ސުދާންގެ ޑޮކްޓަރަކު މިދިޔަ އަންގާރަ ދުވަހު މަރުވުމުގެ ކުރިން އޭނާގެ ރަހުމަތްތެރިންނަށް އަރިހުން އޭނާއަށް މައާފްކޮށްދިނުމަށް އެދި ލިޔުނު މެސެޖު ކިޔާފައި އެތައް ބަޔަކު ރޮއްވާލައިފިއެވެ.

އަބްދުﷲ އަމީރް ނަމަކަށް ކިޔާ އެ ޑޮކްޓަރު ފޭސްބުކްގައި ލިޔުނު މެސެޖްގައި ބަނީ އޭނާއަށް މައާފްކޮށްދިނުމަށެވެ. އެއީ އޭނާ މެލޭޝިއާގެ ކުއަލ ލަަމްޕޫރްގައި ހުންނަ ގްލެނެގަލްސް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމުގެ ކުރިން ލިޔުނު އެންމެ ފެހު މެސެޖެވެ.

"އަހަރެން އެދެން އެންމެންވެސް އަހަރެންނަށް މައާފް ކޮށްދިނުމަށް. މައާފްކޮށްދީ. އަހަންނަށް ކަށްވަޅުގައި އުނދަގޫވާނެފަދަ އެއްވެސް ކަމެއް ވިޔަ ނުދީ، އަހަންނަކަށް ނޭނގެ ކޮންމެ ދުވަހަކު، ކޮން ގަޑިއަކު ކަމެއް. އެކަމަކު އަހަރެން ބޭނުންވަނީ އެންމެންވެސް އަހަރެންގެ ފާފަތައް ފުއްސަވާތޯ ދުއާ ކޮށްދޭން. އަހަރެންނާއި ހެދި ރުއިމުގެ ބަދަލުގައި އަހަރެންނަށް ދުއާކޮށްދީ. ދުއާތަކުގައި އަހަރެން މަތިން ހަނދާންކޮށް އަހަރެެންގެ ނަން ހިމަނާދީ. އަހަންނަށް ފައިދާވާނެ ކަމެއް ކޮށްދީ". އޭނާ ފޭސްބުކްގައި ލިޔުނު މެސެޖްގައި ވެއެވެ.

އަބްދުﷲއަކީ އެޕެންޑިސްގައި ޖަރާސީމް ހެދި އޮޕަރޭޝަނެއް ކުރަން ޖެހުނު މީހެކެވެ. އެކަމުގެ ސަބަބުން އެޕެންޑިސް ފަޅައިގެން ދިޔައީއެވެ. އޭނާ މަރުވުމުގެ 10 ދުވަސް ކުރިން އޭނާގެ އަންހެނުން ވަނީ މަރުވެފައެވެ.

އަބްދުﷲއަކީ މޮޅު ޑޮކްޓަރެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ ކިޔަވާފައި ވަނީ ޔުނިވާސިޓީ އޮފް ޚަތޫމްގެ ފެކަލްޓީ އޮފް މެޑިސިންނެވެ. އޭނާ މާސްޓާސް ހަދާފައި ބަނީ އެމްބިރޯލޮޖީންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    انا لله وانا الیه راجعون ﷲގެ ރަޙުމަތްފުޅުން މި މަރުހޫމު އަބްދުﷲއަމީރްގެ ފާފަ ފުއްސަވައި ޖައްނަތުލް ފިރުދައުސު ޙާސިލުވުމުގެ ރަހުމަތް ލައްވާށި އާމީން،
    ޔާ ރައްބަލްޢާލަމީން، އާމީން..

    57
  2. ޝާން

    މިއީ ދެން ކޮން އަސަރު ގަދަ މެސްޖެއް. މިނޫނީ ލިޔާނެ އެއްޗެއްނެތިގެން އުޅޭ ބަޔަކު ނުދެކެން.

    2
    29
    • ޜަސް

      ތިނަ ބޭނުން ނޫނީ ނުކިޔަބަލަ..ހަމަ އެއީ އަސަރުގަދަ މެސެޖެއް...އެޔަށް ވިސްނީމަ އެގޭނީ...