅޭ ގޮތުން އެތައް ވާހަކައެއް ދައްކާފައިވެއެވެ.
މި ވެބްޓޫންއާ ބެހޭ އިތުރު މައުލޫމާތު އަދި ހިއްސާކޮށްފައެއް ނުވެއެވެ. ވެބްޓޫނަކީ ކޮމިކެއް ގޮތަށް ގެނެސްދޭ ވާހަކައެކެވެ.
ހީލަރ އަކީ ހެއްވާ މަޖާ ލޯބީގެ އަދި އެކްޝަން ހިމެނޭ ޑްރާމާއެކެވެ. މި ޑްރާމާއިން ދައްކުވައިދެނީ ސިޔާސީ ކަންތައްތަކެކެވެ. އަދި ނޫސްވެރިކަމުގައި އުޅުނު ބަޔަކަށް ދިމާވި ހާދިސާއެއްގެ ސަބަބުން އެމީހުންގެ ދަރިންނަށް ތަހައްމަލު ކުރަން ޖެހުނު ހިތްދަތި ކަންތައްތައް ޑްރާމާ އިން ފެނެއެވެ.
ނޫސްވެރިކަމުގެ ބާރު ދައްކުވައިދޭ މި ޑްރާމާއިން ފެނިފައިވަނީ ޖީ ޖެން ވުކް، ޕާކް މިން ޔަންގް، ޖިއޮ ޖަންގް ހޫ އަދި ލީ ޔަންގް ޝިންއެވެ.
ހީލަރ ވެގެންދާނީ ދެކުނު ކޮރެއާގެ މަޝްހޫރު ޑުރާމާތަކުގެ ތެރެއިން ވެބްޓޫންއެއް އުފައްދާ ދެވަނަ ޑުރާމާއެވެ. ފުރަތަމަ ޑުރާމާއަކީ މި އަހަރުގެ މެއި މަހު ވެބްޓޫން ނެރުމަށް ހަމަޖެހިފައިވާ ''ފައިޓް ފޮރ މައި ވޭ'' އެވެ.
ހީލަރ ޑްރާމާއަކީ ވަރަށް މަގުބޫލު ޑުރާމާއެކެވެ. މި ޑްރާމާގެ ހަތަރު ފަންނާނުންނަށް ވެސް ވަނީ މި ޑްރާމާއިން އެވޯޑް ލިިބިފައެވެ.
Śàŕàńģèýò ❤💜💜❤❤❤
💜💜💜💜