ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ އިންޑިއާގެ ޓީވީ ސީރީޒް ކްރައިމް ޕެޓްރޯލްގައި އެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ދެ މީހަކު ވައްކަމުގެ ބޮޑު މައްސަލައެއްގައި ހައްޔަރުކޮށްފައެވެ.

ކްރައިމް ޕެޓްރޯލްއަކީ ކުށްތަކާއި ގުޅުން ހުރި އެކި ހާދިސާތަކުގެ މައްޗަށް އުފައްދާފައިވާ މޮޅު ސީރީޒްއެކެވެ. އެ ސީރީސްގައި ކުށަކަށް އަރައިގަންނަ ފަހުން ވާ ގޮތާއި، އޭނާ ފަޅާ އަރާ ހިސާބުން ކަންތައް ވަމުންދާ ގޮތް ދައްކައެވެ. މި ސީރީޒްގެ އެކި ދުވަހުގެ އެޕިސޯޑްގައި ދައްކަނީ އެކި ހާދިސާތަކެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ފުލުހުން ބުނެފައިި ބަނީ ކޮވިޑާއި، ހެދި ދެ ތަރިންވެސް އުޅުނީ ފައިސާ ނުލިބިގެންނެވެ. އަދި އެ މީހުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ރޯޔަލް ޕާމް ސަރަހައްދުގައި ހުންނަ އެ މީހުންގެ ރައްޓެހި ބަޔަކު ހިންގަމުންދާ ގެސްޓް ހައުސްއަކަށް ބަދަލު ވެފައެވެ. އެ މީހުން އެތަނަށް ބަދަލުވީ ގެސްޓުން ގޮތަށް ދުވަހު ކުއްޔަށެވެ.

އަދި އެތަނުން އެ މީހުން ވަނީ އިއްޔެ ފިލާފައެވެ. އެ މީހުން އެތަނުން ފިލާފައި ވަނީ 3،28،000 ރުޕީސް ވަގަށް ނަގައިގެންނެވެ. އެއީ އެތަނުގައި ދުވަހު ކުށްޔަށް އުޅުނު އެހެން މީހެއްގެ ފައިސާ އެވެ.

އެ މައްސަލަ ފުލުހަށަ ހުށަހެޅުމުން، އެ މީހުން ކުރި ތަހުގީގުން އެނގުނު ގޮތުގައި، ޓިވީ އެކްޓަރުން ކަމަށްވާ ސުރާބީ ސުރެންދްރާ ލައި ސްރިވަސްތަރާ (25އ) އާއި މޮސިނާ މުޚްތާރް ޝެއިޚް (19) އަކީ އެ ފައިސާ ނެގި މީހުންނެވެ. އަދި އެ މީހުން އެތަނުން ނުކުންނަ މަންޒަރު ސީސީޓީވީ ފޫޓޭޖުންވެސް ފެނެއެވެ. އެ ފޫޓޭޖުން އެ މީހުން ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދާ މަންޒަރު ފެންނަ ކަމަށް ވެއެވެ. އެންމެ ފަހުުން އެ މީހުން ވަނީ އެކަމަށް އެއްބަސްވެފައެވެ.

މި ދެތަރިންނަކީ ކްރައިމް ޕެޓްރޯލް އާއި ސާވްދާން އިންޑިއާގެ އިތުރުން އިތުރު ބައެއް ސީރީޒްތަކުގައިވެސް މަސައްކަތް ކޮށްފައިވާ ފަންނާނުންނެވެ.

ކިޔުންތެރިންގެ ހިޔާލު