އިންޑިއާގެ ކޮވިޑު 19 ފެތުރުމާއެކު އެންމެ ފުރަތަމަ ދުވަހުން ފެށިގެން މީހުންނަށް އެހީތެރިވުމުގައި ހަރަކާތްތެރިވަމުުން ދިޔަ ސޯނޫ ސޫދު އަނެއްކާ ވެސް ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތް ކޮށްދީފިއެވެ.

ވަކިވަކިން ސޯނޫ ސޫދަށް އަންނަ މެސެޖުތަކަށް ޖަވާބުދާރީވެ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުވަމުންދާ ސޯނޫ ސޫދު މިފަހަރު އެހީތެރިވެދިނީ ހިތުގެ މައްސަލައެއް ކުރިމަތިވި އެންމެ ހަ މަހުގެ ތުއްތު ކުއްޖެއްގެ އޮޕަރޭޝަން ކޮށްދިނުމަށް އެހީތެރިވެދީގެންނެވެ.

ސޯނޫ ސޫދަށް ޓެގްކޮށް ޓުވިޓާގައި ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އޭނާގެ ހަމަހުގެ ދަރިފުޅަށް ހިތުގެ މައްސަލައެއް ކުރިމަތިވެފައިވާ ކަމަށެވެ. އެ ދަދިފުޅުގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

މި ޓުވީޓަށް ޖަވާބުދެމުން ސޯނޫ ސޫދު ބުނެފައިވަނީ ތިބާގެ ދަރިފުޅަކީ ސޯނޫގެ ޒިންމާއެއް ކަމަށެވެ.

މިހާަރު ވެސް ސޯނޫ ސޫދު ދަނީ އޮކްސިޖަން ނުލިބޭ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އޮކްސިޖަން ޕްލާންޓްތަކާއި އޮކްސިޖަން ސިލިންޑަރުތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ދަނީ އެންމެ ފުރަތަމަ ދުވަހުގެ ފެށިގެން ވެސް ކުރަމުންނެވެ.

އިންޑިއާގެ ފަގީރުންނަށް މިފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ގިނަ މީހުން އެންމެ ފުރަތަމަ ވެސް އެހީއަށް އެދެނީ ސނޫ ސޫދުގެ ފަރާތުންނެވެ. އެ އެންމެންގެ ލޯތްބާއި އެތައް ބައެއްގެ ތަޢުރީފު ދަނީ ސޯނޫ ސޫދަށް ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު