ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިވި އެއްދާއިރާ ކަމަށްވާ ވައިގެ ދަތުރުފަތުރުގެ ދާއިރާ ވެސް އަލުން އަނބުރާ ކުރީގެ ހާލަތައް ރުޖޫއަ ވުމުގެ މަސައްކަތް ކުރަމުން ދާއިރު ދުނިޔޭގެ އެންމެ ބޮޑު އެއްއެއާލައިން ކަމަށްވާ ޤަތަރު އެއާވޭސް މިވަނީ ކެބިން ކްރޫން ހޯދަން އާއިއުލާނެއް ކޮށްފައެވެ.

ޤަޔަރު އެއާވޭސްގެ ވެބްސައިޓްގައި ކޮށްފައިވާ އިއުލާން ބުނާ ގޮތުން އުމުރުން 21 އަހަރު ވެފައިވާ ކޮންމެ ޖިންސެއްގެ މީހަކަށް ވެސް ކެބިން ކްރޫގެ ވަޒީފާއަށް ކުރިމަތި ލެވޭނެއެވެ. އިނގިރޭސިން ރަނގަޅަށް ލިޔަން ކިޔަން އެނގުމަކީ ވެސް ވަޒީފާގެ ޝަރުތެކެވެ. އޭގެ އިތުރުން އެހެން ބަހަކުން ވާހަކަ ދައްކަން އެނގުމަކީ ވަޒީފާ ކަށަވަރު ކުރަން ލިބޭނެ އިތުރު އެހީއެކެވެ.

މީގެ އިތުރުން ކެބިން ކްރޫގެ ވަޒީފާއަށް ޤަތަރުގެ ވެރިރަށް ދޯހާއަށް ބަދަލު ވާން ޖެހޭނެކަން އިއުލާނުގައި ފާހަގަ ކޮށްފައި ވެއެވެ. ގިނަ ގައުމުތަކަށް ނިސްބަތްވާ މީހުންނާއި އެކުގައި މަސައްކަތް ކުރުމުގެ ގާބިލްކަން ކުރުމަކީ ވެސް ވަޒީފާގެ ޝަރުތެކެވެ.

ކެބިން ކްރޫގެ ވަޒީފާއަށް ކުރިމަތިލާން ޖެހެނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އޮންލައިންކޮށެވެ. ވަޒީފާ އަށް ކުރިމަތިލާއިރު ކޮންމެ މީހަކު ވެސް އެމީހެއްގެ ސީވީ ހުށަހަޅަން ޖެހޭނެއެވެ.

ވަޒީފާ އަށް ކުރިމަތިލާން ބޭނުންވާ ފޯމް ހުށަހަޅާނެ ލިންކް

ޤަތަރު އެއާވޭސްގެ ކެބިން ކްރޫންނަށް އެންމެ ފުރަތަމަ ވެސް ބޭސިކް މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 1100 އެމެރިކާ ޑޮލަރު ލިބޭނެއެވެ.

ޤަތަރު އެއާވޭސް އަކީ ކޮވިޑް-19 އާއި ގުޅިގެން ގިނަ އެއާލައިންތަކުގެ ދަތުރުތައް ހުއްޓާލިއިރު ވެސް ދަތުރުތައް ކުރި މަދު އެއާލައިންތަކުގެ ތެރެއިން އެއް އެއާލައިނެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން އެއާލައިނަށް ވެސް ވަނީ ގެއްލުމާއި ކުރިމަތިލާން ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިތުރާ

    ތިހާ ފަސޭހަ ކަމެއް ނަމަ، އެންމެން އުޅޭނީ ތިވަޒީފާ ގައި

  2. މިތުރާ

    ތިހާ ފަސޭހަ ކަމެއް ނަމަ، އެންމެން އުޅޭނީ ތިވަޒީފާ ގައި...ތީމީހުންގެ އާއްމު މައުލޫމާތު ހޯދަން ހުންނަ ފޭކު އެއްޗިސް،.ހަބަ ރެއް ޖަހަންނާ އޮށްޓަ ރެއް ހުރި ހަބަ ރެއް ޖަހާބަލަ