މަޝްހޫރު ފިލްމީ ތަރިންނަށް އަންނަ ބަދަލުތަކަކީ އާންމުންގެ ސަމާލުކަން އެކަމަކަށް ހުއްޓޭ ކަމެކެވެ. މިހާރު މީސް މީޑިއާގައި އެންމެ ހިޓް ވެފައިވަނީ ޓިކްޓޮކުން އާންމުންގެ މަގްބޫލުކަން ހޯދާފައިވާ މަރިޔަމް ޝިފާ (ޝިފާ) ދެ ވަނަ ފަހަރަށް ބުރުގާ ނެގި ވާހަކައެވެ.

މިފަހުން ޝިފާ ބުރުގާ އެޅިކަން ހާމަކޮށްފައިވަނީ މިދިޔަ ޖުލައި މަހުއެވެ. މިއީ ޝިފާ ބުރުގާ އެޅި ދެ ވަނަ ފަހަރެވެ. ޝިފާ ބުރުގާ އެޅިކަން ހާމަކޮށް މީސް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި އޭރު ބުނެފައިވަނީ މިއީ އާ ފެށުމެއް ކަމަށެވެ. އަދި ބުރުގާ އެޅީ މަންމަގެ އެދުމެއް ފުރިހަމަކޮށްދޭން ކަމަށް ވެސް އޭނާ ބުންޏެވެ. ޓިކްޓޮކަށާއި ފިލްމީދާއިރާއަށް ނުކުމެ އާންމުންގެ ތެރޭގައި މަޝްހޫރުވުމުގެ ކުރިން، މޯލްޑިވިއަން އައިޑަލްގައި ބައިވެރިވެފައިވާ ޝިފާ އައިޑަލްއިން ފެނިގެންދިޔަ އިރު ހުރީ ބުރުގާ އަޅައިފައެވެ.

ޝިފާ ބުރުގާ ނެގިކަން ހާމަކުރީ، "ސަންގު އީ" އިން ގެނެސްދޭ "ޓިއުސްޑޭ ނައިޓް ވިތް ޝިފާ" ޕްރޮގްރާމްގެ ޓްރެއިލާއަކުންނެވެ. މި ޓްރެއިލާ ވީޑިއޯއާއި އެެކު މީމްސްތައް ހަދައި މީސް މީޑިއާގައި މިފަދަ އެތައް ޕޯސްޓެއް ޝެއާ ކޮށްފައިވާއިރު، ގިނަ ބަޔަކަށް މިކަން ވެގެން ދިޔައީ މަޖާކަމަކަށެވެ.

ޝިފާގެ ފޮޓޯ ބޭނުންކޮށްގެން ހަދާފައިވާ މީމްއެއް، ފޮޓޯ: މީސް މީޑިއާ

އެގޮތުން މިހާރު މީސް މީޑިއާގައި ވައިރަލްވަމުންދާ ބައެއް މީމްސްތަކަށް ބަލާއިރު "މަންމަ އާއި ބައްޕަ ބުނެގެން ބަސްއަހާ ކުދިންނަށް ޓެގްކޮށްބަލަ" މިފަދައިން ލިޔެ ޝިފާ އާއި ޔާޔާނަބީލްގެ ނަމުގައި ޓިކްޓޮކްގައި އުޅުނު ދިވެއްސެއް ކަމަށްވާ މުހައްމަދު ނަބީލްގެ ފޮޓޯ ޖަހާފައިވާ ޕޯސްޓުތައް ވެސް ފާހަގަ ކޮށްލެވެއެވެ. މި އިބާރާތް ބޭނުންކޮށްފައި ވަނީ ޝިފާ ބުުރުގާ އެޅީ މަންމަގެ އެދުމެއް ފުރިހަމަ ކޮށްދޭން ކަމަށް ބުނެފައިވާއިރު، މީގެ މަސް ދުވަސް ކުރިން ޔާޔާނަބީލް އޭނާގެ ޓިކްޓޮކް އެކައުންޓް ޑިލީޓް ކޮށްލީ ބައްޕަގެ އެދުމުގެ މަތިން ކަމަށް ބުނެފައިވާތީ ކަމަށް ލަފާކުރެވެއެވެ.

ޝިފާގެ ފޮޓޯ ބޭނުންކޮށްގެން ހަދާފައިވާ މީމްއެއް، ފޮޓޯ: މީސް މީޑިއާ

މިހާރު މީސް މީޑިއާގައި ދައުރުވަމުންދަނީ ޝިފާ ބުރުގާ ނެގިކަމަށް ބުނާ ވާހަކައެވެ. މީމްސްތަކުގެ އިތުރުން ހަބަރުތަކުގެ ސުރުހީތަކުން ވެސް ޝިފާ ބުރުގާ ނެގި ވާހަކަ ވަނީ ޖަހަން ފަށައިފައެވެ.

ބުރުގާ އެޅުމަށް ފަހު، ބުރުގާ ބާލާފައި ވަނީ ހަމައެކަނި ޝިފާ އެކަންޏެއް ނޫނެވެ. ރާއްޖޭގައި އެންމެ މަޝްހޫރު ދިވެހި ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މަރިޔަމް އަޝްފާ އާއި ހައްވާ އަޝްރާ އާއި ފިލްމީ ތަރިން ކަމަށްވާ އާމިރާ އިސްމާއިލް އާއި އިރުފާނާ އިބްރާހިމް (އެރޫ) ވެސް ވަނީ ބުރުގާ ނަގައިފައެވެ.

ޝިފާ ބުރުގާ ނެގި ސީދާ ސަބަބެއް އަދި އެނގިފައި ނުވި ނަމަވެސް އެކަން ވެސް ވަރަށް އަވަހަށް ހާމަވާނެ ކަމަށް ބެލެވެއެވެ.

އާންމުން މިހާރު ތިބީ ޝިފާގެ ޖަވާބަކަށް ކެތް މަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޝިފާގެ ބުރުގާ

    ސިއްހީ؟ ތިއަށްވުރެ ތާހިރު ރީޒަނެއް ދައްކަން ނޭނގުނު؟

    24
    3
  2. ސަނާ

    މީ ހަކު ބުނެގެން (އެއީ މަންމަ ކަމަށް ވިޔަސް) ބުރުގާ އެޅީމަވާނީ ތިޔަ ހެން.
    މަންމަވެސް ކުޑައިރުއްސުރެ އޭނާ އަށް އިސްލާމްދީންގެ ރިވެތި އުސޫލު ތައް ދަސްކޮށް ދިނަމަ އެއްފަ ހަރު އައުރަ ނިވާކޮށްފަ އަނެއްފަ ހަރު ބަރަ ހަނާ ވުމުން ދުރުވީސް ތޯއްޗެ.

    30
    1
  3. ޟާނު

    ސިއްހީ ކަންކަމާ ބުރުގާޔާ އޮތީކޮންގުލުމެއް މިކަހަލަ މުޑުދާރުމީހުންގެ ވާހަކަ ނޫހުގަ ޖަހާތީ މައްސލަޔަކީ

    43
    3
  4. ދަރަނި ދަންތުރަ

    މިދުނިޔޭގައި ހިތުހުރިގޮތަކަށްއުޅޭ ﷲ ގަދަފަދަ އަޒާބުވަނީ ތައްޔާރުކުރެވިފައި ، އެދުވަހުން މިއަދު މީހުންގެ ސަމާލުކަންހޯދަން ތިޔަދައްކާތުއި ނުދެއްކޭނެ

    34
    3
  5. ބޯޖަލީލު

    މިކަހަލަ މީހުއްނަން ތިޔަލިޔަނީ މަސްހޫރު މީހުންނޭތަ ؟ ބޯހަލާކު

    34
    2
  6. ހާލުފޮޅި

    އަހަންނަކަށް މުހިންމު ބައެއް ނޫން ތީ ޓިކްޓޮކް ކުޅޭ ވާނުވާ މީހުން.. ބުރުގާ ކީއްކުރަން އޮރިޔާމާ މަގުތަށްމަތީ ދުވިޔަސް ހިތަށް ނާރާނެ ފީ ފޯއްކިބައެކޭ ވެސް…

    35
    1
  7. ސިއްޙަތު ތަކުރު

    ކިތަންމެ ސިއްޙަތަށް ބަލައިގެން އުޅުނަސް މަރުވާނެ. މަރުވީ ދެން ކޯއްޗެއް ހަދަނީ؟؟ ދުނިޔެމަތީގައި ތިމާ ހިތު ހުރި ގޮތަކަށް އުޅެ، އުރެދުންތަކާއި، ފާފައިގެ މަތީ ބަކަތަޅާފައި ޤިޔާމަތް މަޙުޝަރު ދުވަހުން ޑޮކްޓަރުގެ އެމްސީ ދައްކައިގެން ސަލާމަތް ވާނޭ ކަމަށްތޯ ތިހީކުރަނީ؟

    3
    1
  8. ޞ

    ބެހޭ ކަންތައްތަކާ ބެހޭ. ނަސްޑެއިލީ ގެ ދިސް އިސް އެކްސް މަތިން ހަނދާންނެތުނީ؟

  9. މިސްޓާރ ޓޭ

    ވިއު ހޯދަން މޮޔައިން ޕްރޮމޯޓް ކުރާތި ދެރައީ