ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ގެ ދަރިކަނބަލުން ލައިބާ އަހުމަދު މަހްލޫފް (އެލީ)އަކީ ލަވަކިޔުމުގެ ދާއިރާގައި ރާއްޖޭގައި ފިޔަޖަމުން އަންނަ ކުއްޖެކެވެ. ވަރަށް ކުޑައިރުން ފެށިގެން އެކަމުގައި އުޅެމުން އަންނަ އެލީއަކީ ހަގު އުމުރުގައި ބޮލީވުޑްގެ ފަންނާނުންނާއެކު ލަވައެއް ކިޔާލަން ފުރުސަތު ލިބުނު ރާއްޖޭގެ ފުރަތަމަ ކުއްޖާވެސް މެއެވެ. އެގޮތުން އެލީ އާއި ޖާވިދު އަލީގެ ވީޑިއޯ ލަވައެއް ދާދި ފަހުން ޔޫޓިއުބްއަށް ދޫކޮށްލިއިރު، ލަވައަށް މިލިއަން ވިއުސް ލިބިފައި ވެއެވެ.

އެކި ހާއްސަ ދުވަސްތަކާއި ގުޅުވައިގެން ލަވަތައް ކިޔައި އާއްމުންގެ ބޮޑު ސަމާލުކަމެއް ހޯދަމުން އަންނަ އެލީ އަކީ ރީތި އަޑެއްގެ ވެރި ކުއްޖެކެެވެ. އެ އަޑުގެ ރީތިކަމުގެ ވާހަކަ އެތައް ބަޔަކު ދައްކާއިރު، އެލީގެ މީސް މީޑިއާ އެކައުންޓަކަށް ބަލާލުމުން އޭނާއަކީ ޅަ އުމުރުގައި އެތައް ބޮލީވުޑްގެ ފަންނާނުންނަކާއި ބައްދަލު ކުރަން ފުރުސަތު ލިބިގެން ދިޔަ ކުއްޖެއްކަން މި ވަނީ ހާމަވެގެން ގޮސްފައެެވެ.

އެގޮތުން އެލީގެ ޓްވިޓާ އެކައުންޓަށް ބަލާއިރު، އޭނާ މިއަދު ވަނީ ޓައިގާ ޝްރޮފްއާއެކު ނަގާފައިވާ ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެގޮތުން އެ ވީޑިއޯގެ ކެޕްޝަންގައި ލިޔެފައި ވަނީ، އޭނާގެ އެންމެ ފޭވަރޭޓް އެކްޓަރ ޓައިގާ އާ ބައްދަލު ކުރެވުނީތީ އުފާވާ ކަމަށެވެ.

އޭގެ އިތުރުން، އޭނާ ވަނީ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާން އާއެކު ނަގާފައިވާ ވީޑިއޯއެއްވެސް ޓްވިޓާގައި ހިއްސާ ކޮށްފައެވެ. އެ ޓްވީޓްގައި އެލީ ބުނެފައި ވަނީ، އޭނާއަށް ފުރުސަތު ދިން ކަމަށްޓަކައި ޝުކުރު އަދާ ކުރާ ކަމަށެވެ.

އޭގެ އިތުރުން، އޭނާ ކަޕިލް ޝަރްމާއާ ބައްދަލުކޮށް ނަގާފައިވާ ވީޑިއޯއެއްވެސް މީސް މިޑިއާގައި ވައިރަލް ވިއެވެ.

އަދި ދުވަސްތަކެއް ކުރިން އޭނާ ވަނީ ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމުގައިވާ ބިޕާޝާ ބޫސޫ އާއި އޭނާގެ ފިރިމީހާ ކަރަން ސިންގއާވެސް ބައްދަލު ކޮށްފައެެވެ.

އެލީގެ ޓްވިޓާގައި ގިނަ ފޮޓޯތަކާއި އޭނާގެ މަސައްކަތް ފެންނަ ވީޑިއޯތައް ހިއްސާ ކުރާއިރު، އެ ޓްވިޓާ އެކައުންޓް މެނޭޖް ކުރަނީ އޭނާގެ މަންމަ އާއި ބައްޕައެވެ.

އެލީއަށް މިފަދަ ފުރުސަތުތައް ލިބިފައިވާއިރު، މިއީ ރާއްޖެއިން ވަރަށް މަދު ބަޔަކަށް ލިބޭނެ ފުރުސަތުތަކެވެ. އާއްމުކޮށް މިފަދަ ފުރުސަތުތައް ލިބެނީ ވެލާނާ އެއާޕޯޓްގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަން ފާހަގަކޮށްލަން ޖެހެއެވެ.

ވަރަށް ކުޑައިރުން ފެށިގެންވެސް ލަވަ ކިޔަމުން އަންނަ އެލީ ވަނީ ރާއްޖޭގެ ބައެއް ފަންނާނުންނާއެކުވެސް ލަވަ ކިޔާފައެވެ. އޭގެ ތެރޭގައި މޯލްޑިވިއަން އައިޑޮލް އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ހަމޫދު އަހުމަދު ފާހަގަކޮށްލެވެއެވެ. އަދި ބައްޕަ މަހްލޫފް އާއެކުވެސް ލަވަ ކިޔާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކޮމެންޓު

    އިންޑިއާ ވިކިފަ ހުރި ގައްދާރެއް

    81
    3
  2. ޙހހހ

    ދަރިފުދެކެ ލޯބިވާނަމަ ، އިސްލާމްދީނުގެ މުގައްދަސްތަންތަނަށް އެދަރި ގެންގޮސް ފޮޓޯނަގުވާ އެތަނުގެ މުހިއްމުކަން ކިޔާދީބަލަ ،

    134
    6
  3. އިބްރާހީމް

    މަހޭއަށްވެސް ދަރިފުޅަށްވެސް މިކުރެވެނީ ވަރަށް މޮަޅު ޝަރަފްވެރިކަމެއްކަމަށް ޤަބޫލުކުރެވެނީ ތާއެވެ. ތިއަށްވުރެން އެދަރިފުަޅު ރަގަޅު އިސްލާމީ ތަރުބިއްޔަތެއްގައި ބޮޑުކުރެވޭތޯ ބަލާނަމަ ހާދަހާ ރަގަޅުވީހެވެ. މާދަމާ ކައްވަޅުގައި އޭގެފަހުގައި މަޙުޝަރުގެ މައިދާނުގައި އެދަރިފުޅާމެދު ތިވާ އިހުމާލަށް ތިދެމަފިރިންނަށް ﷲ އަޒާބު ނުދެއްވާ ދޫކޮށްލައްވާނެ ކަމަށް ހީފުޅު ނުކުރައްވާށެވެ. މިހާރު އެދަރިފުޅުގެ ދެދުނިޔެ ހަލާކޮށް ނުލައްވާށެވެ.

    88
    2
  4. މީޒްލީ

    މިއޮތީ ދުނިޔެއިން ލިބޭނެ އުފާލިބިފައި !

    47
    3
  5. ކައުންސެލަރު 🙌

    ކުރާނެކަމެއް ނެތްމީހުން "ކޮންމެވެސްގޮތަކުން" ލިބޭފައިސާ ތަޅާބުރުވަން ވާނެއެވެ. ބޮލީވުޑުގެ މީހުންނާ އެކީ ފޮޓޯ ނެގުނީމާ "ހައްޖަށް" ދެވުނީއެވެ.

    52
    1
  6. ސާލިމާ

    ހެޔޮ ނުވާނެ އެ މަންޖެއަށް އާޚިރަތް ގެއްލުވާ ނުލައްވާ. އާދޭސްކޮށްފައި ބުނަން ފުރިހަމަ އިސްލާމީ ތަރުބިއްޔަތު ދީ އަޤީދާ ވަރުގަދަ ދަރިއެއްގެ ގޮތުގައި ތަރުބިއްޔަތު ކުރޭ. އެހެން ނޫނީ އަހަރެންނަށް މިކުރެވުނު ތަޖްރިބާ ކުރެވި ފަހުން ރޯން ޖެހޭނެ.

    63
    1
  7. މަރީ

    ބާރާއި ނުފޫޒުގެ ބޭނުން ހިފުން މިއަށް ކިޔަނީ

    23
  8. މުހަންމަދު

    މިމީހުން ފައިސާތަށް ތަޅާ ބާލަނި، ރައްޔިތުން ހާލުގަ ގަނަތެޅެނީ

    22
  9. މޫނު

    މިނިސްޓަރު ކަން ލިބުމުގެ ފަިއދާ ހެޔޮ ގޮތުގައި ލިބި ގަތީއެވެ. މައުމޫނު ގެ ފަިދާވެސް އެހާމެ ހެޔޮގޮތުގައި ވަނީ ލިބިގަނެފައެވެ. ހައްސާނު ކިހާ އުފާ ވާނެ ހެއްޔެވެ. ހައްސާނު މަރަން ނުކުތްބައިގަނޑުގެ ތައްޕާހުން ކައިގެން އެ ގުޅެލީ ބޮޅިވުޑާއެވެ.

    13
  10. ޙައްވަ

    މީހަކާއެކު ފޮޓޯނަގައިގެން ދީންގެއްލޭކަމެއްް ނޭގެ އެއީ ކުށެއްނެތް ކުޑަކުއްޖެއް ތިހާވަރައް ހަސަދަ ވާކައް ނުވާނެދޯ

    4
    19
  11. އިބްރޭ

    ދައުލަތް ލޫޓުވާ ނިންމައިފި

    19
  12. ތުމއ ތުނާއިބެ

    ވަރަށް ނަސީބު ގަދަ ކުއްޖެއް

    6
    18