ދިވެހި ފިލްމީ ތަރިން ނުވަތަ މަޝްހޫރު ތަރިންގެ ތެރޭގައި ހިނގާ ކަންކަމަށް ފާޑުކިޔާ މީހުން ވަރަށް ގިނައެވެ. ހާއްސަކޮށް މިފަދަ މީހުން އުޅޭ ގޮތުން، އެތައް ފާޑުކިޔުމެއް އަަމާޒުވެއެވެ. ބައެއް މީހުންގެ ދިރިއުޅުމަށް ގެންނަ އެ ބަދަލުތަކުގެ ސަބަބުން ފާޑުކިޔުންތައް އަމާޒުވަނީއެވެ. އެގޮތުން މިފަހަކުން އެންމެ ގިނަބައެއްގެ ފާޑުކިޔުންތައް އަމަޒުވެފައި ވަނީ ޓިކްޓޮކްގައި މަޝްހޫރު ކަން ހޯދުމަށްފަހު، ފިލްމްތަކުން ފެނުނު މަރިޔަމް ޝިފާ ބުރުގާ އެޅުމަށްފަހު ދެ މަސް ނުވަނީސް ބުރުގާ ނެގުމުންނެވެ.

މިއީ ރާއްޖޭގައި ދޭތެރެ ދޭތެރެއިން ހިނގާ ކަމެކެވެ. ބުރުގާ އެޅުމާއި ބުރުގާ ނެގުން މިގޮތަށް ހިނގާއިރު، ބައެއް ތަރިންގެ ތެރޭގައި މިކަންތައް ވާތީ ގިނަބަޔަކު އެ ވާހަކަ ދައްކައެވެ.

މިއީ އެގޮތަށް ބުރުގާ ނެގި ބައެއް މަޝްހޫރު ތަރިންނެވެ.

އަޝްފާ

އަޝްފާ

ރާއްޖޭގައި އެންމެ މަޝްހޫރު ދިވެހި ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މަރިޔަމް އަޝްފާ ފުރަތަމަ އާއްމުންނަަށް ފެނުނުއިރު ހުރީ ބުރުގާ ނާޅާއެވެ. އެއިރު މާ ފެޝަންއެއް ނޫނެވެ. އެހެން ނަމަވެސް އޭނާ ބުރުގާ އެޅުމަށްފަހު ވަރަށް ބޮޑަށް ފެޝަން ކޮށް ފެނިގެން ދިޔައެވެ. ނަމަވެސް 2017 ވަނަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައި އޭނާ ވަނީ ބުުރުގާ ބާލާފައެވެ.

އަޝްރާ

އަޝްރާ

މިއީ ރީތި އަޑެއްގެ ވެރިއެކެވެ. އެހަނދާނުގެ ޝޯތަކުން މި އަޑު އިވި، އަޑުގެ ޖާދޫގައި ވަރަށް ބޮޑަށް ޖެހުނެވެ. އޭނާ ލަވަކިޔުމުގެ ދާއިރާއަށް ވަންއިރު ހުރީ ބުރުގާ އަޅައިގެންނެވެ. އަދި އޭނައަކީ ބުރުގާ އަޅައިގެން ރެާއްޖޭގެ ގައުމީ އެއާލައިންގައި މަސައްކަތް ކުރި ފުރަތަމަ ކެބިން ކްރޫވެސް މެއެވެ. އެހެން ނަމަވެސް އޭނާ ވަނީ ފަހުން ބުުރުގާ ބާލާފައެވެ. އަދި ހެދުން އެޅުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑަށް ބަދަލު ގެނެސްފައިވެއެވެ.

އާމިރާ

އާމިރާ

ދިވެހި ފިލްމް އުދަބާނިން އާއްމުންގެ ބޮޑު ސަމާލުކަމެއް ހޯދި އާމިރާ ފިލްމީ ދާއިރާއިން ގެއްލުމަށްފަހު ބުރުގާ އެޅިއެވެ. އެހެން ނަމަވެސް މިހާރު އޭނާ އެނބުރި އައިއިރު ހުރީ ބުރުގާ ނަގާފައެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ފިލްމް ލީނާއިންނެވެ.

ޝިފާ

ޝިފާ

ޝިފާ އެންމެ ފުރަތަމަ އާއްމުންނަށް ފެނުނީ މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނަކުންނެވެ. އެއިރު އޭނާ ހުރީ ބުރުގާ އަޅައިގެންނެވެ. އެކަމަކު ފަހުން އާއްމުންގެ ތެރޭގައި ނެށުމުގައި މަޝްހޫރުވާން ފެށިއިރު ހުރީ ބުރުގާ ނަގާފައެވެ. އެހެން ނަަމަވެސް ޝިފާ މިދިޔަ ޖުލައި މަހު ބުރުގާ އެޅިއެވެ. ބުރުގާ އެޅުމަށް ފަހު ޝިފާ ވަނީ ޓިކްޓޮކްގައި ހުރި ވީޑިއޯތައް ވެސް ރިމޫވް ކޮށްފައެވެ.

އެރޫ

އެރޫ

ދާދި ފަހުން ފިލްމީ ދާއިރާއާ ގުޅުނު އިރުފާނާ އިބްރާހިމް (އެރޫ) އަކީ ކުރިން ބުރުގާ އަޅައިގެން އުޅުނު ޒުވާނެކެވެ. އެހެން ނަމަވެސް އޭނާ ފިލްމީ ދާއިރާއަށް ވަންއިރު ހުރީ ބުރުގާ ނަގާފައެވެ. ކޮމެޑީ ފިލްމް '40ޕްލަސް'އިންނާއި ހުވާ އަދިވެސް އެތައް ފިލްމެއްގައި އޭނާ މަސައްކަތްކޮށްފައިވާއިރު، މޮޅު އެކްޓިންގއެއް ދަނީ ދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. މަރިޔަމް ނިޝާ

    ހެޔޮ ވިސްނުން ދެއްވާށި

    94
    9
  2. ޙުސް

    .މިދެން ކޮންބައެއް ތަ..ބޭކާރު ބައެއް

    82
    8
  3. ކިޔުން ތެރިޔަާ

    ފިލްމީ ތަރި ޒީނަތަކީވެސް ކުރިން ބުރުގާ އަޅާފަ ބޭލި މީހެއް. ވަލީދާވެސް ބުރުގާ އަޅާފަ ބާލާފަ އެޅި.. ކީއްވެ މިމީހުންގެ ވާހަކަ ނެތީ..

    70
    6
    • ކިޔާމީހާ

      ޙަބަރުގަ ލިޔެފަ އޮތް ތަނެއް ނުފެނޭތަ ބައެއް ތަރިން ނޭ. އެހެންވީމަ ތިހުރިހާ އެއްމެންގެ ވާހަކަ ލިޔާކައް ނުޖެހޭ...

      17
      3
    • ލޮލް

      މަރިޔަން ނިސާ ވެސް

      18
      1
  4. ނާދިރާ

    ތަރިންނޯ.

    32
    1
  5. ޖަނާބު

    މަރިޔަން ނިޝާ. ބުރުގާއަޅާ-ބާލާ-އަޅާ.

    26
    1
  6. Anonymous

    ހުސް ކަސްބީން

    30
    6
  7. މސނ

    ތަރިންނޭ. މިކަހަލަ މީހުން ތަރިންނަށް ވަނީ ކޮން ގޮތަކުން. ލަދު ހަޔާތް ނެތީމަ ؟

    71
    2
  8. އަހްމަދު

    ވިސްނުން ކޮށީ! އެހެންނޫނަނަސް ބުރުގާ އަޅަންޖެހޭ މަޤްސަދު އެނގި އެކަން ކުރިބައެއްނަމަ މިހާރު ތިބޭނި އެއަށްވުރެ ބޮޑަށް އައުރަ ނިވާކޮށްގެން! ކޮންމެވެސް ދުވަހަކުން އެމީހުންނަށް ވިސްނޭނެ!

    20
    2
  9. ހަންމާދު

    މި ލިސްޓުގައި ޗްވީޓީ އާޝާ ނެތީ ކީއްވެބާ

    28
  10. ވީދޭ

    ވަގުތުއަކަށް ހަޖަމެއް ނުވާނެ.

    4
    14
  11. ޖުހާ

    ތީހަމަ ހުސް ތަރި... އުޑުގަ ނުތިބެވިގެން ބިމަށް ފައިބާ....ލޮލް

    13
    2
  12. މަ

    ތިތާކު ނެތް ޢަޝްފާ ފިޔަވާ މަ ދަންނަ އެކަކުވެސް 🤨

    16
    2
  13. ތަޖި

    މިއިން ހާމަ ވަނީ އެމީހުން ﷲއަށް ބިރުވެތިވާ މިންވަރު ކުޑަކަން.. ހިތުހުރި ގޮތަކަށް ދުނިޔެމަތީ އުޅެވިދާނެ އެކަމް އާހިރަތުގަ ހުރީ ގަދަފަދަ އަޒާބު...

    27
    2
  14. ހުސޭނުބޭ

    ބުރުގާ އެޅީމާ ހިލޭ ފިރިހެނުންނަށް ފެންނަވަރު ކުޑަކަމުން ތަންކޮޅެއް އޯޕެންވެލީ!

    22
    2
  15. Anonymous

    މީއެބުނާ ހަރުކަށި ފިކުރަކީ.ކި ހާބޮޑު މުސީބާތެއްދެންމީ މިވައްތަރަށް ތެޅޭ މީ ހުންގެ ވާ ހަކަ ނުލިޔެބަލަދެން.😡

    23
    3
  16. މަރިޔަން ނިޝާ

    ދެން މަ ކޮބާ؟

    16
    1
  17. އަލިފް ހ

    ފެޝަން ފޮތިގަނޑު ކަރުން ނަގާފަ އެކަށް އޮރިޔާންވެލި މީހުން!

    34
    2
  18. ކޮއްޕަން

    ބޮލުގައި ބިހިނަގާތީ ބުރުގާ ނަގާ ވާހަކަ ދައްކާއިރު ކީއްވެތަ އަތެއް ނެތް ޓޮޕްލަނީ، ކީޢްވެތަ މޭމަތިން ގޮސް ކަޅު ބޮޅާއި ހަމަޔަށް ވަނާ ހާމަކުރަނީ. އެވެސް ސިއްހީ މައްސަލަ ؟

    19
    2
    • ¿

      ހާދަ ބޭނުންވެޔޭދޯ ބަލަން ލަދުކުޑަ!

      4
      10
  19. ނަގުލު ފިއްތި

    ތިތަނުން އެންމެ ހަޔާތް ކުޑައީ ތި ޝިފާ އެއީ ގަސްތުގަ އިސްލާމްދީނަށް ފުރަށްސާރަ ކުރުމުގެ ގޮތުން ދެވަނަ ފަހަރަށް ބުރުގާ އަޅާފަ ބޭލީ. ރަނގަޅު ފިލާވަޅެއް ލިބޭނެ ތި ރަންޑިއަށް

    20
    1
  20. އިހަވަންދޫ މީހާ

    ތީ ތަރިން ދޯ؟؟؟؟؟

    6
    2
  21. އަރީ

    ލަދު ކުޑަ ބައެއް

    11
    2
  22. ސައްދު

    ތީ ތަރިންނެއްނޫން.. ތިއީ މޮޔައިން.

    22
    2
  23. އާސިދާ

    ބަލިކުދިން ކޮޅެއް

    9
    3
  24. މަރީ

    އާޝާވެސް، ނަތާޝާ ވެސް އަޅައިފަ ނެގި ކަމަށްވަނީ. އާމިރާ ވެސް ދެފަހަރަށް ބުރުގާ އަޅައިފަ ނަގައިފި

  25. ޒަވިޔަނި

    ބުރުގާއެއް އަޅާފައި ހުރި ކާކު މިތާހުރީ؟ ޝަރުޢީ ބުރުގާ އަކީ މުޅި ހަށިގަނޑުގެ ބައްޓަމާއި ކުލަ ނިވާވާ މިންވަރަށް ބާރުނޫން، ބޯ، ހެދުމެއްލައި ނިވާކުރުން. މިތަނުގައި ތިބީ ބޮލުގެ އިސްތަށިކޮޅެއް ފޮރުވާފައި އަލުން ފޮތިކޮޅު އެއްލާލި ބައެކޭ ބުނެވިދާނެ.
    މިކަހަލަ ލިޔުން ލިއުމަކީވެސް ފަސާދައަށް މަގުފަހިވެދާނެ ކަމެއް.
    الله އަޅަމެން އެންމެންގެ ފާފަތައް ފުއްސަވައި ތެދުމަގު ދައްކަވާށި!

    13
  26. Anonymous

    ހަމައެކަނި އަންހެނުން ހެދުން އަޅާގޮތުގެ ވާހަކަ ދައްކަނީ ކީއްވެ؟ ފިރިހެނުންގެ އައުރެއް ނޯވޭބާ؟

    3
    4
  27. ސރފދފދފ

    ފިލްމީ ތަރި އާށާވެސް . ޒީނަތްވެސް. އަދިވެސް އަދިވެސް . ލަދް

  28. އަނެއް އަންނި

    މީގައި ހިމަނާލިނަަމަ މިކަމުގެހުރި ނުބައި ކަމުގެ ވާހަކަވެސް

  29. އޮނަރަބްލް އަފީފް ދީދީ

    ކަލޭމެން މަޝްހޫރޭ ތިކިޔަނީ ކޮންގޮތަކަށް. އޮރިޔާން ދައްކައިގެން ޓިކްޓޮކްގައި ވީޑިޔޯލުމުން އެބަލާނެ މީހުން އިތުރުވީމަ އެއީ މަޝްހޫރުތަ. މިރާއްޖޭގައި އުޅޭ މީހެއް މަށަކީވެސް. ތިއިން މީހަކުގެ ގައިގައި އަޅައިގަނެ ވެއްޓުނަސް މަށަކަށް ނޭނގޭނެ. މަޝްހޫރު މީހުން މިސާލަކަށް މައުމޫނު ނަޝީދު ޔޫސޭ ކަހަލަ މީހުން ފެނުނީމާ މަށަށް އެނގޭނެ.

  30. ޙަސަން

    މި މީހުން ތަރިންނަށް ވާންޖެހޭ ެއެއް ވެސް ސަބަބެއް ނެތްތަރިން ނަކީ ވަރަށް ޤަދަރުވެެރި ބައެއް