ބޮލީވުޑު އަދި ހޮލީވުޑުގެ ހުނަރުވެރި ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއަކީ މީސް މީޑިއާގައި ވަރަށް ހަރަކާތްތެރި ފަންނާނެކެވެ. އަމިއްލަ ދިރިއުޅުމާއި ފިލުމީ މަސައްކަތްތައް ބަރާބަރަށް އޭނާގެ ފޮލޯވަރުންނާ ހިއްސާ ކުރާ ފަންނާނެކެވެ.

ޕްރިޔަންކާގެ އިންސްޓަގުރާމު އެކައުންޓަށް 67.3 މިލިއަން މީހުން ފޮލޯ ކުރާއިރު ޕްރިޔަންކާ ފޮލޯ ކުރަނީ 627 މީހުންނަށެވެ. މީގެތެރޭގައި ހިމެނެނީ އާއިލާ އާއި ރަހުމަތްތެރިންގެ އިތުރުން ހޮލީވުޑު އަދި ބޮލީވުޑުގެ ފަންނާނުންނެވެ.

ޕްރިޔަންކާ ފޮލޯ ކުރާ ބޮލީވުޑު ފަންނާނުންގެ ތެރޭގައި ސަލްމާން ޚާން، ދީޕިކާ ޕާޑުކޯން، ރަންވީރު ސިންގް، ކެތުރީނާ ކެއިފު، އައިޝްވާރިޔާ ރާއީ، އަބީޝެކް ބައްޗަން، އަމީތާބު ބައްޗަން، އާލިއާ ބަޓް ފަދަ އެތައް ފަންނާނުންނެއް ހިމެނެއެވެ.

ނަމަވެސް ޕްރިޔަންކާގެ ފޮލޯވަރުންގެ ލިސްޓުގައި ބޮލީވުޑުގެ އެންމެ ފާހަގަ ކޮށްލެވޭ ތިން ފަންނާނެއްގެ ނަން ނުފެނެއެވެ. ނަމަވެސް މި ތިން ފަންނާނުންނާ އެކު ވެސް ޕްރިޔަންކާ ވަނީ ފިލުމު ކުޅެފައެވެ.

ޕްރިޔަންކާ ފޮލޯ ނުކުރާ ބޮލީވުޑުގެ ފަންނާނުންގެ ތެރޭގައި ހިމެނެނީ ޝާހުރުކް ޚާނާއި، އަޖޭ ދޭވްގަންއާއި ސަންޖޭ ދަތުއެވެ. މި ފަންނާނުންނަށް ފޮލޯ ނުކުރާ ސަބަބު ޕްރިޔަންކާ ހާމަކޮށްފައެއް ނުވެއެވެ.

ޕްރިޔަންކާ ވަނީ ޝާހުރުކް ޚާނާއި އެކު ފިލުމު ''ޑޯން'' ގައި މަސައްކަތް ކޮށްފައެވެ. އަދި އަޖޭ ދޭވްގަންއާއި އެކު ވަނީ ފިލުމު ''ބްލެކްމެއިލް'' ގައި މަސައްކަތް ކޮށްފައެވެ. އަދި ސަންޖޭ ދަތުއާއި އެކު ވަނީ ފިލުމު ''އަގްނީޕަތު'' ގައި މަސައްކަތް ކޮށްފައެވެ.

ޕްރިޔަންކާގެ ބޮލީވުޑުގެ މަސައްކަތަށް ބަލާއިރު ދެން އެންމެ އަވަހަށް އޭނާ ފެންނާނީ ފަރުހާން އަޚުތަރުގެ ފިލުމު ''ޖީލޭ ޒަރާ'' އިންނެވެ.