ދުނިޔޭގެ އެންމެންގެ ސަމާލުކަން މިހާރު ހުއްޓިފައި އޮތީ ކުރިއަށް ހިނގަމުން އަންނަ ޓޮކިޔޯ އޮލިމްޕިކްސް 2020 އަށެވެ. އޭގައި ކުރިއަށްދާ އެކި ކުޅިވަރުތައް ބެލުމަށް ފޯރިއާއި އެކީ އެކި މީހުން ތިބެއެވެ.

އެގޮތަށް ކުޅިވަރު ބެލުމަށް ތިބޭ ބައެއް ފަރާތްތަކަށް ކެމެރާ ކުރާ މީހުން އެކަން ކުރާ "އޭންގަލް" ވަރަށް މުހިންމެވެ. ކިރިޔާ ވެސް ނުބައި ގޮތަކަށް އެކަމެއް ކުރެވިއްޖެނަމަ، ބޮޑު ގޯހަކަށް އެކަން ވެގެންދެއެވެ.

މިފަހަރު މިއޮތީ މުބާރާތުގައި ކުރިއަށް ދިޔަ އަންހެނުންގެ 'ހޮކީ" މެޗެއްގެ ތެރޭގައި ކެމެރާމަނަކު ކުރި ކަމެއްގެ ވާހަކައެވެ.

އާޖެންޓީނާއާއި ސްޕެއިން މެދުގައި ކުރިއަށް ދިޔަ އެ މެޗުގައި ކެމެރާ ކުރަން ހުރި މީހާ "ކުރައްޕެއް" ވީޑިއޯ ކުރި މައްސަލައެވެ.

އާޖެންޓާނާގެ ޓީވީ ޗެނަލަކުން އެންމެ ފުރަތަމަ ދެއްކި އެ އެވީޑިއޯ ދައުރުވުމާއި ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައިވަނީ އަބަދު އެކުޅޭ ގޭމެއްގެ ތެރޭގައި ތިބުމުގެ ބަދަލުގައި ތަފާތު މަންޒަރެއް ފެންނަ ޖެހޭ ކަމަށާއި އެހެން ކަމުން އެގޮތަށް އޭނާ އެކަން ކުރީ ކަމަށެވެ.

ވީޑިއޯ މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެއީ އޭނާ ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް އަދި އެނގިފައެއް ނުވެއެވެ. އެވީޑިއޯއިން ކުރަފި ފެނިގެން ދަނީ ކުޅިވަރުގެ ތަންކޮޅެއްގެ ރިޕްލައި ދައްކަން އުޅުމުގެ ތެރޭގައެވެ.

މިފަދަ މަންޒަރު ފެންނަ ވަރަށް ގިނަ ވީޑިއޯތައް މީސްމީޑިއާގައި ދައުރުވެއެވެ. އޭގެ ތެރޭގައި ފުޓްބޯޅަ މެޗުތަކުގެ ތެރޭގައި މީދާ ނުވަތަ ބުޅާތައް ދަނޑުމައްޗަށް އަރާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ހުރެއެވެ.