އެންމެންވެސް މާތަކުގެ ވަސް ގަންނަން ބޭނުން ވެއެވެ. ބައެއް މީހުންނަށް ރީތި މަލެއް ފެނިއްޖެނަމަ ވަސް ނުބަލާ ނުވެސް ހުރެވޭނެއެވެ. އެކަން ކޮށްގެން އަންހެނަަކަށް މި ވަނީ ވަރަށް ބޮޑު ލަޑެއް ލިބިފައެވެ.

ޓިކްޓޮކްގައި ހަރަކާތްތެރިވާ ލަވަކިޔުންތެރިޔާ ރަަފައެލޭ ވޭމަންއަށް އެ ލަނޑު ލިބުނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ދިން ވިހަ މަލުން ވަސް ބެލުމުންނެވެ. އެ މަލުން ވަސް ބެލުމުން އޭނާގެ ބޮލަށް އެނބުރުން އަރައިގެން ނިދުނީއެވެ.

އެ މަލަށް ކިޔާ ނަމަކީ ޑެވިލްސް ބްރެތް އެވެ. އޭނާ ވަނީ އެ މަލުން ވަސް ގަންނަ މަންޒަރުވެސް ވީޑިއޯ ކޮށްފައެވެ. އެއިރު އޭނާއަށް އެ މަލުގެ ހަގީގަތް ނޭނގެއެވެ. ވޭމަން އާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ އެ މަލުގ ވަސް ބަލަމުން ދިޔައީއެވެ.

އެ މީހުން ވަސް ބަލަމުން ދިޔައީ ދުނިޔޭގެ އެންމެ ނުރައްކާތެރި ޑްރަގްގެ ގޮތުގައި ކަނޑައަޅާފައުވާ މަލެކެވެ.

ވޭމަން އެ ވީޑީއޯގައި ލިޔެފައި ވަނީ އޭނާ އާއި އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް އެ ރީތި މާ ފެނިގެން މުޅި ރޭ އުޅުނީ އެ މަލުން ވަސް ބެލުމުގައި ކަމަށެވެ.

އަދި އެ މަލުން ވަސް ބެލި ފަހުން އެ މީހުންނާއި ކުރިމަތިލާން ޖެހުނީ ހިތްދަތި ކަންތައްތަކެވެ.

"އަހަރެންނަށް ގެއަށް ދެވުނު ގޮތަށް ނިދުނީ، ދެން ހުވަފެނުގައި ފެނުނީ ނިދީގައި ޕެރެލައިޒްވެގެން އުޅޭނިކޮށް، އެއީ އެފަދަ ހުވަފެނެއް ފެނުނު ފުރަތަމަ ފަހަރު". އޭނާ ބުނެފައި ވެއެވެ.

ވޭމަން ބުނީ، އެ މީހުންނަށް އެގޮތަށް ވެގެން ދިޔައީ އެ މަލުން ވަސް ބެލުމުންކަން ފަހުން އެނގިގެން ދިޔަ ކަމަށެވެ. އަދި އޭނާ ޓިކްޓޮކްގައި ހިއްސާކުރި ވީޑިއޯގައި އޭނާ ވަނީ އެމަލާއި ގުޅޭ ތަފްސީލުތައް ގޫގުލްކޮށް އާއްމުކޮށްފައެވެ.

އެ މަލަކީ ބުރުޑަންގާގެ ވައްތަރެއް ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު